ހުޅުމާލޭގައި މަރުވި އަންހެން މީހާ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ކުއްލިގޮތަކަށް މަރުވެފައިވާ އޮއްވައި ހޮނިހިރު ދުވަހު ފެނުނު އަންހެން މީހާގެ މަރުގެ މައްސަލާގައި އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.


ހުޅުމާލޭ، މުރަކަ، އާއިޝަތު ވިޝާމާ، 27ގެ މަރުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރީ އިއްޔެ އެވެ. ނަމަވެސް ފުލުހުން އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެ އަންހެން މީހާ މަރުގެ މައްސަލަ ފުލުހުން ބަލަން ފެށީ، އޭނާގެ ހަށިގަނޑު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިއުމުން އެތަނުން ފުލުހުންނަށް ރިޕޯޓްކުރުމުންނެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑު ނެރުނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އެޕާޓްމަންޓަކުންނެވެ. ނަމަވެސް ހާދިސާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

އަންހެން މީހާ މަރުވި ދުވަހު މ. ރަމާގުލްޝަން ގޭގައި ޒުވާން ފިރިހެނަކު ވެސް މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ. އެ މައްސަލަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.