އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ 25 ކުންފުންޏަކަށް ދީފި

ކުރިއަށް އޮތް ދެ އަހަރަށް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ 25 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.


އެ މިނިސްޓްރީން މިިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއް ގައި ބުނީ އާ އުސޫލުގެ ތެރެއިން އުމްރާ އަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަދީފައިވާ ކަމަށެވެ. އެގޮތުން، ހުށަހެޅި ޕްރޮޕޯޒަލްތައް ބެލުމަށް ފަހު ހުއްދަ ދިން 25 ކުންފުނި ވަނީ އާންމުކޮށްފަ އެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަދީފައިވާ ކުންފުނިތައް:

1) މޯލްޑިވްސް ހައްޖު ކޯޕަރޭޝަން.

2) ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް.

3) މުސާފިރީން ޕްރައިވެޓް ލިމިޓެޑް.

4) ކަމަނަ އަލް ހައްޖު ވަލް އުމްރާ.

5) ތައިސީރު ޓްރެވެލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް.

6) އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް.

7) އޭކްރޯ ޕްރައިވެޓް ލިމިޓެޑް.

8) ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް.

9) ނަވާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް.

10) ޓްރެވެލް ހައްޖު އެންޑް އުމްރާ.

11) އަލް ހިޖްރަ ޓްރެވެލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް.

12) ޒައީ ގްރޫޕު ޕްރައިވެޓް ލިމިޓެޑް.

13) ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕު ޕްރައިވެޓް ލިމިޓެޑް.

14) އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް.

15) އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

16 އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

17) އަލްޢައިން ޓްރެވެލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް

18) ޒަމްޒަމްއެޗް އެންޑް ޔޫ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް.

19) ހިޖާޒް ޕްރައިވެޓް ލިމިޓެޑް.

20) ދަރުމަލިލް ހައްޖު ވަލް އުމުރަތި.

21) މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް.

22) ލަބިނާ ޕްރައިވެޓް ލިމިޓެޑް.

23) ތަވައްކުލް ޕްރައިވެޓް ލިމިޓެޑް.

24) ގިބްލް ހައްގު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް.

25) އަލް ސަފާ ޕްރައިވެޓް ލިމިޓެޑް.

އުމްރާ އަށް ދާ މީހާ އާއި އުމްރާ އަށް ގެންދާ ކުންފުނި ހިމާޔަތްވާ އުސޫލެއް މިނިސްޓްރީން ހަދާފައިވަނީ، އުމްރާ އަދި ހައްޖަށް މީހުން ގެންދިއުމުގައި ބޮޑެތި މައްސަލަތަކެއް ފެންމަތިވާން ފެށުމުންނެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހު އަސްކޮއި ހައްޖު، އުމްރާާ ގްރޫޕަށް ބަޔަކު ވަގު ޓިކެޓުތަކެއް ވިއްކި މައްސަލައެއް ފަޅާއަރައިފަ އެވެ. އެ ގްރޫޕަށް ވަގު ޓިކެޓު ވިއްކި ޑީބީ ޓްރެވަލްސްގެ ވެރިޔާ އާއި މުވައްޒަފަކު ފުލުހުން ހައްޔަރުކުރި އެވެ.

މީގެ ކުރިން، 2012 ވަނަ އަހަރު ގްރޫޕަކުން މީހުން ހައްޖަށް ދާން އުޅުނު 175 މީހަކަށް ފުރޭގޮތް ނުވެ 12 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އަލް ފަތުހު ހައްޖު ގްރޫޕާ ގުޅިގެން 2014 ގައި ހައްޖަށް ދާން އުޅުނު 125 މީހަކަށް ވެސް އެގޮތަށް ލަނޑު ލިބިފައި ވެ އެވެ.

އާ އުސޫލުގައިވާ ގޮތުން އުމްރާގެ އަޅުކަމަށް ފުރާ މީހާ އާއި އުމްރާއަށް ގެންދާ ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރަންޖެހެ އެވެ. އެ އެއްބަސްވުމުގައި ދަތުރުގެ ޖުމުލަ އަގާއި ފޯރުކޮށްދޭ ހިދުމަތްތައް ލިޔެފައި ހުންނަންޖެހެ އެވެ. އޭގެ އިތުރުން އުމްރާވެރިން ސައޫދީ އަރަބިއްޔާއަށް ދިއުމަށް ފަހު ކުރާ ކޮންމެ ދަތުރެއްގައި އެ މީހުންނަށް ޒިންމާވާނެ މީހަކު ގްރޫޕުގައި ހުންނަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.