މަޖިލީހުގެ އާ އިމާރާތް
ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އާ އިމާރާތުގެ މަސައްކަތް، ހަވާލުކުރިތާ ހަތް އަހަރު ފަހުން ނިންމައި މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި އެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ އާ އިމާރާތް މަޖިލީހާ ހަވާލުކުރީ އޭޕްރިލް 10 ގައި ކަމަށާއި އެ އިމާރާތް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އާ އިމާރާތް ބޭނުންކުރަން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި އެ އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ނެޓްވޯކް އެޅުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.
ޒިޔާއު ވިދާޅުވި ގޮތުގައި އާ އިމާރާތް ބޭނުންކުރަން ފެށުމުން މަޖިލީހުގެ މަސައްކަތަށް ބޮޑު ފަސޭހައެއް ވެގެން ދާނެ އެވެ. އެގޮތުން ކޮމިޓީ ތަކުގެ ބައްދަލުވުންތައް ބޭއްވުމަށާއި މެމްބަރުން ބާއްވަން ޖެހޭ އެކި ބައްދަލުވުންތަކަށް އެތައް ގުނަޔަކަށް އިތުރު ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ އިމާރާތް ބޭނުން ކުރަން ފަށާނެ ތާރީހަކާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
"އިމާރާތުގެ މަސައްކަތް ނިމި ހަވާލު ކުރި ނަމަވެސް މަޖިލީހުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އަދި އެބަހުރި، ފަރުނީޗަރު ހޯދުމާއި ނެޓްވޯޓް އެޅުން ފަދަ ކަންތައްތައް އަދި ކުރަން ޖެހޭ. ފަރުނީޗަރު ގަތުމުގެ ކަންތައް ޓެންޑާ ބޯޑުން ކުރިއަށް އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އާ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންޓްރެކްޓާސް (އާރްސީސީސީ) އާ ހަވާލުކުރީ 2011 ސެޕްޓެމްބަރު 14 ގަ އެވެ. ނަމަވެސް އެކި ސަބަބު ތަކާ ހެދި އެ މަސައްކަތް ފެށުން އެތައް ދުވަހަކަށް ލަސްވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނޫސް ބަލާމީހާ
18 May 2019
ކުރާ މަސައްކަތާ އެކަށީގެންނުވާ ބޮޑެތި އިމާރާތްތަށްހަދަނީ ބެލެހެއްޓުމުގެ ޚަރަދުގެ ނަމުގައި ބޮޑެތި ފައިދާތައް ދަމައިގަންނަން. ނަހަމަ ފައިދާ ހޯދުމާއި ޢިސްރާފު
ޕްރޮޖެކްޓް
18 May 2019
ޢިމާރާތް ނުނިމި ލަސްވުމުގައި ކޮންޓްރެކްޓަރ ގެ އިހުމާލެއް ނުވާ ކަމަށް ޤަބޫލް ކުރަން. ޒިންމާ ނަގަން ޖެހޭނީ ސީދާ ޢަބްދުﷲ ޝާހިދު އާއި މަސީހް. އިރު އިރުކޮޅުން އެކި ބަދަލް ތައް ގެންނާނެ...
ހެއްތި
18 May 2019
ތަންހދާ ނިމުނުއިރު އެންމެ ކުޑަމިނުންތިޔަތާ މަސައްކަތް ކުރާމީހުންނަށްވެސް އެކށީގެންވާ ޕާކިނެއް ނެތް
ތަފްސީލު
18 May 2019
މިހާ ދުވަހުން މިތަން ނިންމީ ކޮންސަބަބަކާ ހުރެތޯ ސުވާލު ކުރަންޖިހޭނެ، 2011 އިން ފެށިގެން އިމާރާތް އެކުރަނީ ކޮންކަމެއް ނުވެގެންތޯ؟ ޗައިނާ ހިލޭ އެހީގައި ނޫންތޯ ފެށީ؟ އެކަމަކު ނިމުނީ 8 އަހަރު ފަހުން؟ އޭސީސީ އިން މިކަން ބަލަން ޖިހޭ!
ލައުރާ
17 May 2019
ޢަނެއްކާ މެންބަރުކަމުން ވަކިވާއިރު ތިތަނުން އެއްފުލޯ ހޯދަން ބިލެއް ނުވައްދާނެބާ ނުލާހިކު ފަގީރު ބައެއް އެއީ ދާގަނޑު ކެކުރިޔެއް ގަނެވޭވަރު މުސާރައެއް އަމިއްލަޔައް ފާސްކޮއްގެން ނަގައިގެންތިބި
އައިސް
17 May 2019
ކޮންމެ ބަޔަކު މި ބަލަނީ އެބައެއްގެ ޖާހަތު ބޯޑު ކުރަން. މުސާރަ ކައިގެން ކުރާ ކަމެއް ހަރާމް
ޙިނި
17 May 2019
މިތަނައް ކިޔަންވީ މަހުޖަނުންގެ މަޖުލީސް
ފަޒުލް
17 May 2019
ލަސްވުމުގެ ޒިންމާ ޝާހިދުވެސް މަސީހުވެސް ނަގަން ޖެހޭ...
އަލީރާޖާ
16 May 2019
2011 ސެޕްޓެމްބަރު 14 އިން ފެށިގެން މިތަން ހަދަނީ؟ ގަހެއް ހެން ފެންދީގެން ހައްދާ ބޮޑު ކުރި އިމާރާތެއްތޯ؟
ނަންހާމަ
18 May 2019
ކޮރަޕްޝަނުން ފުރިފައި އޮތް ތަނެއް!
ސަރީރާ
16 May 2019
ތިތަނުން ރައްޔިތުންނައް ފުލެޓްދީ..މަޖިލީހަކައް ބޭނުމެއް ނުވޭ ތި ލާރިފުނިގަނޑު..