ޕީޕީއެމްގެ ރަން ދުވަސްވަރު ގދ. ތިނަދޫގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން: އެ ޕާޓީގެ އަޑު މިހާރު ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައި.---ފޮޓޯ: ޕީޕީއެމް
އިދިކޮޅު ޕީޕީއެމުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އާންމު ޖަލްސާ އަކަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީ ގައި އެ ޕާޓީން އިއްޔެ އެދިއްޖެ އެވެ.
މިއީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި މި އަހަރުގެ އޭޕްރީލް ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބޮޑު ނާކާމިޔާބީ އަށް ފަހު، ޕީޕީއެމުން މިގޮތަށް އާންމު ބައްދަލުވުމެއް ބާއްވަން ތައްޔާރުވާ ފުރަތަމަ ފަހަރެވެ.
މިދިޔަ ފަސް އަހަރު ސަރުކާރު ހިންގި ޕާޓީން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ގައި އެދިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:00 ގައި ބާއްވާ އާންމު ޖަލްސާ އަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށެވެ. ކާނިވާ ސަރަހައްދަށް އެ ޕާޓީން އެދިފައި ވަނީ އެ ދުވަހުގެ ރޭ ގެ ހަވީރު 6:00 ން ރޭގަނޑު 12:00 އަށެވެ.
ޕީީޕީއެމާ އެކު މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއް ގައި ވިދާޅުވީ، އެ ދެ ޕާޓީގެ އާންމު ޖަލްސާ އަށް ކާނިވާ ސަރަހައްދު ދޫކުރަން "މަތިން" ދެކޮޅު ހަދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ކަންކަން ވާ ގޮތް ބަލަން އެ ދެ ޕާޓީން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
PPM-PNC ge isnegumakun evvumeh beyvvumah carnival sarahadhdhu hoadhumah Housing Ministry ah sitee fonuvumun,Carnival Sarahadhu Dhinumah Mathin Dhekolhu hadhaakamuge Mauloomaathu Libey. Aadhitha aa hamayah balan mi thibee! Huras alhaifi nama, abadhu balan nuthibeynan ingeytho! pic.twitter.com/Z4JrljxrZi
— Ibrahim Shujau💙 (@shuja3831) June 27, 2019
ޕީއެންސީގެ ނައިބު ރައީސް ޝުޖާއުގެ ޓުވީޓު
"ހުރަސް އަޅައިފި ނަމަ އަބަދު ބަލަން ނުތިބޭނަން އިނގޭތޯ،" ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއުގެ ޓުވީޓުގައި ވެ އެވެ.
ޕީޕީއެމުން ވެރިކަން ކުރި ދުވަސްވަރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ހިންގަން ކާނިވާ ސަރަހައްދު އަދި އެހެން ތަންތަން ދޫކުރުމުގެ ޝަކުވާ ވަރަށް ބޮޑުވެފައި ވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޙަމްދަރުދީ
29 June 2019
މާޒީ ހަދާންކޮއްލަބަލަ ނުދިނަސް އެ
ދީބާލާފައިސާގަނޑު
29 June 2019
ލުތުފީ ޙިމާޔަތް ކުރަން ހަދައިގެން މި ވެރިކަން މިނިމެނީ...
މައިސަމް
29 June 2019
ޔާމީނު މިނި ނާޅިން ޔާމީނަށް މިނުން އެއީ ރައްޔިތުން އެދޭގޮތް މިވަގުތަކީ އެތަނުގައި ތަރައްގީގެ މަސައްކަތްތަކެއް ކުރަނުންދާ ވަގުތަކަށްވާތީ އެތައް ދޫކރެވޭކަށް ނެތެވެ
އަލީ155
29 June 2019
ބޯހިޔާވަހިކަން ހައްލުކުރެވޭނީ ރައްޔިތުން އަޑު އުފުލައިގެން.. މިހާރު 140 ފުލެޓް ވިޔަފާރކުރަން ފޭރިގަނެއްޖެ... ފުލެޓް ކޮމިޓީއެއް އެކުލަވާލައިގެން ރައްޔިތުންގެ އެތައް ފައިސާއެއް އެމީހުންގެ މުސާރައަށް ދެވިއްޖެ.. ހައްލެއް ނުފެނި އަދި މިދަނީ..
