އެމްޓީސީސީ "ޕްރައިވެޓް ހަޔާ"ގެ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

ޓެކްސީގެ ގޮތުގައި އެމްޓީސީސީން ކުރިން ދިން "ޕްރައިވެޓް ހަޔާ"ގެ އަގު ވެސް އިއްޔެ އިން ފެށިގެން ހެޔޮކޮށްފި އެވެ.


އެމްޓީސީސީގެ ކާރުތައް ކުރިން ހުޅުމާލެ އިން މާލެ އަށް ދަތުރު ކުރަނީ 130 ރުފިޔާ އަށެވެ. އަދި ހުޅުމާލެ އިން ހުޅުލެ އަށް 100 ރުފިޔާ އަށެވެ. އެކަމަކު ޓެކްސީ ކުރުމުގެ އަގަށް ޓްރާންސްޕޯޓް މިިނިސްޓްރީން ގެނައި ބަދަލާ އެކު އެމްޓީީސީސީން ދޭ ޓެކްސީގެ ހިދުމަތުގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މާލެ އިން ހުޅުމާލެ އަށް މިހާރު 75 ރުފިޔާ އަށް ދަތުރުކޮށްދޭނެ އެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް 60 ރުފިޔާ އަށް ދަތުރުކޮށްދޭނެ ކަމަށް އެތަނުން ބުންޏެވެ.

މިއީ ޓެކްސީ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އާ އުސޫލުގައި ވެސް ހިމެނޭ އަގުތަކެވެ.

އެމްޓީސީސީން ބުނިގޮތުގައި މާލެ އާއި ހުޅުމާލޭން ވެސް މިހާރު އެ ކުންފުނީގެ ހިދުމަތް ހޯދޭނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ ވެލާނާ އިންްޓަނޭޝަނަލް އެއާޕޯޓަށް ދާ ބަސްތައް އެތަނުގެ ފުރާ ޓާމިނަލް ދޮރުމައްޗަށް މަޑުކޮށް، ފަސިންޖަރުންނާއި ލަގޭޖް އަރުވާ ބޭލޭނެ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ހުޅުލެއިން މާލެ އަށާއި ހުޅުލެ އިން ހުޅުމާލެ އަށް ދަތުރު ކުރާ ބަސްތައް، މާލެ އާއި ހުޅުމާލޭގެ ބަސް ސްޓޮޕްތަކަށް މަޑުކޮށް މީހުންނާއި ލަގެޖް އަރުވާ ބޭލޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.