ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

މަސްތުވާތަކެތިން ޒުވާން ޖީލު ސަލާމަތްކުރަން ހެޔޮ ބަދަލެއް ގެނެވޭނެ: އިމްރާން

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން (ވ) އަދި ޕޮލިސް ކޮމިޝަނަރު ހަމީދު ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވާ ޒުވާން ޖީލު އެކަމުން ސަލާމަތްކުރަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވި އެވެ.

ފުލުހުން އެކި ދުވަސް މަތިން އަތުލައިގެންފައިވާ 419 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރަން ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މަސްތުވާތަކެތި ނައްތާލުމުގައި ލަސްތަކެއް ވެގެންދިޔަ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިއީ އެކަމާ ދެކޮޅަށް ފަށާފައިވާ މަސައްކަތަށް އިސްކަންދޭ ކަމެއް ކަން ދޭހަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/މިހާރު

"އުއްމީދު ކުރަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ އަޅުގަނޑުމެންގެ ޒުވާން ޖީލު އިރާދަކުރެއްވިއްޔާ އެކަމުން ސަލާމަތްކުރުމަށް ހެޔޮ ބަދަލެއް ގެނެވިގެންދާނެ ކަމެއް ކަމަށް،" ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތަށްފަހު އިމްރާން ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތި ނައްތާލަން މަޑުޖެހިފައި އޮތް ކަމުގައި ވިއަސް ގަވާއިދުގައި އޮންނަ ގޮތަށް އެކަން ކުރަން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، ޝަރުއީ މަރުހަލާ އަށް ބަހައްޓަންޖެހޭ ވަރަށް ބެހެއްޓުމަށް ފަހު އެއް މަސް ދުވަސް ތެރޭގައި އެ ތަކެތި ނައްތާލުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތަށްފަހ ހޯމް މިނިސްޓަރު އިިމްރާން ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަމާޒަކީ ކުރިއަށް އޮތް ތަނުގައި ގިނަ ވެގެން އެއް މަސް ދުވަހުގެ ތެރޭގައި ގާނޫނީގޮތުން ބަހައްޓަން ލާޒިމްކުރާ ވަރު ބެހެއްޓުމަށް ފަހުގައި އަޅުގަނޑުމެން އަތުލައިގަންނަ ހުރިހާ މަސްތުވާތަކެތި ވެސް ނައްތާލުން،" ހަމީދު ވިދާޅުވި އެވެ.

މިއަދު ނައްތާލީ 3165 މައްސަލައާ ގުޅުންހުރި މަސްތުވާތަކެއްޗެވެ. އެއީ 2014 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށް އަތުލައިގެން ތަކެއްޗެވެ. އޭގެ ތެރޭގައި ހެރޮއިންނާއި ކެނަބިހާއި ކޮކައިން އަދި ޕާޓީ ޑްރަގްސް ހިމެނެ އެވެ.

މިއީ ފުލުހުންގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލި ފަހަރެވެ. އެކަން އޮބްޒާވްކުރުމަށް އާއްމުންގެ ފަސް މީހުން ވެސް ބައިވެރިވި އެވެ.

ތަފާތު އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައި ހުރި 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން--.ފޮޓޯ: ނިޝާން އަލީ/މިހާރު

މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ މަސްތުވާތަކެއްޗާ މެދު އާއްމު ރައްޔިތުން އަބަދު ވެސް ޝައްކުގެ ނަޒަރުން ބަލަ އެވެ. ހަމީދު ވިދާޅުވީ އެފަދަ ޝައްކުތައް ކުރަނީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި އެފަދަ މައްސަލަތަކުގައި އަމަލު ނުކުރާތީ އެވެ. އެހެންވެގެން ފުލުހުންގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭނުގައި ވެސް އެ އިދާރާގެ ކަންކަން ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އަމަލުކުރަން އިސްކަންދީފައިވާ ކަމަށް ވިދާޅުވި އެވެ.

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮމިޝަނަރު ވިދާޅުވީ މަސްތުވާތަކެއްޗަކީ މުޖުތަމައުގެ ރައްކާތެރިކަމަށް، ރަށްރަށުގައި އަދި ވަކިން ހާއްސަކޮށް ބައިބޯ ރަށްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެކެވެ. އެހެންވެ އެކަންކަން ކުރާ މީހުންނާއި ބޭނުންކުރާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަކީ ހާއްސަ އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަދި ވެސް ނައްތާނުލެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެބަހުރި ކަމަށާއި އެ އެއްޗެހި އޮޑިޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

14 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 5%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙދއަތޮޅުން

27 June 2019

މިހާރު ތިއޮތީ މަޖިލީހުގެ ފުރިހަމަބާރު ލިބިފަ މަސްތުވާ ތަކެތި އެތެރެކުރާމީހާޔާ ވިއްކާމީހާޔައް ސީދާ މަރުގެ އަދަބު ދިނުމައް ބޭނުންވާ ގާނޫނުފާސްކުރޭ އަދި ފިރިހެން ވެފަ އެއައް އަމަލުކުރައްވާ މާދަންނުބުނާތި މަޖިލިސްނުލިބި ގެންނޭ ވެރިކަން ނުލިބޭތީއޭ ކޯޓުތައް ސަކަރާތޭ ހުރަހަކައްވާ ހުރިހާ ބަޔަކު މަގާމުތަކުން ބޭރުކޮއް މިމަގައް ގައުމު ބައްޓަންކުރައްވާ

The name is already taken The name is available. Register?

