ވިލިނގިލީގެ ގެއަކަށް ފެން ވަނުން ހުއްޓުވަން ބަސްތާ ޖަހާފައި: މިއަދު ހަވީރުން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައި.
ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގއ. ވިލިނގިއްޔަށް މިއަދު ހަވީރުއްސުރެން މެދު ނުކެނޑި ވެހެމުންދާ ވާރޭގެ ސަބަބުން އެ ރަށުގައި ފެންބޮޑުވެ، ގެތަކަށް ފެން ވަދެއްޖެ އެވެ.
ވިލިނގިލީ ކައުންސިލްގެ މެމްބަރު ލުގްމާން ނައީމް މިރޭ ވިދާޅުވީ ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެން ހިންދުމަށް ގާއިމްކޮށްފައިވާ ނިޒާމަށް އޮބި ނޯވެގެން ގޭގެއަށް ފެން ވަދެ ނަޖިސް ބޭރުވުން ފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށެވެ.
"މި ރަށަކީ ނަރުދަމާ އަޅާފައި އޮންނަ ރަށަކަށް ވާތީ ނަރުދަމާގެ ޕަމްޕް ސްޓޭޝަން ތަކުން މިހެން ބޮޑުވާ ފެން ވެސް ހިންދާ ގޮތަށް ހަދާފައި ހުރީ. ދެން މެދު ނުކެނޑި ހަތަރު ފަސް ގަޑި އިރު ވާރޭ ވެހުމުން ޕަމްޕްތަކުން ފެން ބޭރުކުރެވޭ ވަރެއް ނުވި. އެހެންވެ ނަރުދަމާއިން ނަޖިސް ވެސް ދަނީ ބޭރުވަމުން،" އޭނާ ވިދާޅުވި އެވެ.
ވިލިނގިލީގައި ފެން ބޮޑުވެފައި
ލުގްމާން ވިދާޅުވީ ވިލިނގިލީގައި ފެން ހިންދަން ފުލުހުންނާއި ރަށުގެ ރައްޔިތުންގެ އިތުރުން ރެޑް ކްރެސެންޓް ޖަމާއަތުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް އަދިވެސް ބޯކޮށް ވާރޭ ވެހެމުންދާތީ އެކަމުގައި މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސުމާ ބެހޭ އިދާރާ އިން ވަނީ ވ. އަތޮޅުން ފެށިގެން އައްޑުއާ ހަމަޔަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނޫރު
31 May 2019
އެއްވެސް ޕްލޭނެއް ނެތި ތާރު އެޅީމަ ދެން ފެންނާނީ އަބަދު ފެން ބޮޑުވެފަ އޮއްވަ
ރަހާބެއްޔާ
31 May 2019
ހަޖަމްޕްލީޒް
ލުގޯމާން
30 May 2019
ވާނީވެސް އެހެންދޯ، ރަށުގެ ކުރިމަގާ ކުރިއަރާފައިވާ މި ޒަމާނުގެ ވަސީލަތް ހޯދުމުގެ ބަދަލުގައި އެވެރިން އަމިއްލަ އެދުމާއި އަމިއްލަ ޖީބު ބަރު ކުރެވޭތޯ ބަލަނީ..ވިލިނގިލި ކައުންސިލް އަދި ވިލިނގިލި އިންޖީނުގެއަކީ ފެއިލްވެފައިވާ ބޭކާރު މީހުން އުޅޭ ތަނެން...!!!