ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު
ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން އެކި ފަރާތްތަކަށް ދޫކޮށްފައިވާ 70 ވަރަކަށް ރަށުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މަސައްކަތް ކުރިއަށް ނުދާ ރަށްތަކުގެ ތެރޭގައި މީގެ 10 އަަހަރު ކުރިން ދޫކުރި ބައެއް ރަށްރަށް ވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހާ ދިގު މުއްދަތެއް ހޭދަވާނީ ސަރުކާރުތަކުން ބަލަންވާ ވަރަށް ނުބެލުމުންނެވެ.
"އެބަހުރި 2006 ވަނަ އަހަރު ދިން ރަށްތައް ވެސް އިނގޭތޯ. މި ކިޔަނީ މީހެއްގެ އުމުރުގެ ފަސް ބައިކުޅަ އެއްބައި، އާއްމު އުސޫލުން ނަމަ ހަބައިކުޅަ އެއްބައި މީ،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ރިސޯޓް ނުހެދި ހުއްޓިފައިވާ ރަށްތައް ތަރައްގީކުރަން ގާނޫނީ ގޮތުން ކުރަން ހުރި ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ކުރާނެ އެވެ. އަދި ރައްޔިތުންގެ ރަށްތައް ނަގައިގެން ތަރައްގީ ނުކޮށް ތިބުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރަށްރަށް ނުހެދި ވަނީ ރަށް ލިބުނު ފަރާތުގެ މައްސަލައިން އެކަނި ނޫން ކަމަށެވެ. ބައެއް ރަށްރަށަށް ސަރުކާރުން ހުރަސް އަޅާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ހަމަ ސަރުކާރުން، ކުރީގެ މިނިސްޓްރީ ތެރޭ އެބަހުރި މީހުންނަށް ހުރަސް އަޅާ، ހަމަ ގޯނާކޮށް. ސިޔާސީ ފިކުރު ތަފާތުވީމާ ވެސް އެބަހުރި ކަންކަން ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ތަރައްގީ ނުކުރެވި ހުރި ރަށްރަށް އަލުން ބާޒާރަށް ނެރެވޭނީ ހަމައެކަނި އެ ރަށްތަކުގެ އެއްބަސްވުން ބާތިލުކޮށްގެން ކަމަށް އަލީ ވަހީދު ގަބޫލެއްނުކުރައްވަ އެވެ. އެގޮތަށް ކަންތައް ކޮށްފި ނަމަ އެ މައްސަލަ ކޯޓަށް ވެއްދުމުން ކޯޓުގައި ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ފަސް އަހަރު އަޅުގަނޑުމެން ނިންމާނީ ހުރިހާ ރަށެއް [ކޯޓުގައިތޯ؟]. ނުވަތަ ރަށްތައް ހަދައި ނެރެގެންތޯ؟ މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލަކީ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ރަށްތަކެއް ޓޫރިޒަމަށް ދޫކުރުމަށް ވުރެ، ނުހެދި ހުރި ރަށްރަށް ތަރައްގީކުރެވޭނެ ގޮތެއް ހޯދުން މާ މުހިއްމެވެ.
ނުހެދި ހުރި ރަށްރަށް ދެތިން އަހަރުގެ ތެރޭގައި ހުޅުވޭވަރުވާނެ ކަމަށް އަލީ ވަހީދު ދެކެވަޑައިގަންނަވަ އެވެ.
