އައްޑޫގައި ޒަހަމްކޮށްލި ބިދޭސީއަކަށް އައިސީޔޫގައި ފަރުވާ ދެނީ

ރޭ ފަތިހު، އައްޑޫ ހިތަދޫގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ޒަހަމްކޮށްލައިފި އެވެ.


ފުލުހުން ބުނި ގޮތުގައި ރޭ ފަތިހު 4:00 ހާއިރު ބަޔަކު ހަމަލާ ދީފައި ވަނީ ހިތަދޫގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އިންޑިއާގެ ފިރިހެނަކަށެވެ. އޭނާ އަށް ހަމަލާ ދީފައި ވަނީ ބައިސްކަލެއްގައި އެ ރަށުން ބޮޑުމަގުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ހާމައެެއް ނުކުރެ އެވެ.

ބިދޭސީ މީހާގެ މޫނަށާއި ބޮލަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދެމުން އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހިގީގު ކުރަމުންނެވެ.