ފެމިލީ ކޯޓް: އަންހެނަކު އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށް ދާން ވަނީ ހުކުމް ކޮށްފައި. --ފޮޓޯ/މިހާރު
އަމިއްލަ ރަށް ދޫކޮށް އެހެން ރަށެއްގައި އުޅުނު ޒުވާން އަންހެނަކު އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށް ދާން ފެމިލީ ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
މި ހުކުމް ކޮށްފައިވަނީ އުމުރުން 22 އަހަރުގެ، ސ. ހިތަދޫ އަންހެނެއްގެ މައްޗަށެވެ.
މި އަންހެން މީހާ އާއިލާ އަށް ފިލައިގެން ގޮސް އެހެން ރަށެއްގައި އުޅޭތީ، އޭނާ އަށް ވެދާނެ ގޮތަކާ މެދު ބިރުގަނެ ޖެހިލުންވާ" ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ އަންހެން މީހާ ދިޔައީ ފިލައިގެން ނޫން ކަމަށާއި މަންމަ ގާތު އަހައި ހުއްދަ ހޯދައިގެން ކަމަށް އަންހެން މީހާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ބައްޕަ ބުނެފައި ވަނީ ދަރިފުޅު ކައިވެންޏެއް ވެސް ނުކޮށް ހުރުމުން ދަރިފުޅު ހުންނަންވާނީ ބައްޕަގެ ބެލުމުގެ ދަށުގައި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އަންހެން މީހާ ބުނެފައިވަނީ އޭނާ އެހެން ރަށަކަށް ގޮސް އުޅެނީ ކައިވެންޏެއް ކުރަން ކަމަށެވެ. ބައްޕަގެ ބެލުމުގެ ދަށަށް ދާން ބޭނުން ނުވާ ކަމަށާއި އެއީ ބައްޕަ އަށް އިތުބާރު ނުކުރާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ޝަރީއަތުން ނިންމީ، ބައްޕަގެ ކިޔަމަނުން ބޭރުން އެހެން ރަށެއްގައި އަންހެން މީހާ އުޅެނީ މަގުބޫލު ސަބަބެއް އޮވެގެންކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނެތް ކަމަށެވެ.
ބައްޕަގެ ބެލުމުގެ ދަށަށް ދާން ހުކުމްކުރީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކީ އެއްވެސް ގައިދެއް ނެތި މުތުލަގަށް ދީފައިވާ ހައްގުތަކެއް ނޫން ކަމަށާއި އެ ހައްގުތަކުގެ އަސާސަކީ އިސްލާމް ދީނުގެ އަސްލުތައް ކަމަށް ބަޔާންކޮށް އަދި ކީރިތި ގުރުއާނުގެ ސަރީހަ ނައްސުންނާއި ކީރިތި ރަސޫލާގެ ސައްހަ ހަދީސްފުޅުތަކަށް ރިއާޔަތްކޮށް ހައި ކޯޓުން 2012 ވަނަ އަހަރު ކޮށްފައިވާ ހުކުމަކަށް ރިއާޔަތްކޮށްފަ އެވެ.
މި ކަންކަމަށް ރިއާޔަތްކުރާއިރު އަންހެނަކު ކައިވެނި ނުކުރާހާ ހިނދަކު އެ އަންހެނެއްގެ މައްޗަށް އެންމެ އިސްވެގެން ވަނީ ބައްޕަ ކަމަށާއި ފާފައަކަށް ނުވާ ކަންކަމުގައި މައިންބަފައިންނަށް ކިޔަމަންވުން ލާޒިމްކަން ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ހަދީސްފުޅުތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ގާޒީ ހުޒައިފާ މުހައްމަދު ހުކުމް ކުރެއްވީ އެ އަންހެން މީހާ އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހަސަންލުތުފީ
13 July 2019
ދިވެހިރާއްޖޭގެ ގާނޫނުގައި 18 އަހަރުން ދަށަކީ ކުޑަކުދިންކަމުގައި ކަނޑައެޅުމުގެ ބޭނުމެއްނެތް. 55 އަންހެނާވެސް މިޖެހެނީ ކައިވެންޏެއްގައި ނުވާނަމަ ބައްޕަފަރާތު ބަލަދުވެރިޔާކާރިއަށްދާން. މިދެން ބޮޑުޖޯކެއް. ދިވެހިންނާއި އެބައިމީހުންގެ ކޮށިވިސްނުން ކޮމެންޓްތަކުންދޭހަވޭ. މަވާސަލާން.
