ބަޔަކު ފެން ކުޅި ކުޅެނީ: އައްޑޫގައި ފެން ކުޅި ކުޅެވޭނީ ކައުންސިލުން ކަނޑައަޅާ ސަރަހައްދުތަކެއްގައި އެކަނި -- ފޮޓޯ/ މިހާރު
އީދު ބަންދުގައި އައްޑޫގައި ފެންކުޅި ކުޅެވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ނޫން ސަރަހައްދުތަކުގައި ފެންކުޅި ކުޅުން މަނާވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި އައްޑޫގައި ފެން ކުޅި ކުޅުމުގެ ތެރޭގައި ނޭދެވޭ ބައެއް ކަންކަން ހިނގާފައިވާ ކަމަށެވެ. އެހެންވެ މި އަހަރުގެ ފިތުރު އީދުން ފެށިގެން އައްޑޫގައި ފެންކުޅި ކުޅެވޭނެ ސަރަހައްދުތައް ކައުންސިލުން ކަނޑައެޅީ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެގޮތުން އައްޑޫގެ ކޮންމެ ރަށެއްގައި ވެސް ފެންކުޅި ކުޅެވޭނެ ވަކި ސަރަހައްދެއް އެ އިއުލާނުގައި ކަނޑައަޅާފައިވެ އެވެ. އެ އިއުލާނުގައިވާ ގޮތުން ފެންކުޅި ކުޅުން ހުއްދަ ސަރަހައްދުތަކަކީ ހިތަދޫ ބަނދަރުގެ ފަތާ ސަރަހައްދާއި މަރަދޫ ކުޑަކުދިންގެ ޕާކާއި މަރަދޫފޭދޫގެ ރަށިކެޑެ ކިޔާ ސަރަހައްދުގެ އިތުރުން ފޭދޫ ބަނދަރުގެ އުތުރު ފަރާތު ފަސްގަނޑާއި ހުޅުދޫގެ ބޮމާ ފަންނު ޕާކް ސަރަހައްދާއި އެރަށު ފެން ޕްލާންޓްގެ އިތުރުމަތީ ޕާކް ސަރަހައްދުގެ އިތުރުން މީދޫގެ އީދި ގަމޫލުގަ އެވެ.
އެހެންވެ، އެ ސަރަހައްދުތައް ފިޔަވައި، އައްޑޫގެ އެހެން އެއްވެސް ތަނެއްގައި ފެން ކުޅި ކުޅުމަކީ މަނާ ކަމެއް ކަމަށް އަންގާ ކަމަށް އެ އިއުލާނުގައިވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ގަރޫޑާ
04 June 2019
މިކަމުގަ ފުލުހުންނައް ކުރާ އިލްތިމާސްއެއްގެ ގޮތުގަ ދަންނަވާލަންޖެހެނީ މާލޭގަ ފެންނަހާބައެއްގެ ގަޔައް ކުލަޖަހަމުން ދުވާ ޕާޓޭގްރޫޕް ހުއްޓުވާދޭށޭ. ތަޅާފޮޅުމަކައް ބަދަލުވެ ބަޔަކައް އަނިޔާތަކެއްވުމުގެކުރިން.
ކަލަރ
04 June 2019
މިއީ އިންޑިއާގެ ކުލަ ޖަހާ އީދު ރާއްޖޭގައި ފެތުރެމުންދާ ހަލުވިކަމުގެ މިސާލެއް. މިއީ އެމީހުން އަބަދުވެސް ފާހަގަކުރާ އީދެއް. އަހަރުމެންގެ ސަގާފަތާ ނުގުޅޭ ކަމެއް. މިއީ ދިވެހިވަންތަ ގޮތެއްނޫން ދިވެހިންގެ ސަގާފަތާ ގުޅޭ އެއްޗެއް ނޫން އަދި މުސްލިމުންތެރޭ ގެންނަން މާ ރީތިކަމެއްވެސް ނޫން.
