ރައީސް އޮފީހުގެ ރަސްމީ ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 3 ކަމަށް ހަމަޖައްސައިފި

ރައީސް އޮފީހުގެ މަސައްކަތު ގަޑި އަކީ ހެނދުނު 8 އިން މެންދުރުފަހު 3 އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސައިފި އެވެ.


ރައީސް އޮފީހުން ބުނީ އެގޮތަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

މިހާރު، ރައީސް އޮފީހުގެ މަސައްކަތު ގަޑި ނިމެނީ މެންދުރު 2:00 ގަ އެވެ. އެއީ މިހާރު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ނިމޭ ވަގުތު ވެސް މެ އެވެ.

ރައީސް އޮފީހުގެ ރަސްމީ ގަޑިއަށް އެއް ގަޑިއިރު އިތުރުކުރި ނަމަވެސް ސަރުކާރުގެ އާންމު މަސައްކަތު ވަގުތަކީ ކުރިއެކޭ އެއްގޮތަށް ހެނދުނު 8 ން މެންދުރު 2 އެވެ.