ވާރޭ ނުވެހޭތީ ހޯމަ ދުވަހު ރާއްޖޭގައި އިސްތިސްގާ ނަމާދު ކުރަނީ

ރާއްޖެއަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުން މުޅި ރާއްޖޭގައި އަންނަ ހޯމަދުވަހު އިސްތިސްގާ ނަމާދުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.


އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އަންނަ ހޯމަ ދުވަހުގެ މެންދުރު ނަމާދަށް ފަހު އިސްތިސްގާ ނަމާދު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

މާލޭގައި އެ ނަމާދު ކުރާނީ އިސްލާމީ މަރުކަޒުގަ އެވެ. ރަށްރަށުގައި އެ ނަމާދު ކުރާނީ އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްތިސްގާ ނަމާދަކީ ފެނަށް އެދި ކުރާ ސުންނަތް ނަމާދެކެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގައި ވެސް އިސްތިސްގާ ނަމާދުކުރެ އެވެ.