ލ.ގަމު ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ލ. ގަމުގެ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.


އެމްއެންޑީފުން ބުނީ ލ.ގަމު ދުންފިނިއާގޭގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 12:58 ގައި ކަމަށާއި އެ ގޭގައި ރޯވި އަލިފާން 1:50 ހާއިރު ނިއްވާލެވިފައިވާ ކަމަށެވެ.

އަލިފާން ރޯވި ގެއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގޭގައި ރޯވެ ގެއްލުންވެފައި

ގަމުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެތަކެއްގައި ރޯވި ކަމަށް ވެސް އަޑު ފެތުރުނެވެ. ނަމަވެސް އެމްއެންޑީއެފުން ބުނީ ރޯވީ ދުންފިނިއާގޭގައި އެކަނި ކަމަށެވެ.