ބަންގްލަދޭޝް މީހާގެ ގަޔަށް ވަޅިޖެހި ސަރަހައްދު.-- މިހާރު ފޮޓޯ
މާލޭގައި މިރޭ ދެ ބިދޭސީއަކު މާރާމާރީ ހިންގައި ދެ މީހަކު ޒަޚަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ، ސަލްސާ ރޯޔަލް ރެސްޓޯރަންޓު ކައިރިން ބަންގްލަދޭޝްގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލަދީފައި ވަނީ 10:30 ވާން އުޅެނިކޮށް ކަމަށެވެ. އަދި އަނިޔާވި މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު ހަމަލަދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހަމަލަދިނުމަށް ފަހު، ދުވެފައި ދާ ތަން ފުލުހުންނަށް ފެނިގެން ފަހަތުން ދުވެފައި ގޮސް އޭއެމްޑީސީ ކައިރިން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި ޒަޚަމްވި އުމުރުން 25 އަހަރުގެ މީހަކަށް އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މާރާމާރީގައި ޒަޚަމްވި އިތުރު މީހަކަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ތަފްސީލެއް އަދި ނުލިބެ އެވެ.
މަންޒަރު ދުށް މީހަކު ބުނިގޮތުގައި، ވަޅި ޖަހާފައި ވަނީ މޭގެ ކަނާތް ފަރާތަށެވެ. އެތަނުން ވަރަށް ގިނައިން ލޭ އައިސްފައި ހުރި ކަމަށް އެމީހާ ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އިންސާފުދޮހޮއްކޮ
28 April 2019
ކިތައްމެ ދަންވަރުވެސް ބަންގާޅިން ކަންކަންމަތީ ތިބެ ގަދަ ޒުވާބުކޮށް ހަޅޭއްލަވައި ހަދާ އެއުޅެނީ ހީވަނީ އަމިއްލަ ރަށުގަވެސް ނުލިބޭ މިނިވަންކަމެއްގަ އުޅޭހެން ، ދަޅު ފުޅި ބޮއެފަ އެއްލާއެލަނީ އަތްދަމާފަ މަގުމައްޗަށް އެތަކެތި ނަގާ ސާފުކުރަން އެއަންނަނީ ދިވެހި ދެބައިއުމުރުގެ އަހަރުމެންގެ ދައްތައިން ..ދެން ލަދު ކޮބައިތޯ އަހަރުމެންގެ އަދި ގުރުއާން ކިލާސްތަކުގެ ބުޑުގައި ތިބެގެން ސިގިރެޓް ބޮއި ދުން އެބުރުވަނީ ތުއްތުކުދިންގެ މޫނަށް ދެން އެޖަހަނީ ކުޅު
ބައްޓޭ
27 April 2019
ކޮބާ ޓްވިޓަރގަ އުޅޭ ދިވެހި ހިޔުމެނިޓޭރިއަންސްތައް .. ބިދޭސީންގެ ހިމަޔަތުގައި އުޅެ ފަރާތްތައް
ކަނބާއައިސަާ
27 April 2019
މިއީ އެއްވެސް ސަރުކާރަކަށް ނުކުރެވޭނެ ކަމެއް ބިދޭސީން ރާއްޖެއިން ބޭރުކުރަން ޖެހޭ. މިކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް މިވަނީ ފޯރާފަ ބިދޭސީން މަގުތަކުގައި ގިނަވެފަ. ޕޭމަންޓް މަތިން ހިނގާ އަންހެނުންގެ ގައިގާ އުނގުޅޭ މީހުންނާއި. ދެން މިހެން ކިޔާނެކަމެއް ނެތް. ޒިކުރާ މިސްކިްތ ކައިރިއަށް ޖަމާވާ 40 ހަކަށް ބަންގާޅީން ހައްޔަރުކުރެވުމުން މިކަން އެ ހިސާބުން ނިންމޭކަން ނެތް އެއަށްވުރެ ސީރިއަސް މައްސަލައެއް މިއީ.
ހަސަން ނުވަވަނަ
27 April 2019
އަމާން ޖަޒީރާ ޔިންޑިއާ ރާއްޖެ. ކޮބާ މިވެރިކަމުގެ މާރާމާރީއާ މަރުތަކުގެ ސްޓެޓިސްޓިކް ޖަހާލާކަށް ނުކެރޭދޯ. އެޖެންޑާ 19 ތަފާތުވާނެ
ކޮއްކޯ
27 April 2019
ވަރަށް ފުންކޮށް ވިސްނައި ދުރާލާ ފިޔަވަޅު ނާޅައިފިނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ. މިއީ ދުނިޔޭގެ މިސާލު. ވަރިހަމަ ކޮށްލައިގެން ލައްކަދުވަހު ތިބެވިއްޖެ. މިހާރު އަވަށްޓެރި ހިސާބުން އެހެރަ ފެންނަނީ ހިތްދަތި މަންޒަރު. މިއީ އެންމެންވެސް ވަރަށް ފުންކޮށް ވިސްނަން ވެއްޖެކަމެއް. ރާއްޖެއަކީ މާކަގިނަ ވަސީލަތްތަކެއް ލިބިފައިވާ މުއްސަނދި ގައުމެއް ނޫން. ލިބޭ އެއްޗެއް މިލިބެނީ ޓޫރިޒަމުން. ވިސްނަމާތޯ؟ ވިސްނަމާތޯ؟ ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ނުދަނީސް ހުއްޓުވާ!
