ޚަބަރު / ޚިޔާލުފާޅުކުރުމުގެ މިނިވަންކަން

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ގޮވާލައި މެމްބަރުންނަށް މެސެޖްތަކެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އަބުރުގެ ބިލަށް ވޯޓު ނުދޭން ގޮވާލައި ސޯޝަލް މީޑިއާ ކެމްޕޭނެއް ވަނީ ފަށާފައި. - ފޮޓޯ: މަޖިލިސް

ހިޔާލުފާޅުކުރުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓު ނުދޭން މަޖިލީހުގެ މެމްބަރުންނަށް ގޮވާލައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ.

އެ ކެމްޕޭންގައި، މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ހައްގުތައް ނިގުޅައިގަނެވޭ ނުރައްކާތެރި ބިލެއް ކަމަށް ބުނެ، ވޯޓު ނުދޭން މެމްބަރުންނަށް އަންނަނީ އިލްތިމާސްކުރަމުންނެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ މި ކެމްޕޭންގައި ބައިވެރިވަމުންނެވެ.

އެ ދާއިރާއެއް ނިސްބަތްވާ މެމްބަރަށް ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާގެ އެކި ވަސީލްތައް މެދުވެރިކޮށް މެސެޖްކުރަމުން ވެސް އެބަ ދެ އެވެ.

މެމްބަރުން ޓެގްކޮށް ފޭސްބުކާއި ޓުވިޓާގައި ޝެއާކުރި އެތައް ޕޯސްޓެއްގައި އެ ބިލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެ އެވެ. އެ ބިލާ އެކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގައި ވެސް ރާއްޖެ ފަހަތަށް ދާން ބޭނުން ނުވާ ކަމަށް ބުނެ ގިނަ ބަޔަކު ޝުއޫރު ފާޅުކޮށްފައިވެ އެވެ.

ބިލަށް ވޯޓު ނުދޭން އެދި އާމިނަތު ޝައުނާ ކޮށްފައިވާ ޓުވީޓެއް.

އަބުރުގެ ބިލަށް ތާއީދުކޮށް ވޯޓު ދެއްވާ އެއްވެސް މެމްބަރަކަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު ނުދޭން ގޮވާލާފައިވާ ސިޓީތަކެއް ވެސް އަންނަނީ ދައުރުވަމުންނެވެ.

"ކުރިއަށް އޮތް އިންތިހާބުތަކުގައި، މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން 'އަބުރު'ގެ ބިލަށް ވޯޓު ދީފި އެއްވެސް މެމްބަރަކަށް ވޯޓު ނުދެއްވުމަށް އިލްތިމާސްކުރަމެވެ،"

އެ ސިޓީގައި ބުނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކެއް ނިގުޅައިގަންނަން އަބުރާ ބެހުމުގެ ގާނޫނުގެ ނަމުގައި މަޖިލީހަށް ބިލެއް ވައްދައި ރައްޔިތުންގެ ހިޔާލު ނުހޯދައި ބިލް ފާސްކުރިއަސް ރައްޔިތުންގެ ބާރު ކެނޑިގެން ނުދާ ކަަމަށެވެ. އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު ނުދިނުމަކީ ރައްޔިތުންނަށް ލިބިގެންވާ ބާރެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

"އިންތިހާބުތަކުގައި ރައްޔިތުންގެ ވޯޓު ނުހޯދަން ފާސްނުކުރާހާ ހިނދު ރައްޔިތުންގެ ބާރު އޮންނާނެ އެވެ. ވީމާ ކުރިއަށް އޮތް އިންތިހާބުތަކުގައި، މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން 'އަބުރު'ގެ ބިލަށް ވޯޓު ދީފި އެއްވެސް މެމްބަރަކަށް ވޯޓު ނުދެއްވުމަށް އިލްތިމާސްކުރަމެވެ،" އެ ސިޓީގައިވެ އެވެ.

