އާއިލީ ބައްދަލުވުމަށް އިއްޔެ ގޮސް މާފުށީ ޖަލަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު އަތުލައިގެންފި އެވެ.
ފުލުހުން މިރޭ ބުނީ އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާ އަތުލައިގައިތީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހާއްސަ މަސައްކަތްތަކެއްގެ ތެރެެއިން ކަމަށެވެ.
އާއިލީ ބައްދަލުވުމަށް އެ ފިރިހެން މީހާ އިއްޔެ ހެނދުނު 10:30 ގައި މާފުށީ ޖަލަށް ދިޔައިރު އޭނާ މަސްތުވާތަކެތި ހިފައިގެން ހުރި ކަމަށް ޝައްކު ކުރެވިގެން ފުލުހުންނަށް އަންގާފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ.
މާފުށީގައި ތިބޭ ފުލުހުން ޖަލަށް ގޮސް އެ މީހާގެ ހަށިގަނޑު ބަލައި ފާސް ކުރިއިރު ސެލޯފިނާއި ރަބަރުގައި ބަންދުކޮށްފައި ހުރި ޖުމްލަ ހަތް ޕެކޭޖު ވަނީ ފެނިފަ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތަށް 13 ދުވަސް މާފުށީ ކޯޓުން ވަނީ ޖަހައިދީފަ އެވެ.
Gina adhadhehge masthuvaathakehchaai eku 2 bidheyseen Male' in hayyaru koffi.https://t.co/gKSJRkp9MR pic.twitter.com/IryRMuDZnp
— Maldives Police (@PoliceMv) January 13, 2019
މާލޭގައި އިއްޔެ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ވަނީ 21 އަހަރުގެ ބިދޭސީއަކު ވެސް މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުން އައި ބިދޭސީއެއްގެ އަތުން ވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފަ އެވެ.
އެ ދެ މީހުން 15 ދުވަހު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.