ހައުސިން މިީގެ އާ އިމާރާތް: މާލެ ސަރަހައްދުގައި 4200 ހައުސިން ޔުނިޓު އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި ކަމަށް އެ މިނިސްޓްރީން ބުނި --ފޮޓޯ:ނިޝާން އަލީ/މިހާރު
މާލެ އާއި ދެކުނުގެ ފަސް އަަތޮޅެއްގައި ޖުމްލަ 9،200 ހައުސިން ޔުނިޓް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުންތަކެއްގައި ޗައިނާ އާއި އިންޑިއާގެ ކުންފުނިތަކަކާ އެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި އެވެ.
މި ބޮޑު ދެ މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ މިދިއަ އެޕްރީލް މަހާއި މިދިއަ މަހު ކަމަށް ވިޔަސް، ސަރުކާރުން އެކަން ހާމަކުރީ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމަށް އެރުއްވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދާއި ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އެވެ.
މިއީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން ކުންފުނިތަކަކާ އެކު މިހާ ބޮޑު މަޝްރޫއުތަކެއްގައި އާ ސަރުކާރުން ސޮއިކުރި ފުރަތަމަ ފަހަރެވެ.
މާލޭގައި 4،200 ހައުސިން ޔުނިޓް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ ޗައިނާގެ ކުންފުންޏަކާ އެވެ. އަދި ދެކުނުގެ ފަސް އަތޮޅެއްގައި އަޅާ 5،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކް އެއްބަސްވުން ހެދީ އިންޑިއާގެ "ދެތިން ކުންފުންޏަކާ" އެކު ކަމަށް ވެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އެ ކުންފުނިތަކުން ކުރަން ޖެހޭނެ ކަމަކީ ހައުސިން ޔުނިޓްތަކުގެ ކުރެހުމާއި ދާނެ ހަރަދު ކަނޑައެޅުމެވެ. އޭގެ ފަހުން ފައިސާ ހޯދައި، ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ހަވާލުކުރަން ވަކި އެގްރިމެންޓެއްގައި ސޮއިކުރާނެ އެވެ.
ޝާމިން ވިދާޅުވި ގޮތުގައި މިއީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި "ފަހި ދިރިއުޅުން ކޯޕަރޭޝަން" މެދުވެރިކޮށް ކުރިއަށް ދާ މަސައްކަތްތަކެކެވެ.
ދެކުނުގައި ހައުސިން ޔުނިޓްތައް އަޅާނީ ކޮން ރަށްރަށެއްގައި ކަން އަދި ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ނިންމާނީ، ޝާމިން ވިދާޅުވި ގޮތުގައި، ބޯހިޔާވެހިކަން ބޭނުންވާ މިންވަރު ބަލަން ކުރާ ދިރާސާއަށް ފަހު އެވެ. އެ ދިރާސާތަކާ އެކު ރަށްރަށުގެ ކައުންސިލްތަކާ އެކު ވެސް މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާމިން ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރުގެ ސަރުކާރުން އަޅަން އުޅޭ 4،200 ހައުސިން ޔުނިޓްގެ އިތުރުން 2000 ހައުސިން ޔުނިޓެއް އަޅަން ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޙަސަންދީ
20 June 2019
ފުލެޓް އެޅުމަށް އެއްބަސް ވުމެއްގައި ސޮއި ކޮއްފި... ކޮމިޓީ އެއް އުފައްދައިފި.. ފުލެޓް ހަވާލް ކުރެވޭނީ މިއަހަރު ނޮވެމްބަރ ހިސާބުގައި... ފްލެޓް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް.. ފޮލެޓް ދެވޭވަރު ވާނީ ދެތިން މަސް ފަހުން.. އަސްތާ މީ ނުނިމުނު ކަމެއްތާ ދޯ!!!!
