އެކްސިޑެންޓްވި ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


އިރުއޮއްސި 6:25 ހާއިރު އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި، ބަންގްލަދޭޝް ފިރިހެނެއްގެ ގައިގައި ޖެހިގެންނެވެ. ސައިކަލް ދުއްވަން އިން ދިވެހި ފިރިހެން މީހާގެ ބޯ ފަޅައިގެންގޮސް އޭނާ ހޭނެތުނެވެ. ސޯސަންމަގުން އެމްޑީޕީގެ އޮފީސް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ވެސް ފަރުވާ ދޭން ޖެހުނެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ، އެ ދެ މީހުންނަށްވެސް ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށްވެސް އަފްއާލް ވިދާޅުވި އެވެ.

މާލޭގައި މިހާރު ދަނީ ނުރައްކާތެރި އެކްސިޑެންޓްތައް ހިންގުން އިތުރުވަމުންނެވެ. ހާއްސަކޮށް ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖުގައި ހިނގާ އެކްސިޑެންޓްތައް ގިނަވެފައި ނުރައްކަލެވެ.