އަބުރުގެ ބިލް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން މިހާރު ވަނީ ނޫސްވެރިންނާއި ބައެއް މިނިވަން މުއައްސަސާތައް ހާޒިރުކޮށް ޚިޔާލު ހޯދައިފަ އެވެ. އަދި އެ ބިލާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ފުރުސަތު ހުޅުވައިލުމަށް ފަހު، ކޮމިޓީން ނިންމާފައިވަނީ އެ ފުރުސަތު ބަންދުކުރުމަށާއި، އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ، އެ ޚިޔާލެއް ބާތިލު ކުރުމަށެވެ. މިހާރުގެ ބިލްގައި މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެގޮތުން އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

53 ކޮމެންޓް, 166 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 1%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލްފަދޯރި

08 August 2016

އަބުރާ ބެހެން މީހާ ފާޅުގޮތެއްގައި ތިލަވަމުންމިދަނީ އިޖްތިމާއީ ފޭރާމުން ނުވީދިވާ ބައި ވީދާ ކުދިކޮށް މުޅިގައުމުގެ އަހްލާގީ ނަފްސު ކުދިކުދި ކުރަންތޯ... ތިބިލް ފާސްނުވެއްޖެނަމަ މިގައުމުގަ އުޅެންޖެހޭނީ ކަންފަތަށް އުއްއަޅާ ބައްދައިގެން... މިހާރުވެސް ތިތިބަ ތާޅަފިލިތަކުން ގޮވާ އެއްޗެހިން ތުއްތުކުދިންނަށްވަނީ ނަފްސާނީ ބަލިމަޑުކަމެއްގަ އުޅެންޖެހިފަ... ހުޅަގުގެ ގިނަގައުމުތަކުން އެގައމުގަ އަބުރުގެ ބިލެއް އޮވެމެ މިގައމުގަ އެއަށް ދެކޯޅޮމިހަދަނީ މިގައުމު ފުންވަޅުގަނޑަކަށް ވައްޓާލަންކަން ޔަގީންވޭ.... ތިބިލަށް އާއެކޭ ބުނޭ... ޝުކުރިއްޔާ މިހާރު

The name is already taken The name is available. Register?

އެނޮނިމަސް

07 August 2016

ފާޅުކަން ބޮޑު ގޮތެއްގައި އަހަރެމެންގެ ބަސް ފެތުރެން ފަށާ ދުވަސް ކައިރިވަނީ ދޯ... ހުއްޓުވޭތޯ ނިކަން ހުރެ ބަލާތި.

The name is already taken The name is available. Register?

އައިއެފް

07 August 2016

ޕީޕީއެމް އެމްޑީއޭގެ މަދު މަޖިލިސް މެންބަރަކު ފިޔަވައި ދެންތިބި މެންބަރުންތިބީ ލިބެން އޮތް ވަގުތީ މަންފާއަކަށްޓަކާ ބިލް ފާސްކުރަން ފޫގަޅާފައި. ޖޭޕީގެ އިލްހާމުވެސް ހުރީ ބިލްފާސްކުރާގޮތަށް. ހަގީގަތުގައި އާޚިރުގައި ފާސްކުރަން އުޅޭ ބިލް އައިސް އެންމެފަހުން ބިލް ހުށައެޅި މެންބަރާއި ބިލްފާސްކުރަން ފޫގަޅައިގެން ތިއްބެވި މެންބަރުންގެ މެޔައްހެރުމަކީ ދުރުގައިވާކަމެއް ނޫނެވެ. މިއީ ހަޤީގަތް.

The name is already taken The name is available. Register?

ދިއްދޫ ސުޖާ

07 August 2016

އަޅުގަނޑުމެންގެ މެމްބަރަށް (ހއ ދިއްދޫ މެމްބަރ ލަތީފަށް) ގޮވާލަން ތިޔަ ބިލަށް ވޯޓް ނުދޭން.ވޯޓް ދީފިނަމަ ދެންއަންނަ ދައުރަށް ކުރިމަތިލައިފް ވޯޓް ހޯދަންއަޔަސް ނުލިބޭނެ ވޯޓް

The name is already taken The name is available. Register?

ބިލީޖީން

07 August 2016

އަބުރާއި ބެހޭ ބިލަށް ވޯޓް ނުދޭން އެންމެ ފަހުން ރަންރީނދޫ ޓްވިޓަރު މެން އެދެން މިޖެހުނީ އެއީ އެކުދިން އެންމެ ނުުރުހޭ ޕިންކް ޕާރޓީ ގެ ރިއަލް ޕިންކް މެމްބަރެއްގެ އަރިހުގައެވެ. މީ އުފާވެރި ޚަބަރު ތަކެވެ. އިޓްސް އޯސަމް އެން ފްލޯލެސް. އޫއް އޫއް، އޫއް އޫއް، ޔޫއާރ މޯ ލައިކް ވަން އޮފް އަސް.. ޔޫ އާރ ދަ ވަން.. ބީ އިން ދަވަން..

The name is already taken The name is available. Register?

ބިލީ

07 August 2016

ބިލީޖީން އޫއޫ ލައްވާނެ ކަމެއް ނެތް. މިއީ ވިސްނަންވީ ވަގުތު ލަވަ ނުކިޔާ

The name is already taken The name is available. Register?