ޖަމްޝީދް
19 June 2019
7000 ފްލެޓަށްވުރެ މާގިނަ މިހާރުވެސް. ނަޝީދު އެޅި ފްލެޓަށް ނޫނީ އަދިވެސް މީހަކަށް ނުވަދެވޭ. 9000 އަދި 2000 ވީމަ މިސަރުކާރުން 11000 ފްލެޓް އަޅާނެ. ތަފާތަކީ 5000 މާލެ ސަރަހައްދުން ބޭރުކުރުން ސަޅި
ސައީދުތުރީ
19 June 2019
މިއީ ރާވައިގެން ރައްޔަތުން އަޅުވެތި ކުރަން ކުރާބޮޑުވިޔަފާރިގަޑެއް އަޅުގަނޑުމެން ވޯޓްލައިގެން ހޮވި މީހުން މިއުޅެނީ ނިަކަމެތި ރައްޔަތުން އަޅުވެތި ކުރަން ނައބްރައީސް ވިދާޅުވާހެން މުސާރައިގެ ބޮޑުބަޔެއް ކުއްޔަށް ވިސްނާލައްވާ 9200 ގުނަ /11000 ރުފިޔާ އެއްވަރޭ /101200000 ސަތޭކައެއްމިލިޔަންދެލައްކަ ރުފިޔާ މަހަކު ސަރުކާރަށް މިޙާތަނައް މިހައުސިން އިން ނަގާ ފައިސާ ބޭނުން ކޮއްފައި ހުރީ އެވަގުތު ވެރިކަމުގައި ތިބޭ ޕާޓީއެއްގެ ކެންޕޭނަށް މީކުރިޔައް 5އަހަރުގެކނޕނ
ރަންނަ
19 June 2019
ދުނިޔޭގެ އާއްޖުފާއްޖު ނޭގޭ މީހުން ތިކަހަލަ ވާހަކަ ދައްކާނެ.
ހަސަންބޭ
18 June 2019
ތިބުނާ ފޯޓަލް ކިހިނެއްތަ އަހަރަމެން ކަހަލަ ނުކިޔަވާ މީހުން ބޭނުން ކުރާނި. މި އުޅެނި ރަގަޅަށް ސުމާޓް ފޯނު ބޭނުން ކުރަށް ނޭގިގެން. އެކަމް އެއްމެންނަށް ހަމަ ހަމަ ފުރުސަތޯ.
ީެއިންޒް
19 June 2019
އެހެން ވީމަތާ ހުރިހާ ލިޔުމެއްގަ ތި ކޮމެންޓްކުރަނީ! ހެހެހެެ
ފަސީ
19 June 2019
ހުރިހާ ކަމެއްވެސް ރާވާނީ ރައްޔިތުންލައްވާ ވައްކަން ކުރުވަން. އެބުނާ ޕޯޓަލް ބޭނުން ކުރަން ނޭގޭ މީހުން ދެން ދާނީ ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާމީހުުން ކައިރިއަށް. އެމީހުން އޮފީހުގެ މަސައްކަތް ހުއްޓާލާފަ ތިބުނާ ޕޯޓަލްއަކަށް އެޕްލައި ކުރަން ހުންނާނީ
ރަންނަ
19 June 2019
ހަސްންބެ ވެސް ދެން އުޅޭ ފާޑެއް.
ސާފުނުވޭ
18 June 2019
މި ފްލެޓްތަކުގެ އަދަދު އިތުރުކުރުމުގެ ބޭނުމުގައި މިދިޔަ ސަރުކާރުގައި އަޅައި އެއްބައި ހަދާފައިވާ ތަންތަން މި ފްލެޓްތަކުގެ ތެރޭ ނުހިމެނޭ ކަމެއް ސާފެއްނުވޭ. އަދަދު އޮޅުވާލުމެއްގެ ތެރޭގައި އުޅޭކަމަށް ލަފާކުރެވޭ. ޗައިނާ މީހުންނާ އެއްބަސްވެފައިއެވަނީ މިދިޔަ ސަރުކާރުން ކުރަން އެއްބަސްވެފައިވާ ތަންތަނާލައިގެންހެން ވަރަށް ހީވޭ.
ނުވާނެ
19 June 2019
އަލުން އެގްރީމެންޓު ހަދާ ފައިސާދީގެން ހެދީމާވެސް ކަލެއަކަށް ނޭގޭތަ މިއީ މިސަރުކާރުން ހަދާތަންތަން ކަމެއް؟
ރޮކެޓްް ސައިންސް
18 June 2019
އިތުރު ހައުސިން ޔުނިޓް އެޅުމުގެ ބަދަލުގަ މިހާރު ނުނިމި ހުރި ތަންތަން ނިންމާ މީހުންނާ ހަވާލުކޮއްބަލަ. ހަވަރުތިނަދޫގަ އެހެރަ ފުލެޓުތަކަކީ ޔާމިން ސަރުކާރުގަ އަޅާފަ ހުރި ފުލެޓުޔަކެކޭ ޔާމިން ވެރިކަމަށް އައިސް އެފުލެޓުތަށް ދޭނެއޭ ކިޔައިގެން ހަވަރު ތިނަދޫ ކައުންސިލުން ހަވަރު ތިނަދޫ ރައްޔިތުންނަށް ޖެއްސުންކުރުން ނޫންކަމެއްނުކުރޭ. އެފުލެޓުތަށް ނުދީ އިތުރު ފުލެޓުތަކެއް ހަވަރުތިނަދޫގަ އެޅިގެންނުވާނެ. ޖެއްސުންކުރުން ހުއްޓާލަން ކައުންސިލުން ގޮވާލަން
ހަސަން ނުވަވަނަ
18 June 2019
ކަލޭތީ ރޮކެޓް ސައިންޓިސްޓެއްނު. ކަލޭ ދާންވީނު ޖައްވުގަ ދިރިއުޅެން.