ނެޓު
27 April 2019
ބަންގާޅީން އެތެރެވުން ނުހުއްޓުވޭނެ ، އެމީހުން ބޭނުންގޮތަކަށް މިގައުމުގަ އުޅެވެން އެބައޮތްވިއްޔަ މިހާރު ބަންގާޅިންގެ އަތްދަށުގައި އެބަހުރި މާލޭގެ ބޮޑެތި ކޮށިކޮށި ހަމައެކަނި އެމީހުން ދިރިއުޅޭ. ރާއްޖޭގަ ފަޅުރަށެއްވެސް ނެތް ބަންގާޅިން ނޫޅޭ
ކޮއްކޯ
27 April 2019
މިނިސްޓަރުންގެ ކާރުކޮޅުގެ ޑްރައިވަރުންނަކީ ވެސް ބޭރުމީހުން. ކޮން ގައުމެއްގައި ކުރާނެ ކަމެއްތޯ؟ ސަލާމަތީގޮތުން ވަރަށް ނުރައްކާތެރިކަމެއް. ވައްސަލާމް!
ނޫސް ބަލާމީހާ
27 April 2019
މިއަދުން މުއަދަށް ޑީޕޯރޓް ކޮށްލަދީބަލަ. އެއްތަޙްޤީޤެއްވެސް ކޔރާނެ ކަމެއް ނެތް
މުލޭ
27 April 2019
އޭރުން މާދަމާ އަންނާނެ އެހެން ޕާސްޕޯޓެއްގައި އެހެން ނަމެއްގައި. ޢުމުރަށް ޖަލަށް ލާންޖެހޭނީ. އޭނަކުރާ މަސައްކަތަކުން ލިބޭ އުޖާރައަކުން ކާންވެސް ދޭނީ.
ރައްޔިތުމީހާ!
27 April 2019
ހާދަހާ ރަޙުމެއް ނެތޭދޯ. އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތް. ހެޔޮނުވާނެ ތިގޮތަށް މައުސޫމު އިންސާނުންނަށް ގެއްލުން ނުދީބަލަ. އިންސާނާގެ ފުރާނައަކީ ހާދަހާ އަގުހުރި އެއްޗެކޭ.
ޢަލީނޫރައްދީން
27 April 2019
ބިދޭސީން ވަރަށް ކުރީގަ އުޅެނީ. ޙޯމްމިނިސްޓަރު ސްޓަންޓް ޖައްސަވަން އުޅެނީ މަސްމާރުކޭޓުގައި ފޮޓޯ ނަގަން. އެމީހުން ކުރާ ވިޔަފާރި އޮތީ ކޮންޓްރޯލް ނުވާ ހިސާބުގައި.އަވަސް ހައްލު ބޭނުންވޭ މިކަމަށް.
ވަހީދު
27 April 2019
ރާއްޖޭގައި ޑްރަގް ވިޔަފާރީގައި ވެސް އިސްރޯލެއް މިހާރު ބަންގާޅު މީހުން އަދާކުރޭ. މީގައި އަދި ނުރައްކާތެރި ތަންކޮޅަކީ އެމީހުން ރާއްޖޭގައި އުޅޭކަމެއް، އެމީހުންގެ ނަމެއް ރަސްމީލިޔުމެއް ދިވެހި ސަރުކާރުގައި ނެތްކަން. މާދަން ރާއްޖޭގައި ބޮމެއް ގޮއްވާލިޔަސް، ނޫނީ ތަނެއްގައި ރޯކޮށްލިޔަސް ހޯދޭނެ ގޮތެއް ނެތްކަން.
ދޫވެހި
27 April 2019
ރާއްޖޭގައި ބިދޭސީން ގަވައިދާ ހިލާފަށް އުޅެއްފެށީ ކިހިނެއް ކޮށްތާރީހަކުން ކީންވެތޯ ކުރީގެ މިނިސްޓަރ ( މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ސޯޝަލް ސެކިއުރިޓީ އެންޑު ލޭބަރ އޮތޯރިޓީ ) އާއި ސުވާލު ކުރައްވަބައްލަވާ؟ އެ ނަންބޯޑު ފުޅާވެފަ ދިގުވީމާ ވީގޮތަކަށްވެސްވުން އެކަށީގެންވޭ.