ކިޔުންތެރިޔާ 767

07 August 2016

ލޮލް. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެ މީނާ އަކަށް.

The name is already taken The name is available. Register?

މައިކަލްޖެކްސަން

07 August 2016

ރައްޔިތުންގެ އަޑު އިއްވަންތިބެނީ އެދާއިރާއެއްގެ މެމްބަރުން. ވަކި ޕާޓީއަކަށް ނިސްބަތްވާތީ އަޑުނާހަން ޖެހޭ ސަބަބެއްނެތް. ތި ކޮމެންޓުންވެސް އެބަ އިނގޭ ކަލޭގެ ބޯދާ ވިސްނުމުގެ ފެންވަރު. ދެން އަނެއްވާހަކަ. ހެޔޮނުވާނެ ތިކިޔާ އެއްޗެއް ދިވެހިން ކިޔާބަލަ.

The name is already taken The name is available. Register?

ދިރާސާކުރާމީހެއް

07 August 2016

ދެކުނުގެ ރަށެއްގެ މަޖްލިސް މެމްބަރެއް (ނަން އުނިކުރެވިފަ) ދެކޭގޮތުގަ ފުޓްސަލް ބޫޓް ހަދިޔާކޮއްލާފަ ފުޓްސަލް މުބާރާތެއް ބާއްވާލީމަ ދެން ހުރިހާކަމެއް ހަމަޖެހުނީ.ގިނަ ރައްޔަތުން ނުބަލާ ވޯޓް ދެނީކޮންގޮތަކަށްތޯ.ފުޓްސަލްބޫޓް ކޮޅު ލިބުނީމަ އެކަނބަލުންނަށްވެސް ހަމަ އެންމެ ރަނގަޅު.ރައްޔަތުން އެބަޖެހޭ ހޭލުންތެރިވާން.އެނޫން ގޮތަކަށް މެމްބަރުން ހަމަމަގަށް ނުގެނެވޭނެ.

The name is already taken The name is available. Register?

ސުވާލުކުރާމީހާ

07 August 2016

ދެކުނުގެ ކޮން ރަށެއްތަ؟ސ.ހުޅުދޫތަ؟

The name is already taken The name is available. Register?

ނތ އައްޅޮ

07 August 2016

ބޭކާރު ވާހަކަތައް އަޑުއްހާނެކަމެއްނެތް، ކުރިޔަށްއޮތް މަޖިލީސްއިންތިޚާބުގާ ޕީޕީއެމްފަޅިން ނިކުންނަ މީހުނާ ޕީޕީއެމަށް ތާއީދުކުރިމީހަކު ނިކުތަސް މިލިއަނަކަށްވުރެ އަގުކުޑަކޮށް ވޯޓުނުދިނުމަށް ދިވެހިރައްޔިތުންނަށް ދަންނަވަން

The name is already taken The name is available. Register?

ިިަެއެމް

07 August 2016

މިހާރު ނޫސް ހާދަވަރެއް ތިހުންނަނީ މިބިލަށް ތާއީދު ކުރަން.

The name is already taken The name is available. Register?

ކިޔުންތެރިޔާ 767

07 August 2016

ރަގަޅަށް ހަބަރު ކިޔާފަ ކޮމެންޓުކޮށްބަލަ. ބިލާއި މެދު ރައްޔިތުންގެ ކަންބޮޑުވުން އޮތީތީ ކުރާ ކަމެއްގެ ވާހަކަ ހަބަރުގައި އޮތީ. ޖޭވިޔސް ތީ ބޮޑުވަރު.

The name is already taken The name is available. Register?

ހަސަންބޭ

07 August 2016

ތިޔަ އަބުރުގެ ބިލު މަޖިލީހުން ފާސްކޮށްފިކަމަށް ވަންޏާ އެހިންގީ ވަރަށް ބޮޑުޖަރީމާއެއްކަމަށް ދެކެންޖެހޭނެ ، އެހާ ހިސާބުން މަޖިލީސް އުވާލަންޖެހޭނެކަމަށް ފެނޭ...

The name is already taken The name is available. Register?

ހުސޭނު

07 August 2016

ތި ބިލެއްގެ ސަބަބުން މީގެފަހުން އެއްއައިނަށް އެރި އަނެއްދޯނި މަސްބޭނީ މިވެނި ވަރަކަށޭވެސް ނެތް ބުނެވޭކަށް އެދޯނީގެ ކެޔޮޅުގެ ބަހެއްނެތި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!