ފޭދޫގައި ސައިކަލެއްގައި ރޯކޮށްލައިފި

އައްޑޫ ފޭދޫގައި ރޭ ފަތިހު ސައިކަލެއްގައި ރޯކޮށް، ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެވެ.


ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފޭދޫ ބޯޅަދަނޑު ސަރަހައްދަށް ފަތިހު 4:50 ކަންހާއިރު ދިޔައިރު އެތަނުގެ ކައިރި ގެއެއްގެ ތެރޭގައި ޕާކްކޮށްފައި ހުރި ސައިކަލެއް މަގުމައްޗަށް ނެރެ އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަަރަށް އަނދާފައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފަހަަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ސައިކަލްތަކުގައި ދޭތެރެދޭތެރެއިން ރޯކޮށްލާފައި ވެ އެވެ.