ިއިސްކަންދަރު ސްކޫލަށް ޕާކިސްތާނު އެމްބަސީން ތަކެތި ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން-- ފޮޓޯ: އިސްކަންދަރު ސްކޫލު
ޕާކިސްތާނު އެމްބަސީން، އިސްކަންދަރު ސްކޫލަށް 1.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.
އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، ސްކޫލަށް ތަކެތި ހަދިޔާކޮށްދެއްވީ ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީމް އަކްރަމެވެ. އިސްކަންދަރުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ޕްރިންސިޕަލް ހުސެއިން ސައީދެވެ.
ޕާކިސްތާނުން ވަނީ، 55 އިންޗީގެ ސްމާޓް 8 ޓީވީ އާއި ސައުންޑް ސިސްޓަމާއި އެއަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި 25 ޔޫޕީއެސް އަދި 150 އެގްޒެކެޓިވް ގޮނޑި ހަދިޔާކޮށްފަ އެވެ. އަދި އެތަނުން ހަދިޔާކުރި ފަސް އިންޗީގެ 16 ޓީވީ، އެ ސްކޫލުގެ ހޯލުގައި ބަހައްޓައި ޑިޖިޓަލް ޓީވީ އިފްތިތާހް ކޮށްފައިވެ އެވެ.
ޕާކިސްތާނު އެމްބަސީން އިސްކަންދަރު ސްކޫލަށް ތަކެތި ހަދޔާކުރަަން ބޭއްވި ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ވާހަކަދައްކަވަނީ- ފޮޓޯ: އިސްކަންދަރު ސްކޫލު
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ، މީގެ 58 އަހަރުކުރިން އުފެއްދި އިސްކަންދަރު ސްކޫލުން ތައުލީމީ ދާއިރާގައި ކުރި ހޯދާފައިވާކަމަށެވެ. އެއީ ހަމައެކަނި ކިޔަވައިދިނުމުން އެކަނި ނޫން ކަމަށާއި ކަންކަން ހޯދައި ބެލުމުގައި ވެސް ކުރި އެ ސްކޫލަކީ ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާކިސްތާނުން ހަދިޔާކުރި ތަކެތީގެ ބޭނުން އެ ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުން ހެޔޮ ގޮތުގައި ބޭނުންކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޕާކިސްތާނު އެމްބަސީން އިސްކަންދަރު ސްކޫލަށް ތަކެތި ހަދިޔާކުރަަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން- ފޮޓޯ: އިސްކަންދަރު ސްކޫލު
ޕާކިސްތާނު ސަފީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އިސްކަންދަރު ސްކޫލަށް ދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށެވެ. މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދިއުމާ ހަމައަށް އިލްމު އުނގެނުމަށް އިސްލާމުގައި ބާރު އަޅާއިރު، މާދަމާގެ ލީޑަރުންގެ ގޮތުގައި ތިބި ދަރިވަރުން އިލްމު ހޯދުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ސަލީމާ
08 August 2019
މިފަދަ އެހީއެއް ވެދިން އިރު ސަރުކާރުގެ އެއްވެސް އިސްވެރިއެއް މިބަލައެއް ނުގަތް.. ކޮބާތޭ ނަލަ ހެދިލާފަ ހުންނަ މިނިސްޓަރު
އަހްމަދު
08 August 2019
ވަކި ސްކޫލަކަށް ދިނުން އޯކޭ! އެހެނަސް ސުވާލު އުފެދެނީ ކީއްވެހޭ ވަކި އިސްކަންދަރު؟ އެތާނގައި ވަކި ޚާއްޞަ ކޮން ކަމެއް އޮވެގެން ހޭ؟
ދޮބާސީ
08 August 2019
ތިވަރަށް ހަދިޔާލިބޭ އިރުވެސް އިސްކަންދަރުން ބެލެނިވެރިން ފެލުން ހުއްޓާލާކަށްނުވޭތަ؟
އިސްކަންދަރު ރަދުން
07 August 2019
އިސްކަންދަރު ކުދިން އުފާކުރަންވީ. މާދަމާ އިންޑިޔާއިން ތިއަށްވުރެ ބޮޑު އެހީއެއް ހިފައިގެން އަންނާނެ. ސާބަހޭ ޕާކިސްތާނު. ޕާކިސްތާނުން އެހީއެއް ދީފިއްޔާ އެ އެހީއެއް ދިން ބަޔަކު އެ އެހީއެއްގެ ބޭނުންކުރިޔަ ނުދޭން އެހީއެއްގެ ނަމުގައި ފޭކު މުދާގަނޑެއް ހިފައިގެން އައުމަކީ މިއަދު އިންޑިޔާއަށް ޖެހިފައި އޮތްކަމެއް. މިފަހަރުވެސް އެކަން ކުރާނެ. އިސްކަންދަރު ކުދިން އުފަލުން ހިފަން ތިބޭތި.
ހާދަނޯއިންސާފޭ
08 August 2019
އިސްކަންދަރަށް އެކަނި ކީއްވެ ހުރިހާ އެހީއެއް ލިބެންވީ؟
ހުވާ
07 August 2019
އެ ކީއްވެ އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާނުކުރީ؟ ވަކި ސްކޫލްއަކަށް އެގޮތްށް އިންޓަރނޭޝަނަލް އެއިޑް ލިބުން ކަމަކުނުދޭ. މޯ ލައިން ކޮރަޕްޝަން
ހުސާމް
07 August 2019
ޕޭރެންޓުސް މުއްސަންދިއްޔާ ފާއިދާ ހުރީ އެ ޕޭރެންޓުސް އަށް . އިސްކަންދަރަކަށް އެޔަކުން ވާ މަންފާ އެއް ނެތް.
ހަވީރު
07 August 2019
އިސްކަންދަރަށް ދޯ. ރާއްޖޭގެ އެންމެ މުއްސަދި ޕޭރެންޓުން ގިނަ ސްކޫލަށް ދޯ. އަޅެ ކީއްތަވާނީ ވަސީލަތްތައް ހަމަނޫން ކޮންމެވެސް ރަށެއްގެ ސްކޫލަކަށް ދިނިއްޔާ.
މާރިޔާ
07 August 2019
މުއްސަނދިއެއީ ތިހެންބުނީނަ ވާއެއްޗެއްތަ؟
ކައްލަބް
07 August 2019
އިންޑިއާ ވަރަށް ރުޅި އައިއްސަ އޮންނާނީ މިހާރު. އިންޑިއަން އެމްބަސީން ބަލާނެ މިކަހަލަ ހަބަރުތައް ގަވައިދުން. މޫނު ކޮނިކޮށްގެން ތިބޭނީ މިހާރުވެސް.
ކަރީމުއްދީން ބާޝާ
07 August 2019
ވަސީމް އަކުރަމަކީ ކުރިކެޓުކުޅެން އެއުޅޭ އަކުރަމުތަ؟