އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު.-- ފޮޓޯ: އެމްޑީޕީ
ސިޔާސީ މަސައްކަތުގައި އަބަދު ވެސް ދެމިހުންނަވާނެ ކަމަށާއި ނަމަވެސް މިވަގުތު އެންމެ ބޮޑު އަމާޒަކަށް ވާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "60 މިނެޓް" ޕްރޮގްރާމުގެ ތެރެއިން އެ ޓީވީ ސްޓޭޝަނަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީއަށްފަހު ރާއްޖޭގެ ވެރިކަން ދަނީ "އެއް ފަަހަރު މަތިން އަނެއް ފަހަރު އަޑިން" ކަމަށެވެ. އެހެންވެ މިފަހަރު އެމަނިކުފާނު އަމަލުކުރައްވާނީ އިބޫގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެވަގުތު ކުރައްވަން ހުރި މަސައްކަތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ދައުރު ދީފައިވަނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން ބޭނުން ނުވާތީ ކަމަށެވެ. އެއީ ވެރިކަން ބަދަލުވާންޖެހޭނީ ރައްޔިތުންގެ ވޯޓުން ކަމަށް އެބޭފުޅުން ގަބޫލުކުރައްވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދު ވެސް ގަބޫލުކުރަމުން އައި ގޮތަކީ އެއީ. އެނޫން ގޮތަކަށް ވެރިކަން ބަދަލުވެގެން ނުވާނެ،" ސްރީލަންކާގައި ހުންނަވާ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އިއްވި 13 އަހަރުގެ ޖަލު ހުކުމް ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން އެގޮތަށް އަމުރުކުރީ، ނަޝީދުގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދުނީ، ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކުރުމަށް ޕީޖީއަށް އިލްތިމާސް ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނިކޮށެވެ.
ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނުއިރު، އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ޖަލު ހުކުމަށް ފަހު، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް ނަޝީދު ދިރިއުޅުއްވަނީ އެ ގައުމުގެ އިތުރުން ސްރީ ލަންކާގަ އެވެ.
ރާއްޖެ ވަޑައިގަންނަވާއިރު ހައްޔަރުނުކުރާނެ ގޮތަކަށް ކަންކަން އިންތިޒާމްވެފައި އޮތުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން އަންނަނީ ނަޝީދަށް މަރުހަބާ ދެންނެވުމަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެއީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު ކުލަގަދަ ހަފުލާއަށް ވެގެންދާނެ ކަމަށް، އިދިކޮޅު އެންމެ ބޮޑު ޕާޓީން ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
74-5
31 October 2018
ތިހެން ތިކަން ވެއްޖެނަމަ ރަގަޅު. އެކަމު އިބޫ ކަންތައްތައް ކުރައްވާނެ ކަމަށް ލަފާކުރެވޭ ވަރަށް ތަފާތު ގޮތްގޮތާ މެދު ނަޝީދަށް ހަމަ ކެތްކޮށްލައިގެން ހުރެވޭނެބާއޭ އެއީ ވަރަށް ބޮޑު ސުވާލެއް...އިބޫއަކީ މައުމޫން ގޮތަށް ރިސްކް ނަގަން ބޭނުންނުވާ ބޭފުޅެއްހެން ހީވަނީ. ނަޝީދާ ޔާމީނަކީ ތަފާތު ބޮޑެތި ރިސްކް ނަގައިގެން ވެރިކަން ކުރި 2 ވެރިން.
އަމީލް
31 October 2018
ނުވާނެ ތިކަމެއް!
އާންމު މީހާ
31 October 2018
ސިއްދީގޫ! ރައީސް ނަޝީދު އެބަ އާދެޔޯ! ކިހިނެއް ދެން ހަދާނީ އެކޮއެ؟
އާދަނުބެ
31 October 2018
އަންނި ދެން ރަނގަޅުވާނީ ހަމަ މަޑުން ހުރިއްޔާ. އިބޫ އަށް ވެރިކަން ކުރަން ފުރުޞަތުދެއްވާ.
ބަންޑާރީ
31 October 2018
ކަލޯގެއާވޭ . ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚްލާޞްތެރިކަން އަދި އެއްބަޔަކު އަނެއްބަޔަކަށް ވަފާތެރިވެ އިތުބާރު ދެމެހެއްޓިއްޖެނަމަ އެއްވެސް ފިކުރެއް ކުރާނެކަމެއްނެތް . ކޮންމެ ހެއްލުމަކުން ގެއްލުމެއް ލިބޭނެ. މަޝްވަރާކޮށްގެން ލިބޭ ލަފާތަކަށް އަމަލުކުރެވޭތޯބަލަންވީ . ވައްސަލާމް
އީމަން
31 October 2018
ނަޝީދު އެހީއެތް ނެތި ތިކަމެއް ވާނެ، ސަލުކަން ހޯދަން ބޭކާރު އަގަނުތަޅާ!
ކްރޯޑް
31 October 2018
މީނަ ދައްކާ ވާހަކައިން ހީވަނީ ވެރިކަމަށް ހޮވިފައި މިހުރީ ތިމާއޭ ރައީސްކަން ކުރާނީވެސް ތިމާއޭ ހީވާ ކަހަލަ ގިތަކަށް ވާހަކަތައް މިހުރީ އަހުންނަށްވެސް މިހާރު ހީވާން ފަށައިފި ރައީސްކަމުގެ ހުވާ އިބޫ ކުރިޔަސް ވެރިކަން ކުރާނީ އަންނިކަމަށް އެމްޑީޕީ މީހުން މޮހިނަށް އޮޑި ދިންހެން އިބޫއަށް ވެރިކަން ދޭނީ އެއްވެސް ބާރެއް ނޯންނާނެ އިބޫގެ އަޅެ ބަލަން ތިބެމާ
ޒައިދު
31 October 2018
ކަލޯމެން ހާދަ ޖޭ ވެޔޭ ދޯ.. ކަލޯ މެންނާހުރެ ބަޔަކަށް ގުޅިގެން އުޅެވޭކަށް ނެތެއްނުން؟؟
އަހުމަދޭ
31 October 2018
މާތްﷲ ގެ ވާގިފުޅާއެކު ސަރުކާރު ވެއްޓޭނެ. އަދި ކަލޭގެ ހާލު އެއަށްވުރެ މާ ނިކަމެތިވެ ބިންމައްޗަށ ވެްއްޓޭނެ. އާމީން.
ކޮލަމާ
31 October 2018
އިބޫ ދިވެހިރާއްޖޭގެ ވެރިކަމާގުޅޭ ތާރީޚުން އިބުރަތް ހާސިލްކުރާތި. އެއްބަނޑެއް އެއްބަފައެއް ބަލާކަމެއް ނޫން ވެރިކަމަކީ.
ބަކުރުބޭ
31 October 2018
ވެރިކަންދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަކީ ޔާމީނުހެދިހެން ބާރުތައް މުށުތެރެެއަށްލާން ފުއްގަނޑެއް މޮޑޭހެން ގާނޫނުތައް މޮޑުމެއްނޫން. އެފަދަ ގާނޫނުތައްއުވާލައި ރައްޔިތުންނަށްޓަކައި ރީތިވެރިކަމެއް ކޮށްދޭނަމަ ވެރިކަން ދެމެހެއްޓޭނެކަމަށް ޔަގީން.