ޓޫރިޒަމް ދާއިރާގެ މަސައްކަތް ލަސްވަނީ ކުރީގެ ސަރުކާރުގެ އޮޅުންބޮޅުންތަކާ ހެދި ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް މިއަދު އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ސްޕީޑް ލަސްކަމަށް އެފަރާތްތަކުން ބުނާ އިރު ކަންތައްތައް ލަސްވުމުގެ ސަބަބަކީ ކުރީ ސަރުކާރުން ކަންތައްތައް ކޮށްފައި ހުރި ގޮތެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
09 July 2019
ދިވެހިރައްޔިތުން Maldivian Democratic Party ގެކެންޑިޑޭޓް ސޯލިޙްއަށްވޯޓްދިނީ “ރާއްޖޭގައި ނުވެހުރިކަންކަންކުރުމަށާއި” ދައުލަތުގެމުއްސަނދިކަން އަދުލުވެރިކަމާއިއެކު އެންމެނަށްހިއްސާކުރުމާއި، ލާމަރުކަޒީބާރުވެރިކަމަށް ވެފައިވާވައުދަށްޓަކައި * * ދެތިން މަހުޖަނުންގެމަސްލަހަތަށްޓަކައި “ޓްއަރިޒަމް ފްލަޑްވާން ދޫކޮށްނުލާނެކަމަށްބުނެ” ވައުދުނާމާގައިބުނި 2000 އެނދުއިތުރުކުރުމަށް ވަޒީރުދެކޮޅުހެދުމަކީ ސޯލިޙްގެވައުދާއިހިލާފުވުންކަމަށްވާތީ މަގާމުންދުރުކުރާންޖެހޭ.
މާރަނގާ - އައްޑޫ ސިޓީ
09 July 2019
ވަޒީރު އުޅުއްވާގޮތުން “ކުޅިވަރު ކުޅުއްވަން އުޅުއްވާހެން ހީވާތީ” ރައީސް ސޯލިޙް ވެއްޖެ ނޫންތޯ Tourism Minister އާއި Ministry of Youth. Sports & Community Empowerment ގެ ވަޒީރުން ބަދަލުކޮށް ކުޅިވަރު މިނިސްޓަރަކަށް އައްޔަ އަދި ޓޫރިޒަމް މިނިސްޓަރުކަމަށް ހީވާގިކަމާއި އެކު މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި ގަދައަށް މަސައްކަތް ކުރައްވާ އަހްމަދު މަޙްލޫފް ހަމަޖައްސަވަން. * * އަލީ ވަހީދު މިހާރުވެސް އެހުންނެވީ ފޭލްވެފަ. ދުރުކުރައްވާ.
މާރަނގާ - އައްޑޫ ސިޓީ
09 July 2019
އަލީވަހީދަކީ އަހަރުމެން އުއްމީދުކުރިފަދަ ވަޒީރެއްކަމަކަށްނުވި. ސޯލިޙްގެ ސަރުކާރު ވަޒީރުންގެ ތެރެއިން ޓްއަރިޒަމް، އިކޮނޯމިކް އަދި ޙާރިޖީ ވުޒާރާ ކަންނެތްވެ ބަރުހެލިކަމާއިއެކު ޒިންމާއާއި ދުރުގައި އުޅޭނަމަ އޭގެ ނުބައި އަސަރު ކުރާނީ ސޯލިޙްގެ ސަރުކާރަށް. * * މިނިސްޓްރީތައް އިވިލުއޭޓް ކުރުމަށް ރައީސް ބޭފުޅަކު ނުވަތަ ބޭފުޅުންތަކެއް ކަޑައަޅުއްވާފައިވާނަމަ ޓްއަރިޒަމްގެ ސިނާއަތު ކުރިނާރާވާހަކައާއި މެނުފެސްޓޯ ފޮލޯ ނުކުރައްވާ ވާހަކަ ރައީސަށް ދަންނަވާންޖެހޭ.
ރިސޯޓް
09 July 2019
ތި ނުހެދި ހުންނާނީ އެމްޑީޕީ ވެރިލަމުގަ އެމްޑީޕީ މީހުންނަށް ގޮތެއްފޮތެއްނުބަލާ ބެހި ރައްތައް.
ihaaru.
08 July 2019
ދިވެހިރާއްޖޭގެ ރީތިރަށްތައް އެހެން ޤައުމުތަކުގެ ހޮޓާތައް އިސްތިހާރުކޮށް ސޯޝަލްމީޑިޔާގަ މާކެޓް ކުރަން ބޭނުންކުރިޔަނުދިނުން އެދެން!