ނެގުނުކަތީބު

27 June 2019

ޝައިޚާ ކަމިޝަނާރާ ދެބޭފޫޅުން ޑްރާމާ ކުޅުއްވިޔަސް މީސްތަކުން ތިދައްކާވާހަކަޔަކާ މާބޮޑަށް އުފަލެއް ނުވޭ. އެއީ ދައްކާ ވާހަކައަކާއި ކުރާ ކަމަކާއި ދިމާ ނުވާތީ. ހައްތަހާވެސް ޕީޖީއޭ ކޯޓްތަކޭ ކިޔާފަ ވާނުވާ އޮޅެނީ ނޫންތޯ>

The name is already taken The name is available. Register?

ޤާދިރު

27 June 2019

ހެޔޮ ބަދަލެއް ގެނެވޭތާ. އެތާ ވެސް، މިތާ ވެސް، ދެންއޮތް ތަނެއްގައި ވެސް ހުސް ޑްރަގު..

The name is already taken The name is available. Register?

ދިއްފުށީ ފޯސް.

27 June 2019

ހިބަރު އައިނުގަނޑު ތިބީ ވަރަށް ކޯފާވެފައި! ދެން ދޮރު ވައްޓަން ދާދުވަހަކު ހަތިޔާޜު ލައިވް ވަޒަނާޢެކު ހިފައިގެން ދާތި ތިބޭފުޅުންގެ ރައްކާތެރިކަމަށް. ކުށެއް ކުރެވިއްޖެއްޔާ މަމެން ރަށަށް އަރުވާލާށޭ ބުނޭ. ރަސްކަލެއްހެން ގެންގުޅޭނަން

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

27 June 2019

އެތެރެކުރާ ޑްރަޤްހޯދައިގަތުމަށާއި އެތެރެކުރާމީހުންދެނެގަތުމަށް ކަސްޓަމްސްގެވަސީލަތްތަކާއި މުވައްޒިފުންގެތަމްރީނު އިތުރުކުރާންޖެހޭ. * * ފުލުހުން ފަތް ނުވަތަ ހަކުރުބޯކުއްޖަކު އަތުލައިގަތުމަކީ އަހަރުމެން އުފާވާކަމަކަށް ނުވަނީ “އެއީ މަދިރި ފެންގަނޑަކުން އުދިހިގަންނަ އެންމެ މަދިރިއެއްމަރާލުންފަދަ” ނަތީޖާއެއްނެތް ކަމަކަށްވާތީ. * * ލާމަށާއި އައްޑުއަށް ބާޒާރުކުރަން މާލޭން ފޮނުވާ ޑީލަރުންނާއި ރާއްޖެއެތެރެކުރާމީހުން އަތުލައިގަނެގެންނޫނީ ހައްލުނުހޯދޭނެ.

The name is already taken The name is available. Register?

މޮލޮ

26 June 2019

ދީނީޖަމާއަތްތަކަށްވެސް މިއަދު ބަލަދު އަރާފައިވަނީ މަސްތުގެ ވަބާގައިޖެހިފައިވާ ޒުވާނުން ހަމަމަގަށް އެޅުވުން. ގައުމު ހަލާކުވެ,ޒުވާނުން ތާއްޔާޖެހެމުން މަގުމަތީގައި ދެކޮޅަށް ހޫރެމުން އެދަނީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކޮށް, ޒުވާނުން ހަމަމަގަށް އަޅުވައިދޭނެ ބަޔަކުނެތިގެން.

The name is already taken The name is available. Register?

އަހްމަދު

26 June 2019

އިމްރާނަށް ކެނޑޭނީ ފޮނި. ކަމެއް ނުކުރެވޭނެ.

The name is already taken The name is available. Register?

މަރީނާ777

26 June 2019

ފެއްނަ ފެނުމުމުގައި ވަގު ފައިސާއާއި ޑްރަގް ޖީޑީޕީ އަށް ކޮންޓްރިބިއުޓް ކުރާ އަދަދު އުޅޭނީ ވަރަށް މަތީގައި. މިކަމުގެ ވިޔަފާރި ފުޅާވެގެން ގޮސް އެތެއް އާއިލާއެއްގެ އާމްދަނީ ބިނާވަނީ މިދެންނެވި ތަކެތި ވިއްކާ އެކަމުގެ ވިޔަފާރީގައި. ތިކަން ހައްލުކުރެވޭނީ ކަމަށް އެކަށީގެންވާ ބަޔަކު ނުކުމެގެން. ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުން ބައިވެރިވެގެން. ގައުމީ ކަމެއްގެ ގޮތުގައި ނުކުމެގެން. އިމްރާނަށް އެކަނި ތިކަމެއް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ސަންޕަ އަހަންމަދު

26 June 2019

ހުސް މޮޅުވާހަކަ.

The name is already taken The name is available. Register?

ބޮޑުމީހާ

26 June 2019

ގާނޫނު އަސާސީ ނުހިގާ ގައުމެއްގައި ކިތަންމެ މޮޅެތި ގާނޫނެއް ހެދިޔަސް ކުރާނެ ފައިދާއެއްނޫން. ދިވެހިރާއްޖެއަކީ މިހާރު މުއްސަދިންގެ ރާއްޖެއަކާއި ނިކަމެތިންގެ ރާއްޖެއެއް. އެކަން އިގޭ ވަރަށް ރަގަޅަށް. ފްލެޓް ކައިރީ ހެދިކާ ވިއްކާ ގާޑިޔާތަކުން މަހުކުލިނަގާ. ހުޅުމާލެ ބީޗް ހިންގާ ކެފޭތައް ހިލޭ ސާބަހަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454