ގެސްޓްހައުސްއެއްގައި މަރުވި ޒުވާނެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދަނީ
މާލޭގެ ގެސްޓް ހައުސްއެއްގައި ޒުވާނަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:30 ހާ އިރެވެ. މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު އަބްދުލް މުމިތު "މިިހާރު" އަށް ވިދާޅުވީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. އަދި އޭރު އޭނާގެ އަނގައިން ފޮނު އަރާފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މުމީފު
18 June 2019
ދުވަހަކުވެސް މީހަކު އައިޖީއެމްއެޗަށް ގެންދެވުނުތަ ފުރާނަ ހުއްޓާ؟ އަބަދުވެސް ބުނަނީ ގެނައިރުވެސް ހަރަކާތެއް ނެތޭ މަރުވެފައޭ. މަށަށް ހީވަނީ މިތަނުގެ ޑޮކްޓަރުންގެ އިންއެފިސަންޓްކަންހެން މިފެންނަނީ.
ވެފަތަ
18 June 2019
އޯޑީ..