އުމުރުން 104 މީހާގެ އަންހެން މީހާގެ އޯޕަން ކޮލެސިސްޓެކްޓޮމީގެ އޮޕަރޭޝަން ކުރި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޓީމު ފޮޓޯ އަކަށް ހުއްޓިގެން.---ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް
އުމުރުން 104 އަހަރުގެ އަންހެނެއްގެ ގޯލްބްލެޑާ ނުވަތަ ފިތް ނެގުމުގެ އޮޕަރޭޝަނެއް (އޯޕަން ކޮލެސިސްޓެކްޓޮމީ) ޓްރީ ޓޮޕް އިން ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލުން ބުނީ، އެއީ އެ ހޮސްޕިޓަލުން ވެސް މިހާތަނަށް ފަރުވާ ހޯދި އެންމެ ދޮށީ މީހާ އެވެ.
އާއްމުކޮށް، ގޯލްބްލެޑާ ނަގަން ޖެހެނީ އެ ގުނަވަނުގައި ހިލަ އުފެދި އެކަމުގެ ސަބަބުން ޖަރާސީމު ހެދި، ތަދުވުމުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
އެ އޮޕަރޭޝަން ކުރީ، ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އުބައިދު އިސްކޮށް ހުންނަވައިގެން ގާބިލް ޓީމަކުންނެވެ. އޭގެ ތެރޭގައި މެޑިކަލް އޮފިސަރުންނާއި އައްސިކުރާ ޑޮކްޓަރުންނާއި ތިއޭޓަ ނަރުހުން ހިމެނެ އެވެ.
ޑރ. އުބައިދުއާ ހަވާލާ ދެއްވައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި، އެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ކޮށެވެ. އެ އޮޕަރޭޝަނުން ބަލިމީހާގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އޮޕަރޭޝަން ކުރަން ޖެހުނީ އުމުރުން ދުވަސްވީ މީހެއްގެ ކަމަށް ވާތީ، ދުރާލައި ވަރަށް ފުރިހަމަ އަށް ތައްޔާރުވި އެވެ. އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޓީމަކީ ތަޖުރިބާކާރު ގާބިލް ޓީމެއް ކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ފާހަގަކުރެ އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި އަމާޒަކީ ސިއްހީ ޚިދުމަތްތައް އެންމެ ފުރިހަމަ އަށް ދިނުމެވެ. އެތަނުގެ އަގުތަކަށް ހެޔޮބަދަލުތަކެއް ގެނެސްފައިވާއިރު އާސަންދަ އާއި އެހެނިހެން އިންޝުއަރެންސް މެދުވެރިކޮށް ފަރުވާ ހޯދޭނެ ނިޒާމް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ރަބަރު
02 February 2019
އޮޕަރޭޝަން ޓީމަށް މަރުހަބާ. ރާއްޖެވިއަސް އަދި އެހެންތަނެއްވިއަސް ގާބިލު ޑޮކްޓަރުންނާއި ގާބިލު ފަންނީ މީހުނާއި، މެޝިންތަކާ ތިއޭޓަރުތައް ހުރިއްޔާ ކޮންމެފަދަ އޮޕަރޭޗަނެއްވެސް ކުރެވޭނެއެވެ. ޕްރައިވެޓް ހޮސްޕިޓަލްތަކުން އާސަންދަ ދޭކަށް ކޮންމެހެން ނުޖެހެއެވެ. ހޮސްޕިޓަލް ހިންގަން ދަތިވާނެކަމެކެވެ. މިހެން މިބުނީ މާބޮޑު މަހުޖަނަކަށްވެގެން ނޫނެވެ. އެކަމަކު އަގު ދީފައިކުރާ ކަންކަމުގައި ތަފާތު އަންނާނެކަން ގަބޫލުކުރަންޖެހެއެވެ.
ތުނިޔަ
01 February 2019
އެހެންވީމާ ޓްރީޓޮޕްގެ ތިޝަރަފުގެ ފަހަތުގައިހުރީ ފަޚުރުވެރި ދިވެހި ދަރިއެއް...ޑރ އުބައިދު އަދި އެބޭފުޅާގެ ޓީމް!
ާއަހް
01 February 2019
ބަލިމީހާޔަކީ ދިވެއްސެއްތޯ އަރަތްބެއްތޯ ނޫނީ އެމެރިކާނެއްތޯ؟
ވެލިމަޑި
01 February 2019
މަރުހަބާ އަލްހަމްދުލިﷲ
ފޫހި
01 February 2019
އަލްހަމްދު ލި ﷲ .
ފައިޒާން
31 January 2019
ދޭ ޚިދުމަތާ އަޅާބަލާއިރު އަގުވެސް ރަނގަޅު ، އަމިއްލަ ގައުމުގައި ބޭސްފަރުވާ ކުރަން ލިބުމަކީ ހާދަ ބޮޑު ފަސޭހައެއްކަން ގިނަބަޔަކު ގަބޫލުކުރޭ
ހަސީބު
31 January 2019
އަޒުހަރު ޔުނިވަރސިޓީގެ ގްރެޖުއޭޓެއް އުބައިދު އަކީ
ާއަސްލުވެސް
01 February 2019
އަހަންނަށް އެގޭގޮތުގައި އޭނަ އަކީ ނޭޕާލުގެ ޔުނިވަރސިޓީއަކުން މާސްޓަރސް އިން ސާޖަރީ އާއި ނިޔުޒީލެންޑްގެ އޯކްލަންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން މާސްޓަރސް އިން ހެލްތް އިންފޯމަޓިކްސް ހަދާފަ ހުރިމީހެއް. ޢެހެންވިމަ އަޒްހަރު ޔުނިވަރސިޓީ އަކަށް ތީގެ ޝަރަފެއް ނެތް.
ޢަބޫބަކުރު
01 February 2019
މައުހަދުގެ އިސް ދަރިވަރެއް.
އެއްލީޓަ ބައި
01 February 2019
ޖަަމުއިއްޔަތުލް ފަލަހުގެ ދަރިވަރެއް
ޙަސަން އަޙްމަދު
01 February 2019
“އަސްލުވެސް” ތިހެން ބުންޏަސް އަޒްހަރަށް އެ ޝަރަފު ނެގޭނެ. އޭނަ އަކީ މައުހަދުން ކިޔަވާފަ އަޒްހަރުން އެމްބީބީ އެސް ހެދި މީހެއް. ނޭޕާލަށް ގޮސް އޭބީސީޑީން ފެށީއެއް ނޫން. އެކަހަލަ އެތައް ބައިވަރު ޑޮކްޓަރުންނެއް އެބަ ތިބި. އެހެން މީހުންނަށް މަޖީދިއްޔާގެ ގްރެޖުއޭޓުންނޭ އަމީނިއްޔާގެ ގްރެޖުއޭޓުންނޭ ބުނެ ކްރެޑިޓް ދެވޭ އިރު ކީއްވެޔޯ އަޒްހަރަށް ކްރެޑިޓް ނުދެވެންވީ
ނާޒުނީ
31 January 2019
ޓްރީ ޓޮޕުން ދެއްވާ ޙިދުމަތާއި އަޅާ ކިޔާ އިރު އަގު ހަމަ ރަގަނޅޭ ބުނެވޭނީ... ބަލިމީހާއަށް ވާނުވާ ފުތިހަމައަށް ކިޔައިދޭ.