ޚަބަރު / އިސްލާމިކް މިނިސްޓްރީ

ހައްޖު ކޯޓާ ރިޒާވްކުރީ އޭސީސީން އެންގި ގޮތަށް އުސޫލެއް އެކުލަވައި ނުލައި!

ހައްޖުގެ އަޅުކަމަށް މީހުން ޖަމާވެފައި: ހައްޖު ކޯޓާ ރިޒާވްކުރުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރީ އޭސީސީގެ އެންގުމާ އެއްގޮތަކަށް ނޫން.

އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ނަގާ ހައްޖު ކޯޓާތަކާ މެދު އަމަލުކުރާނެ އުސޫލެއް އާންމުނުކޮށް ޖާގަތައް ނުނަގަން އޭސީސީން އަންގާފައިވަނިކޮށް، އެ އުސޫލު އާއްމު ނުކޮށް މި އަހަރު ވެސް 80 ޖާގަ ރިޒާވްކޮށްފި އެވެ.

ހައްޖަށް މީހުން ގެންދިއުމާ ގުޅޭ އުސޫލުގައި އޮންނަ ގޮތުން ރާއްޖެ އަށް ކަނޑައަޅާ ކޯޓާގެ ތެރެއިން 50 ޕަސެންޓް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭން ޖެހޭ އިރު އޭގެ ތެރެއިން އިސްލާމިކް މިނިސްޓަރު ބޭނުންވާ އަދަދަކަށް ޖާގަ ރިޒާވްކުރެ އެވެ. މިއީ، ކޮރަޕްޝަނަށް މަގުފަހިވާ އަދި ހައްޖުގެ އަޅުކަން އަދާކުރަން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައި ދިގު އިންތިޒާރުގައި ތިބޭ ގިނަ ބައެއްގެ ހައްގު ގެއްލޭ ކަމަކަށް ވާތީ ޖާގަ ރިޒާވްކުރާ ގޮތުގެ އުސޫލެއް އެކުލަވާލައި އާއްމުކުރަން އޭސީސީން އޮތީ އަންގައިފަ އެވެ.

އެކަމަކު މި އަހަރު ވެސް އިސްލާމިކް މިނިސްޓްރީން 80 ޖާގަ ރިޒާވްކުރީ އެ އުސޫލު އާއްމު ނުކޮށެވެ. ހައްޖު ކޯޕަރޭޝަނަށް މި އަހަރު ކަނޑައެޅި 580 ޖާގައިގެ ތެރެއިން 80 ޖާގަ މިނިސްޓްރީން ރިޒާވްކުރީ ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުންނެވެ.

އެ އުސޫލުގައި އޮންނަނީ ރާއްޖެ އަށް ލިބޭ ކޯޓާގެ 50 ޕަސެންޓް ހައްޖު ކޯޕަރޭޝަނަށް ދޭން ވާނެ ކަމަށެވެ. އެއީ މިނިސްޓްރީގެ ބޭނުމަށް ރިޒާވްކުރާ ކޯޓާ ވެސް ހިމަނައިގެންނެވެ. ހައްޖު ކޯޕަރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ އެ އުސޫލުގައިވާ ގޮތުން މިނިސްޓަރެވެ.

ޖާގަ ރިޒާވްކުރީ ކުންފުނިތަކުގެ ބޭނުމަށް: މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މިއަދު ވިދާޅުވީ އޭސީސީން އެންގި ގޮތަށް އެ މިނިސްޓްރީން މިހާރު ވަނީ ޖާގަ ރިޒާވްކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފަ އެވެ. އެ އުސޫލު ލިބިދާނެތޯ ދެންނެވުމުން ވިދާޅުވީ އަދި އާއްމު ނުކުރާ ކަމަށެވެ.

"މިނިސްޓްރީގެ އެތެރޭގައި އެ އުސޫލު ޑޮކިއުމެންޓް ކުރެވި އެ އަށް އަމަލުކުރަމުން އަންނަނީ،" ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 80 ޖާގަ މިނިސްޓްރީން ރިޒާވްކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭނުމަށެވެ. އެ ކުންފުނިތަކުން ހައްޖަށް ފޮނުވާ މީހުންނަށް ޖާގަ ހަމަަޖައްސައިދޭން ރަސްމީކޮށް އެދިފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.

