ރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ސިފައިންގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްއެންޑީއެފް
ކޮންމެ ފަދަ ހާލަތެއްގައި ވެސް ސިފައިންނަކީ ފަސްނުޖެހި ގައުމުގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭ ބައެއް ކަން ހަނދާންކޮށްދޭން ހާއްސަ ޖަލްސާއެއް ރޭ ބާއްވައިފި އެވެ.
ސިފައިންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކުރަން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ޖަލްސާގައި ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވީ ޑިޕާޓްމެންޓް އޮފް ކައުންޓަ ޓެރަރިޒަމްގެ ޑައިރެކްޓަ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ. ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ތަފާތު އެކި ހާދިސާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ މިއަދުގެ ހާލަތާއި މަސްރަހާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް އޭނާ ވާހަކަ ދެއްކެވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ވާޖިބު ހަނދާންކޮށްދޭން ބޭއްވި ޖަލްސާގައި މަންސޫރުގެ ވާހަކަ ސިފައިން އަޑުއަހަނީ. -- ފޮޓޯ: އެމްއެންޑީއެފް
ސިފައިންނަކީ ކޮންމެ ފަދަ ދަތި ހާލެއްގައި ވެސް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ފަސްނުޖެހި ގައުމުގެ ދިފާއުގައި ތެދުވަން ތިބި ބަދަހި ލަޝްކަރެއް ކަން ޒަކަރިއްޔާ މަންސޫރު ހަނދާންކޮށްދެއްވި އެވެ.
ޒަކަރިއްޔާ މަންސޫރު ސިފައިންނަށް ނަސޭހަތް ދެއްވަނީ. --ފޮޓޯ: އެމްއެންޑީއެފް
"ގައުމުގެ އެތެރެއިންނާއި ބޭރުން ގައުމަށް ކުރިމަތިވެދާނެ ކޮންމެ އުދުވާނަކަށް ފާރަވެރިވެ ދީނާއި ގައުމުގެ ހައްގުގައި ފުރާނައިން ގުރުބާންވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއް ކަން ސިފައިންނަށް ހަނދާން އާކޮށްދެއްވާފައިވެ އެވެ،" ޖަލްސާއާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ވެބްސައިޓުގައިވެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ސިފައިންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާ ނިންމާލީ ހާއްސަ ދުއާއަކުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބާރު
26 August 2016
ތި ސިފައިންގެ ތެދުވެރިކަމެއް ގައުމަށް ހުރިއްޔާ އިނގޭނެތާ!؟ ރައްޔަތުންގެ ބައިތުލްމާލުން މުސާރަނަހައިގެން ބަޔަކުބުނާހާގޮތަކަށް އުޅޭނީތޯ، ރައްޔަތުންގެ މަންފާއަށް ތެދުވާނީތޯ، މި ގައުމު މިހާލަުތުގަ، ކޮރަޕްސަނަށް މަގުފަހިވާގިތައްބާއްވާނީތޯ!؟ ހެވިފަބަލަންތިބޭނީތޯ!؟
ނެޝަނަލިސްޓް
25 August 2016
އެއީ އެމީހުން ކުރަން ހުވާކޮށްގެން ތިބި ކަމެއް! ހަދާން ކޮށްދޭން ޖެހޭ ކަމެއް ނޫން!
ހަސަނު
25 August 2016
މިސާލަކަށް، ގައުމާ ރައްޔިތުންގެ މުައްސަނދިކަން ބޭރު މީހުންނަށް ވިއްކާލާ، އެ ފައިސާ އަމިއްލަ އެކައުންޓަށް ލާ، ގާތް ތިމާގެ މީހުންނަށް ބަހާ، އެކަމާ ބަސްބުނ ާމީހެއްގެ ވެއްޖެއްޔާ ދުވަސް ދުއްވާލުމަކީ އުދުވާނަކަށް ނުވާނަމަ ދެން އެ އުދުވާނެއް ނާންނާނެ... ގައުމު ވިއްކާލާފަ އެ ލާރިކޮޅު ކާލުން އެއީ ޕޯޗުގީޒުން އެރިއަސް ކުރާނެ ކަންކުރާނެ ގޮތް....
