މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އަންނަ އެޕްރީލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ވަނީ ނިންމަވާފައި. --ފޮޓޯ/މިހާރު
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމައިފި އެވެ.
މިނިސްޓަރެއްގެ ގޮތުގައި ގާތްގަނޑަކަށް ހަތް އަހަރު ހޭދަކުރެއްވި މުއިއްޒު "މިހާރު" އަށް ވިދާޅުވީ އަދިވެސް ބޭނުން ވަނީ ގައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވަން ކަމަށެވެ. ބައްޕާފުޅު، ޝައިޚް ހުސައިން އަބްދުއްރަހުމާނަކީ ވެސް ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަން ފާހަގަކުރައްވައި ވިދާޅުވީ، ހިތްވަރު ލިބިވަޑައިގަތީ ބައްޕާފުޅުގެ ފަރާތުން ކަމަށެވެ.
"ގައުމީ ޚިދުމަތުގައި ދެމިހުންނާނަން. ސިޔާސީ މައިދާނުން ދުރަށް ދާކަށް ނުވިސްނަން. އަދިވެސް ލިބޭ ފުރުސަތެއްގައި ކުރިއަށް ދާނަން،" މުއިއްޒު ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވައި އެ މަނިކުފާނުގެ ވެރިކަން ފެށުމާއެކު، ޕީޕީއެމްގައި ރައީސް އަބްދުﷲ ޔާމީނާ އެކު މިހާރު ތިއްބެވި ބޭފުޅުން ވާނީ އިދިކޮޅު ބޭފުޅުންނަށެވެ.
އެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއެއްގައި މަސައްކަތް ކުރެއްވުން އޭނާ އަށް ވާނީ، އާ ތަޖުރިބާ އަކަށެވެ.
"އިދިކޮޅުގައި ހުންނައިރު، ރައްޔިތުންނަށް ޚިދުމަތް ކުރަން އެންމެ ރަނގަޅު މަގަކަށް ވާނީ މަޖިލިސް. އަޅުގަނޑުގެ އުއްމީދަކީ މަޖިލިސްގެ މެމްބަރަކަށް ވުން. ދެން އޮންނަ ދައުރަކަށް ކުރިމަތިލުން،" މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު އަންނަ އެޕްރީލް މަހު އޮންނަ އިންތިޚާބުގައި ވާދަކުރައްވާނީ ކޮން ދާއިރާއަކުން ކަމެއް އަދި ނުނިންމަވަ އެވެ. ދާއިރާ ކަނޑައަޅުއްވާނީ، ޕީޕީއެމްގެ މަޝްވަރާއާ އެކު ކަމަށް، ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ މެނިފެސްޓޯ ތަންފީޒު ކޮށްދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި މިހާރު ޕީޕީއެމާ ގުޅިވަޑައިގެންފައިވާ މުއިއްޒު ކެބިނެޓަށް ވަޑައިގަތީ، އެމްޑީއޭ އަށް ކަނޑައެޅި ސްލޮޓްތަކުން ކުރީގެ ލީޑަރު އަހްމަދު ސިޔާމް ދެއްވި ފުރުސަތެއްގަ އެވެ. އޭގެ ކުރިން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި މަގާމަށް ވަޑައިގަތީ އަދާލަތު ޕާޓީ އަށް ކަނޑައެޅި ސްލޮޓްތަކުން އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އެހީތެރިކަމާ އެކުގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަައިންތު
14 November 2018
އިންޝާﷲ މުއިއްޒުއަށް ކާމިޔާބު ދެއްވާނެ. ތިކަހަލަ ހިތްވަރުގަދަ ދަރިން މިޤައުމަށް ބޭނުންވަނީ. ކޮއްމެ ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑި.
އެސް
13 November 2018
މަރުހަބާ ،ކާމިޔާބަށް އެދެން، ހިންގުންތެރި ޤާބިލު ބޭފުޅެއް
ޢާންސަރ
13 November 2018
ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް މަލެއަަށް މި ވެރިކަމުގައި މިގެނަައި ތަރައްގީ އަކީ ހަމަ މުއިއްޒު ގެންނެވި ތަރައްގީ. ޢެހެންވީމަ އަދިވެސް ރަތްޔިޔުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުރުމަށް ފެނޭ. ފަސްއެނބުރި ނުބައްލަވަާ ކުރިޔަށް ވަޑައިގަންނަވާ. ޢަޅުގަނޑުމެން މިތިބީ މުއިއްޒު އާއި އެކު.
ބަރާބަރު
13 November 2018
އެހެން ވީމަތާ ކުރާ ކޮންމެ ކަމެއް ދެފަހަރު ކުރަނީ.. ކޮއް ނުނިމެނީ.....
ނުވާނެ
13 November 2018
އަހަރުމެން ރޭގަނޑު ނިދިޔަނުދީ މަގުތައް ތަޅާބާލާ ހަދަން ހުއްދަދީފަ އެކަމާ މައްސަލަޖައްސާމީހުންނަށް ކުރި މަލާމާތަށްޓަކާވެސް މީނާޔަށް މިކަންނުވާން ބާރުއަޅަން ޖެހޭ. އަހަރުމެން އެކަން ކުރާނަން!
މެންބަލު
13 November 2018
މީ ދޯ މާ މައާފަށް އެދިގަނެގެން ކުލަކުލަ ދައްކަންއުޅުނު ސަބަބީ
މާރަންދޫ
13 November 2018
ތީގެ ކުރިން މުއީޒްގެ ކޮރަޕްޝަން މައްސަލަ ތަށް މި ސަރުކާރުން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ އެވެ މަޖްލީހަށް ކުރިމަތި ލެވެން ޖެހޭނީ ސާފު ތޯހިރު މީހެއްގެ ގޮތުގައެވެ.
އަސްރަފް
13 November 2018
މަރްޙަބާ: މުއިއްޒު ފަދަ ޝަޚްޞިއްޔަތެއް ޤަވްމީ ޚިދުމަތުގައި ކުރިއަށް ވަޑައިގަތުމަށް ނިންމެވުމަކީ އުފާކުރާކަމެއް.
ބޯހުދު ޒިންދަގީ
13 November 2018
ތިޔަދެން އެންމެފަހުން މަޖިލިސްވެސް މުއިޒުވީ.
ގުރައިދޫ
13 November 2018
މުއިއްޒު. މިނަމަކީ ކުރާ ކޮންމެކަމެއް ދެފަހަރަށް ކުރަންޖެހޭ ގޮތައް މަސައްކަތް ބިނާ ކުރި މިނިސްޓަރެއްގެ ގޮތުގައި ދިވެހި މާޒީގަ ވާނަމެއް. މުސްތަގުބަލުގައި ކޮންމެ ކަމެއް ދެފަހަރަށް ކުރަން ފުރުސަތު އޮތްހެން ހީނުވޭ. ލަގަބު ހިއްޕަވައިގެން ތާރީހުގެ ތެރޭ މަޑުކޮށްލައްވާ.
ކުރައިދޫ
13 November 2018
އެހެންވީމަ މަޖްލިސް މެމްބަރުކަންވެސް 2 ފަހަރު ކުރެވިދާނެ.
ބޮޑުކާށި
13 November 2018
މަށަށް ފެންނަނީ 2023 ގަ މުއިއްޒު ރައީސްކަމަށް ކުރިމަތިލައްވަން އެ އީ ވަރަށް ސަޅި ގޮތަކަށްވާނެ