ހިތަދޫގެ މަގެއްގައި މިދިޔަ އަހަރު އެމްއާރުޑީސީން ތާރު އަޅަނީ.-- ފޮޓޯ: އެމްއާރުޑީސީ
އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އަލަށް ހަދާ މަގުތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ކުރިން ކުރި އިއުލާން ބާތިލް ކުރުމަށް ފަހު، ބީލަން ހުށަހަޅަން ދިން މުއްދަތު އިތުރުކޮށް އަލުން އިއުލާންކޮށްފި އެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫގެ މަގުތަކެއް ހަދަން ވަނީ ނިންމައިފަ އެވެ. މި އަވަށްތަކުގެ އިތުރު މަގުތައް ހަދާނެ ބަޔަކު ހޯދަން ކުރިން ކުރި އިއުލާން ބާތިލު ކުރި ސަބަބެއް މިނިސްޓްރީން ނުބުނެ އެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ފިނޭންސުން ބުންޏެވެ. ކުރިން ބީލަށް ހުށަހަޅަން ދިނީ އަންނަ މަހުގެ 11 ގެ ނިޔަލަށެވެ.
ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައި ގަންނާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ފިނޭންސުން ބުނީ ހިތަދޫ މަގު ހެދުމުގެ މަޝްރޫއުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 365،000ރ. ހުށަހަޅަން ޖެހޭ އިރު، ފޭދު އާއި މަރަދޫފޭދޫގެ މަޝްރޫއަށް ބިޑު ސެކިއުރިޓީގެ ގޮތުގައި ކޮންމެ ރަށަކަށް 72،000ރ. ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބުނީ މަރަދޫ މަގު ހެދުމުގެ މަޝްރޫއުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 57،000ރ. ހުށަހަޅަން ޖެހޭ އިރު، ހުޅުމީދު އަށް 180،000ރ. ހުށަޙަޅަން ޖެހޭނެ ކަމަށެވެ.
ހިތަދޫގެ މަގެއްގައި މިދިޔަ އަހަރު އެމްއާރުޑީސީން ތާރު އަޅަނީ.-- ފޮޓޯ: އެމްއާރުޑީސީ
މީގެ އިތުރުން ޕަފޮމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ހުށަހަޅަން ޖެހެ އެވެ.
ފިނޭންސުން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
އައްޑޫގައި އަލަށް ހަދާ މަގުތަކުގެ ސާވޭ ހައުސިން މިނިސްޓްރީން މިހާރު ވަނީ ނިންމައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހާދާލު
17 August 2016
އަބަދުވެެސް އައްޑޫ މާލެ ތިނަދޫ........ދެން ތިބީ ދިވެހި ރައްޔިތުން ނޫން ބާ......
ރަދީފް
17 August 2016
''އަޅުގަނޑުމެންގެ ވެރިކަމެއްގަ ހުރިހާ މީހުންހަމަހަމަ ވާނެ.'' މިހެންވެސް ބުނި