ޒީމް
25 August 2016
ހަމަ ސާބަސް، ދިވެހި ޤައުމުގައި ސިފައން ތިބީ 2012ފެބުރައރީގެ ފަހުން މިދުނިޔެ ދެކިފަ ތިބި ބަޔަކީމުތާ؟ އާނ ފަހެ މިހިރަ މިހިރަ ޖަލްސާ ތަކަކީ ބަޔަކަށް ޔުނީފޯމެއް ލާނެގޮތާއި އެލާގެން ކުރާ ކަމަކާއި، އެކަމެއް ކުރުމުން ލިބޭ މަތިވެރި އަބުރަކާއި، އެއަބުރު އަތްދަޑި މަތީގައި ބާއްވާނެ ގޮތްތައް އޮޅުފިލުވައިދިނުމުގައި ހަސް ނެތިގެން އެޅިތޮފި ވެއްޓޭތީ ބާއްވާ ސައްލާ ކުރުމެއްތޯއެވެ..އަޖުމަުގެ ފުއި ރާބިތު ސުވާލުކުރަތެވެ..ބައްޕާއޭ ބައްޕާޢޭ،،އަޅެފަހެ ބުނެބަލާށޭ،،އިސްވެދެންނެވުނު ފެބުރުއަރީގައި ބައްޕަ ހުންނެވީ ކޮންތަނަކުތޯއެވެ؟
އާދަން ހުސެން
25 August 2016
ވާހަކައެއް އިވޭއިރަށް ތެޅިފޮޅިގަންނަނީ، އެކަށީގެންވާ، ދާއިމީ ސްޓްރެޓީޖިކް ނޭޝަނަލް ސެކިއުރިޓީ ޕްލޭނެއް ނެތުމާއި، ހަރުދަނާ ކޮމާންޑް ޗެއިން އެއް ނެތުމުން. ގައުމަކަށް އެހެން ގައުމެއްގެ އަސްކަރިއްޔާއިންދޭ ހަމަލާއަކުން ދިފާއުވާން ހެދިފަ އޮންނަ ޕްލޭންތަކާއި، އެގައުމެއްގެ ސިޔާސީ ހަރަކާތުގެ ތެރެއިން އޭރަކު އޮންނަ ސަރުކާރަކަށް މެދުވެރިވާ އުނދަގޫތަކާ މިއީ ވަރަށް ތަފާތު ދެކަމެއް. ދުނިޔޭގެ އެއްވެސް ގައުމެއްގެ ޑިފެންސް ފޯސް އެގައުމެއްގެ ސިޔާސީ ކަންކަމުގެ ތެރެއިން ހިންގޭ ކަންކަމުގެ ތެރެއިން ގައުމުގެ އެތައް ތަނަކަށް ބޮޑެތި ގެއްލުންތަކެއް ވާގޮތްމެދުވެރިވެ ފުލުހުންނަށް ބެލެހެއްޓޭ ވަރަށްވުރެ ބޮޑު ނުވާހާ ހިނދަކު އޭގެ ތެރެއަކަށް ވަދެ ނޫޅޭނެ. މިއީ 21 ވަނަ ގަރުނު. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގޮސް ކުދި ގައުމު ތަކާ ހަމަޔަށް މިބާވަތުގެ ކަންކުރާ ގޮތާ ޕޮލިސީ ތާއަބަދު މިދަނީ ފެންނަމުން. ހަމަ ގައިމުވެސް މިގައުމުގެ ދިފާއީ މަސައްކަތުގައި އުޅޭ މީހުންނަށްވުރެ ބޮޑަށް ގިނަ އާންމުންގެ މިބާވަތުގެ މައުލޫމާތު މުއްސަނދިކަމުގަ ދެކެން. ނޮވެމްބަރު 3، 1988 ގަވެސް ނޭގުނު، މިއަދުވެސް އެނގޭހެން ހިޔެއްނުވޭ. ގައުމެއްގަ އެންމެ ބާރުގަދަ ފަރާތަކީ އެގައުމެއްގެ ރައްޔިތުންކަން ނޭގޭހާ ހިނދަކު ބެލެވޭނީ ނޭގޭ ކަމުގަ. ދިފާއީ ބާރުގަ ތިބީވެސް ރައްޔިތުން، އެހެން ނަމަވެސް ތިޔަބައިމީހުންގެ މުއައްސަސާ އުފައްދާ މީހުން އެތަނުގަ ޚިދުމަތް ކުރުމުގެ ފުރުސަތު ހުޅުވީ، ވަކި ހަމަތަކެއްގެ މަތީން، ޖުމްލަކޮށް ހުރިހާ އެންމެން އެއްބަސްވެފަ އޮތް ގާނޫނުތަކާ ގަވާއިދުތަކެއްގެ ތެރެއިން ރައްޔިތުން ބޭނުންވާ ގޮތަށް ތިޔަ މުއައްސަސާ ހިންގަން. ހަމަ އެންމެ ކުޑަ ހިނދުކޮޅަކަށްވެސް ވަކި ވަކި ފަރުދުން ތަކެއް އިސްކޮށް އެބައިމީހުންނަށް ވާގިވެރިވާ ބަޔަކަށް ވާކަށްނޫން. އެކަން ނުވިސްނޭހާ ހިނދަކު ހަމަ ބެލެވޭނީ ގާބިލު ނޫންކަމުގަ.
