އެތެރެ ކުރަން އުޅުނު ބުދުތައް އަނބުރާ ފޮނުވާލައިފި

އިއްޔެ ރޭ އިންޑިއާ އިން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ބުދު އެ ގެނައި މީހުންނާ އެކު ފޮނުވާލައިފި އެވެ.


ކަސްޓަމްސް އިން ބުނި ގޮތުގައި ވައިގެ މަގުން އައި، އިންޑިއާގެ ތިން އަންހެނަކާއި ފިރިހެނެއްގެ އަތުން ސައިޒްގެ 28 ބުދު ފެނުނު ކަމަށެވެ.

އަޅުކަންކުރަން ގެންގުޅޭ ބުދު ރާއްޖެ އަށް އެތެރެކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އަށް ގެނައުން ހުއްދަ ނޫން ތަކެތި ގެނެސްފި ނަމަ އެ އެއްޗެއް ގެނައި މީހަކާ އެކު އެ ތަކެތި، ކަސްޓަމްސްގެ އާންމު ގަވައިދުގެ ދަށުން ފޮނުވާލެވޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް ބުދު އެތެރެކުރުމުން ހިފަހައްޓާފައިވެ އެވެ.