މާރަނގާ - އައްޑޫ ސިޓީ
08 July 2019
ވަޒީރަކީ “ރައީސުލް ޖުމްހޫރީއްޔާ ހަވާލު ކުރައްވާ މަސްއޫލިއްޔަތެއް އަދާކުރާން ޖެހޭ މީހެއް” ކަމުގައިވާއިރު ރައީސްސޯލިޙް މިނިސްޓަރާއި ހަމައެކަނި ހަވާލު ކުރައްވާފައިވަނީ “ހޯދިގޮތެއް ސައްޙަގޮތުގައި އިގެންނެތް ފަޅުތަކާއި ރަށްތައް” އަދި މަހުޖަނުންގެ ޖަމީއްޔާ MATI ގެ މަންފާއަށާއި ރައްކާތެރިކަމަށް ހަމައެކަނި ވިސްނުންތޯ ؟ * * ތިރަށްތަކުގެ މައްސަލއަކީ ތަފާތު އެހެން ކަމެއް. އުތުރާއި ދެކުނަށް ގެންނާންބުނި ފަތުރުވެރިކަމަށް ރަށްތައް ދޫކުރޭ.
ނައިފަރުސިޔާމް
08 July 2019
ބޭފުޅާ، ޅ. އަތޮޅު ހުދުފުށި ހަދާތާ 26 އަހަރު ވެއްޖެ. އެރަށް ހަދަންފެށި ދުވަސްވަރު އެރަށަށް ވަޒީފާ ދާން އުއްމީދު ކުރި ޒުވާނުން މިތިބީ މިއަދު މުސކުޅިވެކާފަ ކިޔާފަ. ކާކު ޒިންމާނަގަނީ؟ އަދަދު ހާމަކުރުމުގެ ބަދަލުގައި ތަފީޒުނުކުރެވޭނަމަ ތިބޭފުޅުން ވެސް ދުރަށް ވަޑައިގަންނަވާ.
ނޯވަންއެބަވްލޯ
08 July 2019
ތިބުނާ ހުދުފުށްޓަކީ މަސައްކަތް ކުރާ އެތަށް ގުރޫޕެއްލައްވާ މަސައްކަތް ކުރުވުމަށްފަހު ފައިސާނުދީ މީހުން ހާލުޖައްސާ ބައެއް. ސަރުކާރުގެ އެއްވެސް ގަވައިދަކަށް އެތާތިބޭބަޔަކު ނުބަލާނެ. ޢެހެންވަނީ ރ މައުމޫންގެ ދަބިދަރިފުޅުގެ ރަށެއްވީމަ ތޯއްޗެއް.
ސަހަރޯ
08 July 2019
ދަންނަވަންތޯ، ކަޑައެޅިގެން ރައްޔިތުންގެ މުދަލާ ބިން ދީފަހުރީ ނުހައްޤުން ކަން ޔަގީން ވާއިރު، މި ތަންތަން މިނިވަން ކުރުމުގެ އިޚްތިޔާރު ބޭނުން ކުރަން ނޭގެނީ ނަމަ، ތިވަޒީފާއާއި ދުރައް ވަޑައިގެން. ލީޑަރޝިޕް އެކްސެކިއުޝަން ޕަވަރ އެއް ނެތް.
ވާލުސޮރު
08 July 2019
އެންމެންނަށް ވެސް އިނގޭ ރިސޯޓު ހަދަންށޭ ކިޔާފަ ރައްތަށް ބަހާލާ ސިޓީތައް ހިފައިގެން އޭރުގެ ލަބަންބާ ކެފޭ އާއި ވެލާނާގެ ކުރިމަތީ ގަ މީހުން އުޅުނީ ކަންމަތީ ފިހާރައަކުން ލޮލީ ގަންނަ އުސޫލުން. ދެން ޖެހުނު މީހަކަށް ވިއްކާލާ އޭގެ އެޑްވާންސް ބަހާލައިގެން ހީވީ އަމިއްލަ ތަރިކަ މުދާހެން، މިކަން ލޮލުން ދެކެ އަތުން ހިފާފަ ތިބި އެތައް ދިވެއްސެއް ތިބޭނެ
ޢަފްރާދު
08 July 2019
އަސްލު ކަންތައްތައް ހުރީ ހަމަ އެގޮަތަށް