އުދުހޭ
25 August 2016
ދައުރެއްގެ މެދުތެރެއިން ވެރިކަން ގާނޫނާ އެއްގޮތަށް ބަދަލުކުރެވޭނެ ގޮތް ގާނޫނުއަސާސީގައި އެބައޮތެވެ. ގާނޫނޫއަސާސީއާ އެއްގޮތްތަށް ކުރާ ކަންކަމަށް ފުލުހުންނާ ސިފައިންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހެއެވެ. މިގައުމަކީ ޔާމީނުގެ ނުވަތަ ނަޝީދު ގައުމެއްނޫނެވެ. އެންމެންގެ ގައުމެކެވެ. ތަބާވާންވާނީ ވަކި މީހެއްގެ އެޖެންޑާއަކަށް ނޫނުވެ، ގައުމީ އެޖެންޑާއަށެވެ.
ބެރު
25 August 2016
ތިލަޝްކަރު ތެރޭގަތިބި ރައްޔަތުން ބަލައިނުގަންނަ ބައިގަނޑު ބޭރުކޮއްފަ ދެން ޖަލްސާބޭއްވީމަރަނގަޅުވާނީ
މަށިބެ
25 August 2016
އަސްލު ވަރަށް ހިނި އާދޭ އެތަށް ފައިސާއެއްގެ ޙިޔާނާތެއް ހިގައި ދިޔައިރު ރައްޔިތުން އެކަމާ މާބޮޑަށް ވާހަކަ ނުދައްކައި ތިބީމަ ޤައުމުގެ ވެރިން މީހީކުރަނި "ޔުނިވަލްސިޓީ"ގެ ދަސްވެރިންގެ ޖަލްސާތަކުގަ މާފަށުއި އިބާރާތް ތަކުން "ޤައުމޭ" ޞޮއީފް ދިވެހިނޭ ކިޔާފަ ވާހަކަ ދައްކާލީމަ ދިވެހިން މޮޔަހެއްދޭނެ ކަމަށް ދޮއްތޯ؟ ނުވާނެ އިގޭތޯ 5 މިލިޔަން ޑޮލަރުގެ "ޕޭޔާރ" އާދިމާޔަށް ސާފް ކޮށް އެމް.އެމް.ޕީ .އާެރު.ސީ ޖަހާފައި އޮށްވާ މިލީނިއަމް ކިޔާ ކުންފުންޏަކަށް އެ ޗެކް ޖަމާކުރެވޭނީ ކިހިނެއްކަން އެމް ،އެމް ،އޭ އަށް ނޭގުނަސް ރާއްޖޭގެ ލޮބޮވެތި މަސްވެރިންނާއި ދަނޑުވެރިން ދަންނާނެ އިގޭތޯ އަދި ހުވާކޮށްގެން ތިބި ސިފައިންވެސް ދަންނާނެ އަދި ސުނައިޕަރ ވެސް ދަންނާނެ އިގޭތޯ!!!
ޑޫޑް
25 August 2016
ހީކުރަން މި ހުދުމުހުތާރު ވެރިކަމުގެ ކޮރައްޕްސަން އައި ފަސާދާ ހިމާޔަތް ކުރަން ނުތެދުވާނެކަމަށެވެ. އަދި މި ހުދުމުހުތާރު ވެރިކަމަށް ވުރެ ޤައުމު އިސް ކުރާނެ ކަމަށް އުއްމީދު ކުރަމެވެ.
ގަބޭ
25 August 2016
ތީ ގައުމު ދިފާއު ކުރަން ހަނދާންކޮއްދޭން ބާއްވާ ޖަލްސާއެއްނޫން ސިފައިންގެ ބޮލަށް ޗިޕްޖަހަން ބާއްވާ ޖަލްސާއެއް. ސިފައިންނަށް ވިސްނާދޭން އުޅެނީ ސިފައިންނަކީ ވެރިކަން ދިފާއުކުރަން ތިބޭ ބައެކޭ. ސިފައިންނަށް ވެރިކަން ދިފާއުކުރަން ޖެހޭނީ އެހެން ގައުމެއްގެ ބަޔަކު ގައުމާ ހަނގުރާމް ކުރަން އަންނަނަމަ. އެވެސް، ގައުމާ ރައްޔިތުން ދިފާއުކުރުމުގެ ބޭނުމުގަ. ކޮންމެހެން ވެރިކަން ދިފާއުކޮއްދޭކަށްނޫން.