ޖަމަލު
04 June 2019
މުސްލިމުންގެ ޢީދު ދުވަހު ދުނިޔޭގައ ފެނަށް ޖެހިފައިވާ އެތަށް ބަޔަކަށް ކުރެވޭ މަލާމާތެއް ތީ... ސަގާފަތަކަސް ގޯސް ވާނީ ގޯހަށް. އިސްރާފު ކުރުމެއް ނުވޭ
މުލޭ
04 June 2019
ފެންކުޅިއަކީ އީދު ދުވަހު ކުޅޭ އެއްޗެއް ނޫން. އަހަރެމެންގެ ކާބަފައިން ފެންކުޅި ކުޅުނީ އަތަ ނަކަތުން 3 ވަނަ ދުވަހު. މިހާރު މިކުޅެނީ ފެންކުޅިއެއް ނޫން. ކުލަޖެހުން އޮންނަނީ. މަގުމަތިން ފެންނަހާ ބަޔަކަށް ޖެއްސުންކޮށް ފުރައްސާރަ ކުރުމެއްގެ ގޮތުގައި ސިފަވަނީ.
މީމު ޝީން
04 June 2019
އާޓިކަލްގަ އޮތް ފޮޓޯއަށް ބައްލަވާ. މިއީ ފެންކުޅިތޯ ނުވަތަ މީހުންނަށް ގޯނާ ނުވަތަ ޖެއްސުންކުރުން ނުވަތަ ފޮށުމެއްނޫންތޯ؟ މަގު މަތިން ހިނގާފަ ދާ އަންހެން ކުއްޖެއްގެ ގަޔަށް އޭނަގެ ރުހުމަކާ ނުލާ ފިރިހެނަކު ފެންޖަހާ ތެންމާލާތަން ފެންނަނީ. އަންހެނުންނާ މިގޮތަށް ފެންކުޅީގެ ނަމުގެ ބެހުން މިއީ ކިހާ ގޯސްކަމެއް. އަދި ހާއްސަ ގޮތެއްގައި މާތްވެގެންވާ އިސްލާމީ އީދު ދުވަހެއްގައި. އެއްވެސް ގޮތަކަށް ފެން ޖެހުމާ ކުލަޖެހުން މަނާކުރަންވީ. ފެންވެސް އިސްރާފުމިކުރެވެނީ.
ފެންކުޅި
04 June 2019
މިއީ ޤައުމީ ކުޅިވަރު ކަލަންޑަރަށް ލާންޖެހޭވަރު ކަމަކަށް ވަނީތާ! އެހެންޏާފަހެ
ެސދސައް
03 June 2019
ތީ ކޮންވައްތަރު ހުންނަނީ. ސަކަރާތް
އެއްކަލަ
03 June 2019
އެކަމު ވާރޭ ވެހޭނަމަ ކޮންމެ ތަނެއްގަވެސް އޮންނާނީ ފެންކުޅި ކުޅެވިފައި.
ބަޑީ
03 June 2019
މާލެ އަދި ހުޅުމާލޭގައިވެސް ތިޔަފަދަ ގަވާއިދެއްހަދާ އެނޫންތަންތާ ފެންކުޅި ކުޅުން މުޅިންމަނާކޮށް އަދި ހަރުދަނާކަމާއެކު މި ގަވާއިދު ތަންފީޒުކުރަންޖެހޭ. ކަމާނުބެހޭ މީހުންގަޔަށް ކުލަޔާފެންޖެހުމުން ވަރަށް ބޮޑެތި މައްސަލަ ދިމާވޭ.
ޢަލިދީދީއައްޑޫސިޓީ
03 June 2019
عيدمبارك. ފެންކުޅިވެސް މިހާރު މޮޑަރން ވެގެން ގޮސް އޭގެ އާދަކާދަ ގެއްލި އެހެން ފަތްތަރަކަށް ވެއްޓިފައިވާތީ ފެންނަނީ. މިހާރު ފެނަށް ކުލަ އަޅައިގެން ފެންބަޑި ބޭނުންކޮށް މަގުމަތިން ދާހާ ބަޔަކަށް އެއިން "ހަމަލާ" ދެމުން ދާތަން ފެންނަނީ. ސިޓީކައުންސިލުގެ ނިންމުން ތަންފީޒު ކުރެވިއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު. ސައިކަލުގައި ފެންބަޑި ހިފައިގެން ދަމުންވެސް ފެންޖަހާ ގުރޫޕް އުޅޭ. ސަގާފީ ގޮތުން ރާއްޖޭގައި ފެންކުޅި އޮންނަނީ ކޮން މޫސުމެއްގަބާ! އީދިބޮލަށްގޮން!