އިދިކޮޅުގެ ދޮރުން ދޮރަށް ހަރަކާތުގައި ފައިސަލް މީހަކާ މިއަދު ސަލާމްކުރައްވައި ހާލު އޮޅުންފިލުއްވަނީ. - ފޮޓޯ: އެމްޑީޕީ
21 ޖުލައި 2018 - 11:28
އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެންމެ ވޯޓެއް ވެސް އިދިކޮޅު ފަރާތްތަކުގެ އަތުން ބީވެގެން ނުވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިން މޭޓު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ރީރަޖިސްޓްރީ ކުރަން ޖެހޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް އިފްތިތާހު ކުރުމަށް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތަކީ އެންމެ އިސްކަންދީގެން ކުރަންޖެހޭ މަސައްކަތް ކަމަށެވެ.
ގިނަ އަދަދެއްގެ ރައްޔިތުން ޒަރޫރީ ބޭނުންތަކުގައި، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ކަން ފާހަގަ ކުރައްވައި ފައިސަލް ވަނީ ރީ ރަޖިސްޓްރީ ކުރުމަށް ރައްޔިތުން ހާއްސަ ސަމާލު ކަމެއް ދިނުމަށާއި އެ މަސައްކަތް ވީހާވެސް އަވަހަސް ނިންމާލުމަށް އެދިވަޑައިގެންފަ އެވެ.
ކުނޫޒުގައި މިއަދު ފެށި ހަރަކާތަށް ފަހު، އިދިކޮޅު ޕާޓިތަކުގެ އިސް ބައެއް ބޭފުޅުން. - ފޮޓޯ: އެމްޑީޕީ
"މިއަދު ފެށިގެން މިދަނީ އިންތިޚާބާ ގުޅޭގޮތުން ކުރަން ޖެހޭ އެންމެ މުހިންމު އެއް މަސައްކަތް. އަޅުގަނޑުމެން ވިސްނަން ޖެހޭ ކަންތައްތަކަކީ އެންމެ ވޯޓެއް ވެސް އަޅުގަނޑުމެން އަތުން ބީވެގެން ގޮސްގެން ނުވާނެ،" އިދިކޮޅު ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އިދިކޮޅު 12 މެމްބަރުން ކުރައްވާ މަސައްކަތުން ރައްޔިތުންނަށް ލިބެނީ ހިތްވަރެކެވެ. އިދިކޮޅު މެމްބަރުންގެ މަސައްކަތަކީ ގެއްލިފައިވާ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވާހަކަ ދައްކަވަނީ. - ފޮޓޯ: ޖޭޕީ
މީގެއިތުރުން ފައިސަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓް ކަރުދާސްކޮޅުގައި އީސީން ކަނޑައަޅާ އޮފިޝަލަކު ފާހަގަ ޖަހައިދޭ ގޮތަށް ހަމަޖެއްސުމަކީ އެމީހުންގެ ހައްގު ހިފެހެއްޓުމަށް ކޮމިޝަނުން ކުރި ކަމެއް ކަމަށެވެ. ފައިސަލް ވަނީ އެކަން ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދިނުމަށް ގޮވާލައްވައިފަ އެވެ.
ވަކި ފަރާތަކަށް ބުރަވެ ތިބެގެން އިންތިހާބެއް ބޭއްވުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން ކަމަށާއި އީސީން ކުރަން ޖެހޭ ކަމަކީ ރައްޔިތުންގެ ތާއީދު ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަގީނުންވެސް
22 July 2018
އެއް ވޯޓް ބީވެގެން ގޮއްސި އެމްޑީޕީއާ ގުޅިފަ އޮތީމަ.
ސޭނޯ
22 July 2018
ތި ޕާޓީތަކުގެ މީހުންނަކަށް ނުކުރެވޭނެ އެއްވެސް އާރުލާ ކަމެއް. އެކަން ފެނިފަ އޮތީ. ޕާޓީތައް ނާންނައިރުވެސް މިގައުމުގައި ބޭފުޅަކު ވެރިކަންކޮށްފި. އެއަށްވުރެ ރަގަޅަށް އަދިވެސް ކުރެވޭނެ ޕާޓީނޫން މީހަކަށް ވެރިކަން...އެ ފުރުސަތު ދޭން ކެރެންޔާ.
