އިމިގްރޭޝަނުން ތަފާސްހިސާބު އާންމު ކުރަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް މިއަދުން ފެށިގެން އާންމު ކުރަން ފަށައިފި އެވެ.


އިމިގްރޭޝަނުން ބުނީ މީގެ ފަހުން ކޮންމެ ހަފްތާއަކު އެއް ފަހަރު އެ ތަނުން ތަފާސްހިސާބު އާންމު ކުރާނެ ކަމަށެވެ.

އިމިގްރޭޝަނުން އާންމު ކުރާ ހިސާބުތަކުގެ ތެރޭގައި ބޭރުން މަސައްކަތު މީހުން ގެނައުމަށް ކޯޓާ އަށް އެދޭ އަދަދާއި ޕާސްޕޯޓާ ގުޅޭ ތަފާސްހިސާބު ހިމެނެ އެވެ.

އިމިގްރޭޝަންގެ ޓުވީޓު

އިމިގްރޭޝަން އޮފީހުން އެންމެ ފުރަތަމަ އާންމު ކުރި ހިސާބުތަކުން އެނގޭ ގޮތުގައި ބޭރުން މީހުން ގެނައުމަށް އެންމެ ގިނައިން ކޯޓާ އަށް އެދިފައި ވަނީ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުންނެވެ. އެގޮތުން، މި ޖެނުއަރީގައި އެކަނިވެސް 284 މީހަކު ގެނައުމަށް އެ އިންޑަސްޓްރީން ވަނީ އެދިފަ އެވެ. ނަމަވެސް ހުއްދަ ދީފައި ވަނީ 157 މީހުން ގެނައުމަށެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަނާއި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުން ވެސް ގިނަ އަދަދަކަށް ބޭރުން މީހުން ގެނައުމަށް ވަނީ އެދިފަ އެވެ.