ހުޅުމާލޭގައި، އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓުވެއްޖެ

ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކުން ކާރެއްގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.


މިއަދު މެންދުރު ހިނގި އެ އެކްސިޑެންޓުގައި، ހުޅުމާލޭގައި ދުއްވާ އެމްޓީސީސީގެ ބަހުން ކާރުގައި ޖެހުމުގެ ސަބަބުން ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުނު ލިބިފައިވާއިރު، ބަހުގެ ކުރީކޮޅުގެ ބައެއް ވެސް ވަނީ ހަލާކުވެފަ އެވެ.

އެމްޓީސީސީގެ ބަހަކުން ޓެކްސީއެއްގައި ޖެހި، އެކްސިޑެންޓެއް ހިނގިއިރު މިދިޔަ ހޯމަ ދުވަހު އެ ކުންފުނީގެ ބަހެއްގެ ދަށުވެ، ޔޫކްރެއިންގެ އަންހެނަކު ވެސް ހުޅުމާލޭގައި ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގީ ބަސް ދުއްވަން އިން ޑްރައިވަރު ނިދި ޖެހިފައި އިނދެ ދުއްވަނިކޮށް ކަމަށް ވެ އެވެ.

އެ މައްސަލައިގައި އެ ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި، އެ ދިވެހި ޑްރައިވަރުގެ ތަހުގީގަށް ބަންދުގައި އިތުރު ހަތް ދުވަހު ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ. އެގޮތަށް ނިންމީ އެ ޑްރައިވަރު ބަންދުގައި ބަހައްޓަން ކުރިން ކަނޑައެޅި ތިން ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓަށް ގެންދިއުމުންނެވެ.