ޚަބަރު / ވައްކަމާއި ފޭރުން

ހޮރައިޒަންގެ 160،000 ރުފިޔާގެ ޗެކެއް ފޭރިގެންފި

މާލޭ މަގެއްގައި ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވަނީ

10 ފެބުރުއަރީ 2019

9 comments
angry icon 79%

ހޮރައިޒަން ފިޝަރީޒްގެ 160،000 ރުފިޔާގެ ޗެކެއް މިއަދު ފޭރިގެންފި އެވެ.

ފުލުހުން ބުނިގޮތުގައި މަހުގެ ވިޔަފާރި ހިންގާ ހޮރައިޒަންގެ ޗެކު އޮތް ދަބަސް ފޭރިގަތީ މިއަދު ހެނދުނު ޒިޔާރަތް މިސްކިތް ކައިރިންނެވެ. ޗެކުގެ އިތުރުން، އެ ދަބަހުގައި އެ ކުންފުނީގެ ލިޔެކިޔުންތަކެއް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގުގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެކަމަކު، މި ފޭރުމާ ގުޅިގެން ފުލުހުން ވަނީ ކުންފުނިތަކަށް އިލްތިމާސެއް ކޮށްފަ އެވެ.

އެއީ، ބޮޑެތި އަދަދުތަކުން ފައިސާ އާއި ޗެކުތައް ހިފައިގެން ދާ އިރު ފުލުހުންގެ އެހީތެރިކަން ހޯދުމެވެ. ފުލުހުން ބުނިގޮތުގައި 9980068 ނަމްބަރަށް ގުޅައިގެން އެ ހިދުމަތް ހޯދޭނެ އެވެ.

ހަފުތާ ބަންދަށް ފަހު، އާދީއްތަ ދުވަހު ބޭންކަށް ފައިސާ ޖަމާކުރަންދާތީ، ކުންފުނިތަކަށް ވަގުން ފާރަލަ އެވެ. ފައިސާކޮޅު މަގުމަތިން ފޭރިގަންނަ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.

9 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 13%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހުލޫގް

11 February 2019

ކޮބާ މަގުފޭރޭ މީހުންނާ މަސްވަރާ ކުރަން އަވަހަށް ފަށާ .

The name is already taken The name is available. Register?

2001

11 February 2019

ބޭންކްގައި ތިބޭ ކުދިން ބައިވެރިވެގެން ނޫނީ ޗެކަކުން ފައިސާ ނުނެގޭނެ. އަނެއްކާވެސް ބޭންކް ކުދިންގެ ބައިވެރިވުން އޮތް ކަމަކަށް ވަނީޞާ. ބީ އެމް އެލް ފައިސާ ލުން މިހާރު ހާދަ ނުރައްކާވެއްޖެ

The name is already taken The name is available. Register?

1.2 ބިލިއަން

11 February 2019

މިފެންވަރު ގެ ކަންކަން މި ފުރަމާލޭ ގެ މަގުމަތިން ހިނގާ ކަމަށް ވާނަމަ މަރްހޫމު އަފްރާޝީމް ގެ މަރުގެ ހާދިސާ ކަހަލަ ހާދިސާތައް ތަކުރާރުވުން ވަރަށް ކާރި އެވެ. މިއީ ރޯމާ ދުވާލު ހިނގި ފޭރުމެކެވެ. މާލޭ ގެ ހަލަބޮލި މަގުތަކުގައި ޕަކަޕަކަ ލައްވަމުން ރޭސްޖަހަމުންދާ ކުދިންވެސް ޕޮލިހުންނަށް ނުހުއްޓުވޭކަމީ މަގުތަކުގައި ދަތުރުކުރާ ގިނަމީހުން ގެ ބޯރިހުމެކެވެ. މޯލްޑިވް ގޭސް ގެ ރުފިޔާ ދެފަހަރު ފޭރިގަތް ވާހަކަ އިވުނެވެ. ގެނެވުނު ހެޔޮ ބަދަލެއް ނެތެވެ.

The name is already taken The name is available. Register?

ޢާސީ

11 February 2019

ޓތިޔަކަހަ ހޮޅި ވާކަ މިއޮތް ތަހުޒީބު ޒަމާނުގައި ނުދައްކަބަލަ

The name is already taken The name is available. Register?

ރަނާ

10 February 2019

އެމީހާ ހީކުރާނީ ފައިސާ ޖަމާކުރަންދާ ކަމަށް އެހެންވެ އެފޭރި ގަތީ ޗެކެއް ފޭރިގަނެގެން ކުރެވޭނެ iއެއްވެސްކަމެއް ނޯންނާނެކަން އެގޭނެކަން ނޭގެ ތިޔައުޅޭ ފޭރޭ މީހުނަށްވެސް

The name is already taken The name is available. Register?

ހަސަންބެ

10 February 2019

ބޭޑް

The name is already taken The name is available. Register?

ރަދީފް

10 February 2019

ޗެެކެއް ފޭރިގަނެގެން އެފޭރުނު މީހަކަށް ކެއްކޭނެ އެއްވެސް ޑޮންޑޮނެއް ނުހުންނާނެ..ބޭންކަށް އަންގައިގެން އެޗެކްގެ ޓްރާންސެކްޝަން ބްލޮކްކުރެވޭނެކަން ފޭރުނުމީހަކަށް ނޭނގުން އެއީ އެމިހާގެހުރި ގަމާރުކަން ހާމަވާކަމެކޭ ނުބުނަން ވެސް މަމެން ނެތީމޭ.ވ.ވެދުން

The name is already taken The name is available. Register?

މަންސޫރު

10 February 2019

ފޭރިގަންނާނީ ފައިސާ ބޮނޑިއެއް އަތުޖެހޭނެކަމަށް. މިފަހަރު ދިމާވީ ޗެކަކާ.

The name is already taken The name is available. Register?

ޖޭމްސް ހަބީބީ

10 February 2019

ކިހިނެއްބާ އެމައުންޓްގެ އެނގުނީ؟؟ ފޭރިގަތް ކުދިން ކޮޅު ޗެކުތައް ޑިޕޮސިޓް ކޮށްދިނީބާ؟؟؟؟ ???

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!