ާބޮޑުމީހާ
18 June 2019
7 މަހުން ފްރޭމްވޯކް - އަދި އިތުރު 1 އަހަރުން އެއްބަސްވުން - އަނެއް އަހަރު ފައިސާ ހޯދަން - އަނެއް އަހަރު މަސައްކަތް ފެށެން - އަނެއް 3 އަހަރު ކޮންމެވެސްކަމަކާހެދި ހުއްޓިފަ - އަނެއް 2 އަހަރުން ފްލެޓް ނިމެނީ - އަނެއް އަހަރު ފްލެޓް ހަވާލުކުވީުން - ވީމާ 2025 އަށް އިންތިޒާރުކޮށްލާ
ހަންޑި ފާތުމަ
18 June 2019
ތިކޮމެންޓް ތިބޭފުޅާ ތިކުރަނީ ޔާމީނުގެ ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަސް ތެރޭ ނިންމި 7000 ކޮތަރު ކޮށިން ކޮއްޓެއްގެ ތެރޭގައި އޮވެގެންތަ. ތާހިރެއްނު
ޝހުވާ
19 June 2019
ހަންޑި ފާތުމައަކަށް ނޭނގޭތޯ ރައީސް ޔާމީން ތިޔަ ބުނާ ކޮތަރު ކޮށިތަކެއްހެދީ އެ ކޮށިތައް އަޅާނެ ބިމެއް ހިއްކާފަކަމެއް.އެއޮތީ ދެން އަންނަ ބަޔަކުވެސް ފްލެޓް އަޅަން ތަން ރެޑީކޮށްފައެއްނު..ހަމައެކަނި އަނގައެއް އޮތަކަސް ކަމަކުނުދާނެ..ސިކުނޑިން ވިސްނަންވެސް ދަސްކޮށްބަލަ.
ޖިޒްމާން
19 June 2019
ފަސްއަހަރު ތެރޭ އެއްވެސް މީހަކަށް ފްލެޓަކަށް ވަދެވިފަ ނެތް. ރައީސް ސޯލިޙް ސަރުކާރަށް މިފާޑުކިޔަނީ ފްލެޓޭ ޓިނޭ ފުރާޅޭ ކިޔާފަ
ރައްޒާގު
18 June 2019
ކޮބާ ފުލެޓު ކޮމެޓީ ގެ ހަބަރަކީ
ޖިނާޙް
19 June 2019
ޖަހާފަ އޮތް ސަކަރާތް ބޮޑީ. 15000 ކަންވާރު ބޮޅު އޮޅުން ފިލުވުން ކަހަލަ ކަމެއް މީ
އިންކްލޫޑެޑް
18 June 2019
ހައުސިިން ޔުނިޓް އެޅުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި ނަމަ އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ ވަކިން ޚާއްސަ ކޮށް ޗައިނާ ގެ ކުންފުންނަކާއި އެކު 4200 ހައުސިންގް ޔުނިޓްސް އަޅަން ސޮއި ކުރުން އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ ކޮންމެ ހައުސިންގް ޔުނިޓެއްގައި ހުންނަން ޖެހޭނެއޭ 2000 އަކަފޫޓް އެއީ 2 ބެޑްރޫމް އެޓޭޗްޑް ރެސްޓްރޫމާއި އެކު ދެން ބިގް ލިވިންގް ރޫމެއް ކިޗަން ވަކިން އަދި ލޯންޑްރީ އަދި ސްޓޯރޭޖް ފެސިލިޓީ ދެން ސްޓަޑީ ރޫމް އަދި ސިނަމާ އެއް
އުޒް
18 June 2019
ރާއްޖޭގެ އުތުރު ނެތީތޯ ތިޔައިން އެއްވެސް ތަރައްޤީޤެ ޕުލޭނެއްގަ؟ މި ސަރުކާރުވެސް އަހަރެމެންގެ ނިޒާމުން ފޮހެވިދާނެ ތިޔަގޮތަށް އަމަލުކުރަންޏާ