ހަންސަން
13 July 2019
ކޯޓުގެނިންމުންރަނގަޅު. ވަރަށް ޙިކްމަތްތެރި. ދަރިންނަށް ޒިންމާވާމްޖެހޭނީ ބަފައިން ނަށާއި މައިންނަށް.
ޙުވަދޫ
12 July 2019
ތި އަންހެން ކުއްޖާގެ އާއިލާއިން މާމާތްކުއްޖަކަށް ހަދަން މަސައްކަތްކުރާތީ ހަމަ އަޖައިބުވޭ އެއީ އައިއެސްްއަށް ނުދެވިގެން ދަންޖެހޭ މީހެއްއެއީ އެކަން ނުޖުއްޓުވި މިހިސާބަށް ދިއައީމަ ކޮން މާތެއްވާކައް އޭނަގެ ބައްޕަމެން ތިއުޅެނީ ވަރަށް ރަގަޅަށްއެގޭ ތިމީހުން
ނުބެހޭ މީހާ
12 July 2019
ވާނުވާ އެގިގެނެއނޫން ކޮންމެހެން ވާހަކަ ދައްކަންޖެހޭނީ މީހުން އޭތި މީތި ކީމަ ކޮންމެހެން ލަދުގަންނާނެ ކަމެއްނެތް އަލަކަށްނޫން އަންހެންކުއްޖަކު ތިގޮތަށް ދިއައީ ތިބައްޕަގެ އެބައުޅޭ މައްސަލަ އޭނަ ހަމަނޫންހެން މަށަށްހީވަނީ ދެވިފަހުރި ތަރުބިއްޔަތުގެ އެއްވެސް ބުރަދަނެއްނެތީ ވ ސަލާމް
މަވެސް މިބުނީ
12 July 2019
ނިއުމަތުﷲ އެބަ ޖެހޭ ސުރުހީ ލިޔާއިރު ތަންކޮޅެއް ޒިންމާދާރުވާން. މިއީ މައްސަލައެއް ނުވަތަ ޚަބަރެއް އުފައްދަންޖެހޭވަރުގެ ވާހަކައެއްވެސް ނޫން. ކައިވެނި ނުކުރާ އަންހެން ދަރިން ތިބެން ޖެހޭނީ ވާރިސުންގެ ބެލެނިވެރިކަމުގަ.
ދެން ބުނެބަލަ
12 July 2019
އޭނަ އެއީ ފުރާފުރިހަމަވެ ހަމަބުއްދި ލިބިފައިވާ އަންހެނެއް ނޫންތަ ؟ ކޮބާ މިކަމުގައި އޭނައަށް އޮތް އިޚްތިޔާރު ؟ ހިއުމަންރައިޓްސް ؟ އަންހެނުންގެ ޙައްޤުތައް ؟ އަދުލުއިންސާފު ؟
ދެންވެސް މިބުނީ
12 July 2019
ވާރިސުންގެ ބެލުމުގެ ދަށުގަ އިނުމަކީ ހައްޤުތައް ގެއްލި އަޅުވެތިވާ ކަމެއް ނޫން
އަދި އެއް ފަހަރު
13 July 2019
ކޮބާ ބޭނުން މީހަކާ ިއިނުމުގެ ހައްގު؟ ހަމައަޅުވެތި ކޮއްފައި ބައްޕަ ދައްކާ މުއްސަނދި މީހަކާ ނުދެވިގެން. މީގެ ކުރިން ކިތައް މީހުނާ އެ އަންހެން ކުއްޖާ އިންނަން އުޅުނު؟ ދެން މީހަކާ ނުދެ ވާނެ ކަމުގެ ބިރައްވެސް ހަމަ ހޭގަ ހުރި މީހަކު ފިލާނެ.