"އެއީ ޒަމާނުއްސުރެން އަމަލުކުރަމުން އަންނަ ގޮތެއް، ކުންފުނިތަކުގެ މުވައްޒަފުން ހައްޖަށް ފޮނުވުމަކީ. އެ ޖާގަތައް މިނިސްޓްރީން ރިޒާވްކުރީ،" ޝާފިއު ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ މިނިސްޓްރީން ރިޒާވްކުރާ އަދަދު މަދުކުރަން އޭސީސީގެ އެންގުމާ އެއްގޮތަށް އެ މިނިސްޓްރީން އޮތީ އަމަލުކޮށްފައި ކަަމަށެވެ. އެހެން ސަރުކާރުތަކަށް ވުރެ މި ފަހަރު އިސްލާމިކް މިނިސްޓްރީން ރިޒާވްކުރި އަދަދު މަދު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރީގެ ސަރުކާރުތަކުގައި ރިޒާވްކުރި ކޯޓާ ދޫކޮށްފައި ވަނީ ސަރުކާރުގެ ނުފޫޒުގަދަ މީހުންނަށެވެ. އޭގެތެރޭގައި ގިނައީ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުންފުނިތަކުގެ އިސް ބޭފުޅުންނެވެ.

މިކަމަށް ހައްލެއް ހޯދެން އޮތީ އޭސީސީގެ ރިޕޯޓުގައިވާ ގޮތުން މިނިސްޓްރީން ރިޒާވްކުރާ ޖާގަ އިން ހައްޖަށް ފޮނުވަނީ ކޮން ބައެއް ކަމާއި އެ ކޯޓާއާ މެދު އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލައިގެންނެވެ.

އޭސީސީން ލަފާ ދީފައި އޮތީ މިނިސްޓްރީގެ ބޭނުމަށް ކޯޓާ ރިޒާވްކުރާ ނަމަ އެ އަދަދަކީ ހައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއަށް އިތުރުކޮށްދެވޭ އަދަދެއް ކަމުގައި ހަމަޖެއްސުމަށެވެ. ދައުލަތުގެ ބޭނުމަށް ރިޒާވްކުރާ ކޯޓާ އަށް ބޭނުންވާނެ މިންވަރެއް ދުރާލައި ކަނޑައެޅުމާއި އެ ކޯޓާ އިން ފުރުސަތު ދެވޭނެ ފަރާތްތަކާއި ދޭނެ ގޮތްތައް ކަނޑައެޅުމަށް ހަރުދަނާ އުސޫލެއް އެކުލަވާލައި އާއްމުކުރަން ވެސް އޭސީސީން އޮތީ ލަފާ ދީފަ އެވެ.

20 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 0%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެވިން ޖޫނިއަރ

01 July 2019

ޒީރޯ ޓޮލަރަންސް އޭ..އިބޫ ޒީރޯ ޓޮލަރެންސް ތިޔަކިޔަނީ ކޯޗަކައްތަ؟ ކޮބައިތަ އެއުޅޭ މާނަކޮއްދޭ ހޫދު... ކޮބާ އެމްޑީޕީ ކުއްޖަކު ނިކަން މިކިޔާ ޒީރޯ ޓޮލަރަންސް މިކިޔަނީ ކޮންއެއްޗަކައްތޯ ނޫނީ ކޮންކަމަކައްތޯ ބުނެލަ ދީބަަލަ.. މިދޭތެރެއިންކުންފުނި ތަކުން ކާނޑާލި މުވައްޒަފުންގެބަދަލުގައި އެމްޑިޕީ ގެ އިސްފަރާތަކާ ގުޅުން ހުރި އެކިއެކި އެކްޓިވިސްޓުންނައް ވަޒީފާ ދޭން ފަށައިފި. ޕީއެސްއެމް އިން ވަކިކުރ މުވައްޒަފުން ގެ ބަދަލުގައވެސް މުއައްޒަފުން ވައްދަނީ

The name is already taken The name is available. Register?