ތުއްތުބެ
29 June 2019
އަހަރެން ހަމަ ހިތައް އަރާ ސުވާލެއް މީ..... އަސްލު ކީކުރަން ބާއްވާ ޖަލްސާއެއްބާއޭ! ތިޔަތަނަށް ދާނެ ބޮންދުން ކޮޅެއްވެސް މިހާރުވާނެހެން ހިޔެއް ނުވޭ. މީގެ ކުރިން ސަރުކާރު ކުންފުނި ތަކުގެ މީހުންނަށް އިންޒާރުދީގެން ގެންދިޔަޔަސް މިހާރު ކާކުދާނީ؟ މަށަކަށް ހިޔެއް ނުވޭ އަދުރޭވެސް ދާނެހެން. އޭނަވެސް މިހާރު އެއޮތީ ފާޑެއްގެ ޕާޓީއެއް ހަދާފަ އިންތިހާބުން ޔާމިން ބަލިވިއިރަށް. ތިޔަ މިީހުންނަށް ކާނިވާ ސަރަހައްދު އެކަންޏެއް ނޫންދޭންވީ ބީޗްވެސްދީ، ވާގޮތް ބަލަން
ނާޒުލީ
29 June 2019
އަދި ތަންކޮޅެއް އަވަސް ސުޖާއު ، ލުތުފީ ގެ ވާހަކަ ، ކޯޓުތަކުގެ ވާހަކަ ، މަސްރޫތަކުގެ ވާހަކަ، އަދީބުގެ ވާހަކަ، އަދި 7 މަހާ ދުވަސް ކޮޅެއް ތިޔަވީ އަދި މަޑުޖައްސާލާ އުމަރު ނަސީރު ނެތިއްޔަކާ ތިޔަކަމެއް ނުވާނެ ގުރައުންޑް ރެޑީކކުރަން އެގެނީ އުމަރައް ޔާމީން ޖަމީލް ތިޔަކަމުގަ ތަންކޮޅެއް ދޯދިޔާވާނެ މިހާރު އެނާޖީވެސް ނެތް ޖަމީލުއަކީ ޕީ.ޕީ އެމްގެ ފެއިލްޑް ޕްރޮޑަކްޓްއެއް ޕލެޓްޕޯމް ނުދޭތި
ބބވވވ
29 June 2019
ހަހަހަ ޝުޖާއުމެންތަ މިހެން މިބުނަނީ. ސީރިއަސްލީ؟؟؟؟ ހެހެހެހެ. ބާވަން ފުރުސަތުދިނަސް ނުދާނެ ތިތަނަކަށް މީހަކު. އިބޫ ސަރުކާރުން މިހާރަކަށް އިއިސް އަހަރެމެން ހިތްހަމަ ނުޖެހޭގޮތަށް ކަންކަން ކުރިޔަސް (ބާގީ ލުތުފީ، ފްލެޓް މައްސަލަ) ކަލޭމެންތީ އެއަށްވުރެ ނުލަފާކަން ދައްކާފަ ތިބި ފެއިލްވެފަ ވާ ބައިގަނޑެއް!!!
ބޮޑުމީހާ
29 June 2019
ތި ޖަލްސާގައި ބޯހިޔާވެހިކަމުގެ ވާހަކަ ދައްކާތި. ކޮބާހޭ ބޯހިޔާ ވެހިކަން.
ރޫޔާ
28 June 2019
ކޮބާތަ ފުލެޓް ކޮމިޓީގެ ހަބަރަކީ... އެމީހުން ފުލެޓް ލިސްޓު ނުނިމި އުޅެނިކޮށް 140 ފުލެޓް މި ސަރުކާރުން ފޭރިގަނެއްޖެ ވިޔަފާރިކުރން..
ރޫޔާ
28 June 2019
ކޮބާހޭ ބޯހިޔާވަހިކަން... އިދިކޮޅު ފަރާތް ތަކުން މިކަމުގައި އަޑު އުފުލައިފައި ނުވޭ.... މި ސަރުކާރުން ޖަހަނީ ޖަމަލް ފޮޑި...