ލީން
12 July 2019
އަޅެ ދެންކޮންމެސް ބަޔަކު ވެއްޖެއެއްނު ސިރިއާއަށް ގޮސް އެކަމުގެ ބިރުވެރި ދަތި ދިރުއުޅުމުގެ ވާހަކަ އާންމުންނަށް ކިޔައިދޭން. ސީރިއާއަށް ޒުވާނުން ވިއްކާ ވިޔަފާރި ކުރާ މީހުން މިހާރު ސަރުކާރަށް ހޯދެންވާނެ. ސަރުކާރުން އެކަން ހުޓުވަން އާންމުން ހޭލުންތެރި ކުރެވެންވާނެ.
ޖަމްބޭ
12 July 2019
ތީގައެބައުޅޭ މައްސަލައެއް މަންމައާއި ބައްޕައުޅެނީ އެކުގަކަމައްވަންޏާ ތިއައަންހެންކުއްޖާ ތިއީބަސްނާހާކުއްޖެއް ބައްޕައެކަނިއުޅޭކަމައްވަންޏާ އެބަޖެހޭ ތިއަކުއްޖާބުނާއެޢްޗަކަށްބަލަން ކޮންމެގޮތެއްވިޔަސް ތިހުރިހާލަތުން ބައްޕަގެ ބެލެނިވެރިކަމުގެދަށަކުން ބޭރެއްނުވެވޭނެ
ނުވިބުރަދާއިންލޯ
12 July 2019
މިކޮމެންޓު މިކުރަނީ ހުސް ރޯނު އެދުރުން. ކަލޭމެން ފުރަތަމަ ކުރަންވީކަމަކީ ބައްޕައަކީ ކާކުތޯބަލާ އަދި އިންނަން އުޅޭ ފިރިހެންސޮރަކީ ކާކުތޯބަލާ ތިޔައަންހެންމަންޖެއަކީ ކާކުތޯބެލުން. އަހަރެންމީ އެއާއިލާމީހެއް. އަދިތަންކޮޅެއްލަސް ތިފިރިހެންސޮރުކައިރިން ގެންނަން.
މަ މިއު މަ
11 July 2019
އޭނަ ބައްޕައަށް އިތުބާރު ނުކުރާއިރު ކީއްވެ ހަވާލު ކުރަންވީ؟؟؟؟؟؟؟ އެހެން ނޫނަސް ބޮޑުވެފަ ހުރި މީހެއް އުޅޭނެ ތަނެއް ނުވަތަ ގޮތެއް އެނގޭނީ ކޯޓަކަށް ނޫން.
ޖަންބޯ އެދުރު
12 July 2019
ކަލޭހާދަމޮޅޭ ކަލޭގެ އަންހެންދަރި ދޭބަލަ ނުދަންނަ ނަޑެއްލާ ޑްރަގުނަގާ ސޮރެއްގެ ފަހަތުން ކަލޭހިތައްކުރާނެ އަސަރު އެނގިދާނެބާ؟
ހުސެއީ
12 July 2019
ބައްޕަ ބޭނުމެއްނުވޭ ދަރިފުލު ސީރިޔާ އަށް ގޮސްނިމޭކައް.
ޟަރީ
12 July 2019
އިރކޮޅަކުން ނަހަލާލަށް ދަރިއަކު ވިހެއީމަ މައިން ބަފައިންނަށް އެއްޗެހިވެސް ކިޔާނެ އެވަރަށް..
ބައްޕަ
12 July 2019
ބައްޕަ ޖެހޭނެ ޒިންމާ ނަގަން. އިންނަން ބޭނުން މީހަކާ އިނދެވޭ ގޮތަށް ޝަރީއަތުގައި އޮންނަނީ މިހެންވެ.. ޕާސްޕޯޓުވެސް އޮތީ ބައްޕަ އަތު. ކޮން ސީރިއާ އެއްތަ؟؟
ޙަސަން ރަޝީދު
11 July 2019
ފޯރި ދައްކާފަ މައިންބަފައިންގެ ނުޤަބޫލުގައި އިނދެފައި، އެންމެ ފަހުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވާއިރު އެހީތެރިވެދޭން މިތިބެނީ ހަމަ އެމައިންބަފައިން..ވީމަ ، ގެވެށި އަނިޔާގެ ވާހަކަ އާ ފިރިން ޒިއްމާ ދާރުނުވެ ޚަރަދު ނުދީ އުޅޭ ވާހަކަ ދައްކާއިރު، މައިންބަފައިންގެ ޒިއްމާގެ ވާަހަކަވެސް ދައްކަބަލަ،