ކާރަކުން ފެނުނު މަސްތުވާތަކެއްޗާ އެކު ތިން ބިދޭސީ އަކު ހައްޔަރުކޮށްފި

މާލޭގައި މިރޭ ދުއްވާފައި ދިޔަ ކާރަކުން ފެނުނު މަސްތުވާތަކެއްޗާ އެކު ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި އެވެ.


ކާރެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު މިރޭ 8:00 ހާއިރު ލިބުމުން، އެ ކާރު ހުއްޓުވައި ފާސްކުރިއިރު، އޭގެ ފަހަތު ސީޓުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 21، 25 އަދި 28 އަހަރުގެ ތިން މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މާލޭގައި ހިންގާ ޑްރަގް އޮޕަރޭޝަންތަކުގައި އެއްފަހަރާ ގިނަ ދިވެހިންތަކެއް ވެސް ދަނީ ހައްޔަރު ކުރަމުންނެެވެ.