ނެގުނުކަތީބު

01 July 2019

ކޮންމެ ކަމަކުން ކޮންމެތާކު ކޮންމެ ގޮތަކުންވެސް އޮޅުވާލުމާއި މަކަރާއި ހީލަތުން އަނބޮޑިއަށް އެއްޗެއް ލެވޭގޮތަށް ކަންކުރުމަކީ އުފެއްތޯ؟

The name is already taken The name is available. Register?

kevin

01 July 2019

މީ ކޮރަޕްސަނެއް ނޫންތޯ؟ ކޯޗަކަތޯ ކޮރަޕްސަން ކިޔަނީ؟

The name is already taken The name is available. Register?

ޗަކޮއޭ

01 July 2019

އެއީ ހަމައެކަނި 1މ ޑޮލަރަށް ކިޔާއެއްޗެއް. އެމްބަސީގަ ބާޣީންނަށް ކުރާހަރަދުވެސް ކޮރަޕްޝަނަކަށް ނުވޭ. ވިޔަފާރިތަކަށް ފަސޭހަކޮށްދޭން ޖީބުފުރާލަން ކޯޓުމެދުވެރިކޮށް މިލިއަނުން އަޅާލިއަސް ކޮރަޕްޝަނަކަށް ނުވޭ.

The name is already taken The name is available. Register?

ޢެޑްމުންޑޯ

01 July 2019

އޭސީސީގެ ތިކަހަލަ ކިތައް އެންގުމަށް އިސްލާމިކް މިނިސްޓްޜިން ޚިލާފްވެއްޖެ ، ފިޔަވަޅު އަޅާކަށް އަދިވެސް ނުވޭތަ ، ވިސްނާބަޔަކަށް އިބްރަތް ހާސިލްވާނީވެސް

The name is already taken The name is available. Register?

އަލީ ސާއިރު

01 July 2019

ކިހާ ދެރަކަމެއްތަ! ހުރިހާ ޖާގައެއް ދީބަލަ ހައްޖު ކޯޕަރޭޝަނަށް. ސަރުކާރު ނޫން އެހެން އެއްވެސް ބަޔަކަށް މީހުން ހައްޖަށް ގެންދިޔުމުގެ ކަންތައް ހަވާލުކޮށްގެން ނުވާނެ. ސަރުކާރުން ބަޔަކު ހައްޖަށް ފޮނުވާކަށްވެސް ނުޖެހޭނެ. ކޯޕަރޭޝަނަށް އެ އޮންނަ ވަރަކަށް ލާރިދީގެން ހައްޖަށް ދެވޭ މީހަކު ދާންވީ. ހައްޖަކީ އެކަމުގެ މާލީތަނަވަސްކަން ނުވަތަ ޖިސްމާނީ ކުޅެދުންތެރިކަން ނެތް މީހެއްގެ މައްޗަށް ވާޖިބެއްނޫން.

The name is already taken The name is available. Register?

އިމަނާ

01 July 2019

އިސްލާމިކް މިނިސްޓަރަށް ތިޔަކުރެވެނީ ވައްކަން. ތިޔަކަމަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އަންނާނެ. ނިކަން ބިރުވެތިވެބަލަ. މިދައްކަނީ ހައްޖުގެ ވަކައޭ. ތިޔަވަރަށް ކޮރަޕްޓް ވާކަށް ނުވާނެ.

The name is already taken The name is available. Register?

