މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ޕެނަލިސްޓުން -- ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭގެ ސިޔާސީ މާހައުލުގައި ނޫސްވެރިކަމުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރަން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ޕެނަން ޑިސްކަޝަނެއް މިއަދު ބާއްވައިފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމެރިކަން ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ތިން ބޭފުޅަކު ބައިވެރިވި އެވެ. އެއީ "ރިޕޯޓާސް ވިތައުޓް ބޯޑާސް"ގެ ރާއްޖޭގެ ކޮރެސްޕޮންޑެންޓުގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު ޖުނެއިދު އާއި "ދި އެޑިޝަން" ގެ އެޑިޓަރު ރައި މުނައްވަރާއި "މިނިވަން ރޭޑިއޯ" ގެ ކޮރެސްޕޮންޑެންޓް އައިޝަތު އާނިޔާ އެވެ.
ޖުނެއިދު ވިދާޅުވީ ނޫސްވެރިކަން ކުރިއެރުވުމަށާއި އެ މަސައްކަތްކުރާ މީހުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރަން ނޫސްވެރިންނަށް ހާއްސަ ޔޫނިއަނެއް އޮންނަން ޖެހޭ ކަމަށެވެ. ޔޫނިއަނެއް އުފައްދައިފި ނަމަ ނޫސްވެރިކަމުގެ ސްޓޭންޑަޑްތަކާއި އެތިކްސް ހިފެހެއްޓި ނިއުސްރޫމެއްގެ ތެރޭގައި ދިމާވާ ކަންކަމަށް ހައްލެއް ހޯދަން ވެސް މަސައްކަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކަން ސެންޓަރުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/މިހާރު
ގާނޫނުގައި ހައްގުތައް ޔަގީންކޮށްދީފައިވީ ނަމަވެސް، ރާއްޖޭގެ މާހައުލް އޮތް ގޮތާއި ވިސްނުން ހުންނަ ގޮތުން ވަރަށް ގިނަ ނޫސްވެރިން އަމިއްލަ އަށް ސެންސަރު ކުރާ ކަމަށް ބައެއް ބޭފުޅުން ފާހަގަކުރި އެވެ. ނޫސްތަކަކީ އިޝްތިހާރުގެ އެހީގައި ހިންގާ ވިޔަފާރިތަކަކަށް ވުމުން، ބޮޑެތި ކުންފުނިތަކާ މެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުނަސް ނޫސްވެރިންނަށް އެކަން ރިޕޯޓްނުކުރެވޭ ތަން އަންނަ ކަން އާނިޔާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ހިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިނުގަނެ ނަފްރަތުގެ ބަސްތައް ނުވަތަ "ހޭޓް ސްޕީޗް" މަނާކުރަން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޢަލި
04 May 2019
ތީގަ ފޮޓޯތަކުން ފެންނަ ގިނަ މީހުންނަކީ ތިމާ މެން ކުރާ ކަންކަމާ ބުނާ ބަހަކީ ހަމަ އެކަނި މިނިވަންކަން ކަމަށް ގަބޫލު ކުރާ މީހުން. ޢެހެން ބަޔަކު އެއްޗެއް ބުނެފިއްޔާ ހަޖަމެއް ނުވާނެ. ފާޑުފާޑު އެންޓި ކެމްފެއިން ޖައްސާނީ. ދެން ތިހެން ބާއްވާ އެއްޗަކުން ދޭހަވަނީ އެހެން މާނައެއް.
ފާނު
04 May 2019
ލާދީނީ ކޮންމެ ވާހަކައެއް ވާނީ ހޭޓްސްޕީޗަކަަށް...
ހިގޮ
04 May 2019
އާނިޔާ ގެންނަން އުޅޭ ނޫސްވެރި ކަން ރައްޔިތު ދަނޭ އެޔެއް ބޭނުމެއްނޫން...
ކުޑަ ނަސީރު
04 May 2019
ސިރިޔަސްލީ، ހަމަ އާނިޔާތަ؟ ތިއޮތީ ނޫސްވެރިކަން މިނިވަންވެފައި... ޕަކާސް
ފުވައްމުލަކު ހިސާމް
04 May 2019
އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ނޫސްވެރިކަމެއްނޫން. އެއީ މުރުތައްދުވުން
މެހި
04 May 2019
ރޯދަމަސް ކުރިއަށް އޮތީމަ އެއްޗެއް ބުނާކަށް ނެތީން....މް