އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ކަންކަން ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ފުރިހަމައަށް ލިބޭތޯ ކަށަވަރުކުރަން ރާއްޖޭގެ 15 ސަރަހައްދެއްގައި އެޗްއާރުސީއެމްގެ އޮބްޒާވަރުން ހަރަކާތްތެރިވި ކަމަށެވެ. އަދި އެ އޮބްޒާވްކުރުމުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް ބުރޫއަރައި ނަތީޖާ އަށް އަސަރުކުރާނެ ފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ބުންޏެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެފައިވާކަން ވެސް އެޗްއާރުސީއެމުން ފާހަގަކުރި އެވެ. ނަމަވެސް ވޯޓުލުމުގެ ކަންކަން ދިޔަގޮތް ލަސްވުމުގެ ސަބަބުން ގިނަ ވަގުތު ކިއުގައި މަޑުކުރަން ޖެހުނުކަމާއި އިންތިޚާބުގެ އިދާރީ އިންތިޒާމްތައް ހަރުދަނާކުރަން ޖެހޭކަން އެ ކޮމިޝަނުން ބުންޏެވެ.
އިންތިޚާބުގައި ފެނިގެންދިޔައީ ގައުމީ ރޫހެއްގައި ސުލްހަ މަސަލަސްކަން އިސްކޮށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރި ތަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މިކަންކަމަށް ރިއާޔަތްކުރާއިރު ފާހަގަކުރެވުނީ މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.
އެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،616 ވޯޓު ލިބިފައިވާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ.
ވޯޓު ލުމުގެ ހައްގު 262،135 މީހުންނަށް ލިބިފައިވާއިރު މިއަހަރުގެ އިންތިޚާބުގައި ވޯޓުުލާފައިވަނީ 233،877 މީހުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޝިފާގު
25 September 2018
ސަރުކާރުން ބިރުވެރިކަން އުފައްދަން މަސައްކަތްކުރި. ކާމިޔާބުނުވީ.
އައިލަމް
25 September 2018
އެޗް އާރު ސީ އެމް އިން ތިޔަ އޮބްޒަރވްކުރީ ކޮންގޮތަކަށް ހެއްޔެވެ؟ ބައެއް މީހުން ވޯޓް ކަރުދާސްކޮޅު އަތަށް ލިބި ވޯޓް ނުލަނިސް ފުލުހުން ހައްޔަރު ކުރިކަމަށް މީޑިއާތަކުން މަޢުލޫމާތު ލިބުނެވެ. ވީމާ، ވޯޓްލާން ދިޔަ އެންމެންނަށް އެ ޙައްޤު ލިބުނުކަމުުގައި ތިޔަ ދަންނަވާ ދެންނެވުމާމެދު ސުވާލު އުފެދެއެވެ. އަނެއްކާ ތީ ޔާމީނު ދިން ބަޔާނެއް ނޫންބާއެވެ؟
ބުނަންތޯ
25 September 2018
މީ އަނެއްކާ އެހެން ޤަޢުމެއްގަ ބޭއްވުނު އެހެން އިންތިހާބެއްބާ؟ ކުރިން އިދިކޮޅުން މުޅިންވެސް ކިހަމުން ގެންދިޔައީ މިފަހަރު ރާއްޖޭގަ ބާއްވާ އިންތިހާބު ވެގެން ދާނީ ވަރައްވެއް ބޭއިންސާފު އޮޅުވާލުން ބޮޑު އިންތިހާބެއްކަމަށް< މިހާރު ކުއްލިޔަކަށް އެހާ ރަންގަޅުމިވީ ކީއްވެބާ؟
ވަހީދު
25 September 2018
ނޫން . މިނިވަން އިންސާފްވެރިއެއް ނޫން. ހުރިހާ ފޮށިތަކަކަށް އޭނާގެ އެކްޓިވިސްޓުން ލައިގެން އަދި އ.ކ. ގެ ރައީސް އަކަށް އޭނާގެ ކެމްޕެއިން މެނޭޖަރ ލައިގެން އިންސާފްވެރިކަމަކަށް ގަބޫލެއް ނުކުރާނަން
ނެޝަނަލިސްޓް
25 September 2018
އެއްބަޔަކަށް: ދައުލަތުގެ މީޑިޔާ ގައި ފުރުސަތެއް ނުލިބޭ، މާލޭގައި ޖަލްސާ ބާވާނޭ ތަނެއް ނުލިބޭ، ކެމްޕޭން އޮފީހަށް ފުލުހުން ވަދޭ، ކެމްޕޭން ޕޯސްޓަރާ ދިދަ ފުލުހު ނެގި، ވޯޓްލީ ދުވަހަށް ފުލުހައް ހާޒިރުކޮށް މީހުން ހައްޔަރު ކުރި! މިނިވަން، އިންސާފުވެރި އިންތިހާބެއް ނޫން!
ޝަޒޫ
25 September 2018
ކުރިން ތިމީހުން ބުނަމުންދިޔައީ ރައީސް ޔާމީން ވެރިކަމުގައި ރަނގަޅު އިންތިޚާބެއް ނުބޭއްވޭނެޔޭ. އަދި ހާދަ ލަދެއްގަތޭ އީޔޫއިން މިގައުމުގައި މިފަހަރު ވޯޓް އޮޅުވާލާނޭ ބުނީމާ. ރައީސް ޔާމީން އީޔޫއަށް ދަވްއަތުދިނީމަވެސް ބުނީ ހަމައެހެން , މަވެސް އެހެންވެ ޔާމީން އަށް ވޯޓް ނުދިނީ. މިހާރު އަސްލު ވަރަށް ދެރަވެއްޖެ. ދެން ބޭރުގައުމަކުން ކޮންމެ އެއްޗެއްބުންޏަސް އަޑެއްނާހާނަން.
މިޔޯ
24 September 2018
މިކޮންބައެއް ނިނދާ ހޭލައިގެން މި އަނގަ ތަޅުވަނީ.?
ޞީދީ
25 September 2018
ތިޔެއް އެނގުނީސް އމޑޕ ބަލިވިނަމަ ދުވާލުގެ އިރުފެންނަ ފަދައިން އެކމެއް ގަބޫލެއް ނުކުރީސް
އަދުލު
24 September 2018
ޕީޕީ ކުދިންނަށް މިނިވަންކަމާއެކު އެކުދިން ބޭނުންވާ އިންސާފުވެރިކަމާއެކު
ކޮބާ..ކޮބާ
24 September 2018
އަނގަ ފެޅީދޯ...
ޒިންދަގީ
24 September 2018
އޯ.. މިވެސް މިރާއްޖޭގަ އޮންނަތަނެއްކަންވެސް ނޭނގޭތާ ލައްކަދުވަސްވެއްޖެ..