އިމަނާ

01 July 2019

ދައްކާ ވާހަކަ ދިމާނުވާކަމީ ހައްޖުގެ ވާހަކަ ދައްކާއިރު ކޮޅުނެއްކޮޅަށް ހިތާމަ ކުރާކަމެއް. ބަލަގަ މަށަކީވެސް ކުންފުނިން ހިއްޞާ ގަނެފައިވާމީހަކީމެ. މިފަހަރުވެސް ކުންފުނީގެ ރައޫސުލްމާލު ރަގަޅުކުރަން ފައިދާއެއް ނުބަހާ. ފިނޭންސް މިނިސްޓަރ ވިދާޅުވަނީ ކުންފުނިތަށް އޮތީ ވަރަށް ދަށުހާލެއްގައޭ. ނަމަވެސް ކުންފުނީގެ ޚަރަދުގައި މީހުން ހައްޖަށް އެބަފޮނުވޭ. ކުޅިވަރުތަކަށް މިލިޔަނުން އެބަޚަރަދުކުރެވޭ. ހައްޖަށް ފައިސާ ދައްކައިގެން އުޅޭތާމިވީ 5 އަހަރު ބިރުވެތިވެބަލ

The name is already taken The name is available. Register?

ޢިރޭ

01 July 2019

މިދިޔަ އަހަރު 400 އިން މިއަހަރު 80 އަށް ..ކުރިއެރުމެއް

The name is already taken The name is available. Register?

ރޫލިޔާ

01 July 2019

ސީދާ ދޮގެއް. ފުރަތަމަ 550 ކޯޓާގެ ތެރެއިން ސަރުކާރަށް ނެގީ 80. ދެން އިތުރު މީހުން ސަރުކާރުން ފޮނުވީ ފަހުން ލިބުނު 1000ކޯޓާއިން ހައްޖައްގެންދާ ގްރޫޕްްތަކުން ކޯޓާލިބުންލެއް ލަސްވީމަ މީހުން ގެންދަން ބޭނުންނުވީމަ ސަރުކާރުން އެކޯޓާގެ ތެރެއިން މީހުން ފޮނުވީ.. ނޭގޭ ވާހަކަ ނުދައްކާ ހުންނާނި ޢިރޭޭ

The name is already taken The name is available. Register?

ޗިޗަންޑާނަވާރަ

01 July 2019

މިހާރު ކޮން ފާތުމަ އެއް ހުރެގެންތަ؟ މި މީހުން ޔާމީނޭ ފާތުމައޭ ކިޔާ އުޅުނީ ހަމަ ބާރު ހޯދަން. އެއްކަމެއް ވެސް އިސްލާހުކުރާ ކަށެއް ނޫން. މިހާރު މި ގޮތް ވެސް ރަނގަޅު. ސާބަހޭ.

The name is already taken The name is available. Register?

ފުންއަސަރު

01 July 2019

ތިކަމުގާވެސް ދެފުށްފެންނަ ގޮތަކަށް ކަންކުރުންބުއްދިވެރި. ނޫނީ ކުރީގެމީހުން މިހާރުގެމީހުނާ ދިމާއަށް ގޮވާއެއްޗެތި ގިނަވާނެ. އެއިރުކަންކުރި ގޮތަށް ނުކުރަންވެގެންދޯ އާ ސަރުކަރެއް ގެނައީ. ހުރިހާވެސް މައްސަލައަކީ އާސަރުކާރެއްއަޔަސް، ކޮންމެމުއައްސަސާއެއްގެވެސް މަތިފަޑީގާތިބީ ތިބެތިބެ ކުރަލާފާވާ ބަގައޭ. އެހެންވީމާ އަބަދުވެސް އެމީހުންގެވިސްނުން ހުންނާނީއެގޮތަށޭ. އެމީހުނަށް ހިޔެއްނުވެޔޭ އަދިވެސް އާ ސަރުކަރެއް އައިސް ކަންކަން ހަމަޔަކަށްއަޅުވަން އުޅޭހެނެއް.

The name is already taken The name is available. Register?

ޗިޗަންޑާނަވާރަ

01 July 2019

ކަލޯ ހަމަތަ؟ ކޮންމެ މުއައްސަސާއެއްގެ އެންމެ އިސް ވެރިއަކީ މިނިސްޓަރު. މިއީ އެންމެ ފުރަތަމަ ބަދަލުވާ މީހާ. މިއީ ސިޔާސީ މަގާމެއް. އޭނައަށް އޭނަގެ ބެލުމުގަ ދަށުގަ ހުންނަ މިނިސްޓްރީ ނުހިންގިގެން ވާ ކަންކަމަކީ އެހެން މީހުންގެ ކުށެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!