ޢޢއއއއއއއއއއއ
22 July 2018
މާގޭ ވޯޓް މިފަހަރު އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީނަށް އެއީރައްޔިތުންގެ ރއީސްސއް ކަމަށްވާތީ
އިލެކްޝަން
21 July 2018
އަހަރެންވެސް ރީރަޖިސްޓްރީކޮއްފާނަން އިދިކޮޅުމީހުންގެ އެހީގަ އެކަމަކު ޔަގީނުންވެސް މަގޭވޯޓެ މަގޭދަރިންގެ ވޯޓެއްވެސް އިދިކޮޅުމީހުންނަ ލިބުނަކަނުދޭނަން... ރަޖިސްޓްރީ ކޮއްފަބަހައްޓާ... މިދިޔަފަހަރުވެސް އިދިކޮޅުމީހުންނާއެކު ރަޖިސްޓްރީކުރިން... އެހެންވިޔަސް ވޯޓެނުދެން. ދެންވެސް އިންޝާﷲ އިދިކޮޅަށް ވޯޓެނުދޭނަން... މިއީ ރޔާމީން ދެވަނަދައުރަށް ހޮވަންޖެހޭ ފަހަރެއް..
ޅިޔަންބޭ
21 July 2018
ޔާމީނު ކަލޭމެން އެންމެން ހައްޔަރު ކުރާނެ. ބަލަންތިބޭ. ޔާމީނު މައިތިރި ކުރެވޭނީ ހަމައެކަނި ޔޫރަޕިއަން ޔޫނިއަނައް. ބަލަންތިބޭ!
ޙައްޤު ތެދު
21 July 2018
އިހައްދުވަހު މިނިށްޓްރީއަކުން އަޅުގަނޑާމެދު ގާނޫނާ ޚިލާފު ކަމެއް ކޮށްފައި އޮވެގެން އެކަމުގެ ޝަކުވާ ކުރީމާ އެންގީ ކޯޓަށް ދާށެވެ. އެކަމަށް އެހެން ޙައްލެއް ލިބޭތޯ މެންބަރަކާ ވާހަކަ ދެއްކުމުން ވިދާޅުވީ، އިންތިޚާބުގައި ސަޕޯރޓް ކުރަން ޖެހޭނެ ކަމަށެވެ.
އަލީބުނީ
22 July 2018
ހާދަ އާވެގެން ތިޔަ އުޅެނީ
އަލްޤާޟީ
21 July 2018
މިހާރު ސަރުކާރުގެ ހުރިހާ މޮއްގަނޑަކުންވެސް ކޮންމެ ނޭވާއެއް ދޫކޮށްލަނީ ވޯޓަށް ނުފޫޒު ހިންގަވަންތޯ؟
ބޯހަލާކު
21 July 2018
ކެންޕޭން މެކުހަށްޖަހަންވީއިރު ރިޔާސީ ކެންޑިޑޭޓްކޮބައިހޭ. ތިވަރުގެ ބަޔަކަށް ކިހިނެއް ވޯޓްދެވޭނީ.
ގަމާރުކޮއި
21 July 2018
ބޯހަލާކުނުވޭ. ކެންޑިޑޭޓް ވީ އޭނާގެ ދަރީގެ ގްރެޖުއޭޝަން އަށް ގޮސް
ފާތުމާ
21 July 2018
ގެއްލިގެން މަގޭވޯޓެއް ދިޔަކަ ނުދޭނަން.... ހެއްލިގެން ސަރުކާރަށް ދިޔަކަ ނުދޭނަން....
މަންޑޭލާ
21 July 2018
ޔާމިނު ހޮވާނި ރާއްޖެތެރެ ތަރައްގި މިކުރަނި ޔަމިން.