ޕެންޝަން އޮފީހުގެ އެތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ޑިސެމްބަރ 2018 - 23:22
އެމްޕީއޭއޯގެ ނަމުގައި އެތަނުގެ ރަސްމީ ނަންބަރުން މީހުންނަށް މިރޭ ފޮނުވަމުންދާ މެސެޖުތަކާ އެ އޮފީހާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ނަމުގައި މިރޭ ވަނީ ރާއްޖޭގައި، ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު ކަމަށް ބުނެ މެސެޖުތަކެއް ކޮށްފަ އެވެ. އަދި އެކަމާ ދެކޮޅަށް ދިވެހިން އަޑުއުފުލަން ޖެހޭ ކަމަށް ވެސް އެ މެސެޖުގައި ބުނެފައި ވެ އެވެ.
އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މިހާރު ފޮނުވަމުންދާ މެސެޖުތަކަކީ އެ އޮފީހުން ފޮނުވަމުންދާ މެސެޖުތަކެއް ނޫން ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށް ވެސް ކުރު ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާރު01
13 December 2018
ތިޔަބުނާ މެސެޖުގަ ގޯސް ވާހަކައެއް އެބަ އޮތްތަ؟ ބޭރުގެ މިލިޓަރީ އޮކިއުޕޭޝަނާ މަވެސް ދެކޮޅު
ބަންޑާރީ
13 December 2018
ތިކަހަލަ ކަންކަން ކުރާމީހުން ހޯދައި އަދަބު ދެވެންޖެނެ. ނުހޯދޭނަމަ ޓެކްނޮލޮޖީ ދާއިރާފޭލްވެފައިއެވަނީ. މީހުންގެ ބޭންކް އެކައުންޓްތައް ދޮވެލާ ހަދާއިރު އެކަން ބަލަން ދިވެހި ޓެކްނޮލޮޖީ އަދާރާއިން އެކަށީގެންވާ ފިޔަވަޅެއްނާޅަނީ ދިވެހިންގެ މުދާ ޙިމާޔަތް ނުކޮށްނުދެވިގެން. ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުންގެ މުދާ ފޭރެމުންދާއިރު އެކަން ޙިމާޔަތް ނުކޮށްދެވޭނަމަ ތިޔަ ކުރާ މޮޅެތި ކަންކަން ބޭންކުތަކުން ހުއަޓާލާ .
ބޯހަލާކުވޭ
12 December 2018
ބަލަ އެމީހުންގެ ހިދުމަތަށް ރަޖިސްޓަރ ވާއިރު މެސެޖްކޮށްފަ އޮންނަ ނަންބަރުން ހަމަ އެ ކޮންވަޒޭޝަން ތްރެޑްގަ މެސެޖް އޮތީ. ދެން ކީކޭ މި ކިޔަނީ.
ބޯރޮދި
13 December 2018
ކިޔާ އެއްޗެއް އެއޮތީ ބުނެދީފައެއްނު
ބޯހަލާކުވާންނުޖެހޭ
13 December 2018
މެސެޖް ކުރާ ބައިވަރު ސާވިސްތައް ހުރޭ. ބޭނުންންނަމެއްގައި ބޭނުން ނަންބަރަކުން އަންނަކަމަށް ދެއްކޭގޮތްހެދޭ ސާވިސްތައް ހެޔޮ އަގުގައި ބައިވަރު.
ޕިއްޕަޅޭ
13 December 2018
އަދުގެ ދުނީޔޭގައި އެގޮތައް މެސެޖް ކުރުން އެއީ މިހާރު މާ އުނދަގޫ ކަމެއްނޫން. ބޯހަލާކުވޭ ހަމަ މި މީހުންނަށް ވާނުވާ ނޭނގުނަސް ވާހަކަ ދައްކާތީ. މަ އެނގިގެން އުޅެނީ....
ދާގީނާ
13 December 2018
އެބުނާހެން އެ އޮފީހާ ގުޅުމެއް ނެތެކޭ ނުބުނެވޭނެދޯ! އެ އޮފީހުގެ ނަމްބަރުން ވިއްޔަ މެސެޖްތަށް ކޮށްފަ އެހުރީ.