މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ އައްޑޫ ސިޓީ ކައުންސިލުން މިރޭ މާލޭގައި ބައްދަލުކުރަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގައި ކަމަށެވެ. މި ބައްދަލުވުމުގައި އައްޑޫގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.
ވެރިރަށް މާލޭގައި އައްޑޫގެ ވަރަށް ގިނަ ބަޔަކު އުޅެ އެވެ. އަދި މާލެއަކީ އައްޑޫގެ ވަރަށް ގިނަ ވިޔަފާވެރިންގެ މައި ވިޔަފާރި މަރުކަޒު ވެސް މެ އެވެ.
— Addu City Council (@AdduCityCouncil) August 22, 2019
މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާ ބައްދަލުރަން ކައުންސިލުން ނިންމި އިރު، މިދިޔަ މަހުގެ ފަހުކޮޅު ކައުންސިލުން ވަނީ އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެކު ވެސް ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ އައްޑޫގެ ތަރައްގީގެ މަޝްރޫތަކާއި އަންނަ އަހަރަށް އެކުލަވާލާ ބަޖެޓް ފަދަ ކަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.
ނަމަވެސް ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދު ވެސް ހާޒިރު ވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
void ab initio
25 August 2019
އިންތިހާބު ކައިރިވީ ދޯ ؟ ކައުންސިލުން އެއްމެފަހުން ނިންމީ ދިރިއުޅެން ނުފަށައި ހުރި ގޯތިތައް އެތަންތަނުގެ ހައްގުވެރިންގެ އަތުން ނަގާ ގޮތަށް. ކީއްތަވާނީ ނެހެދިގެން އުޅޭ ސަބަބު ބަލައި ލޯނާއި އަދިވެސް ބޭނންވާ އހެނިހެން އެހީތެރިކަން ދޭން މަޝްވަރާ ކުރިނަމަ. ދެންވެސް ގޯތިތައް ސަލާމަތް ކުރެވޭނީ މބައިގަނޑު ބޭރުކޮށްގެން
ރައީޒް
25 August 2019
އާދެ އައްޑޫ މީހުން ބެނުންވަނީ ކޮންކަމެއްތޯ.. ރިހާކުރުތޯ.. ނުވަތަ އައިސް ކުރީމްތޯ..
އެގޮތަކަށް
24 August 2019
ރަށައްދާންވެފެނޭ އަށްޑުކުރިއަރުވަން! މާލެއައްވުރެއްކުރިއެރުވިދާނެ!
މާރަނގާ - އައްޑޫ ސިޓީ
24 August 2019
އަހަރުމެންގެ ފަރާތުން ކައުންސިލަރުންނާއި މޭޔަރެއް އަދި ޤާނޫނުހަދާ މަޖިލީހުގައި އަހަރުމެންގެ އަޑުއުފުލުމަށް ހޮވާފައިވާމީހުނަށް މިސިޓީގައިހުރި މައްސަލަތަކާއި ކުރާންޖެހޭކަންކަން ނޭގެނީތޯ؟! * * ރައީސް ސޯލިޙަށާއި އެމްޑީޕީއަށް އަހަރުމެންދިންވޯޓް ދީފައިވާނީ އައްޑޫސިޓީއާއި ސިޓީއާއި ގުޅިފައިވާ އަވައްޓެރި އަތޮޅުތަކުގެ ތަރައްޤީވެސް ހިމެނޭގޮތުން މިރީޖަނަށް ގެންނާންބުނި ތަރައްޤީއަށް. މިހާރު އެކަންތައް ވޯޓާއިއެކު ނިމިދިޔައީތޯ؟
މުވައްޒަފު
24 August 2019
ކައުންސިލް އިންތިޚާބަށް ދައުލަތުގެ ބަޖެޓުން ކެޕްމެއިން ކުރާނެ މޮޅު އުކުޅެއް ހޯދާ އެގޮތުން ކުރާ ކެންޕޭނެއްތީ. ސޯބެއާއި މިހާރުގެ ކައުންސިލަރުންނަށް ތިޔަ ގޮތަށް ރައްތިތުންގެ ފައިސާއިން ކެންޕެއިން ކުރުމުގެ ހައްޤެއްނެތް. އަހަރެން މީ މާލޭގައި އުޅޭ އައްޑޫ މީހެއް. ނު ދާނަން ތިތަނަށް އަދި ތިޔަ މެންބަރުންނަށް ވޯޓެއްވެސް ނުދޭނަން. ތިއަހަރު ފަހުންތަ މަލޭގައި އައްޑޫ ބަޔަކު އުޅޭކަން އެނގުނީ. ތިވެސް ހަމަ ކޮރަޕްޝަން. މިހާރުން މިހާރަށް ތިޔަކުޅި ގަނޑު ހުއްޓާލާ!
ދޮން ތުއްތު
24 August 2019
އަވަހަށް ރަށަށް ބަދަލު ވާން ވީ އޯ އެންމެން!
ކުޅޭ ބޭބެ
25 August 2019
ކަލޭމެން ބަނޑަށް ޖެހެން؟
މަސްވެރިޔާ
24 August 2019
ތިމާމެންގެ ޑިގުވެއްޓިދާނެތީ ތަންދޮރުދަންނަމީހުނަކަށް ދައުވަތުނުދޭނެ. މިހާރު އެތެޅެނީީ އިނަތިޚާބު ގާތްވާތީީ. މާލޭގައި ތިއްބަވާ ޕާޓީތަކުގެ ބޮޑުންނާއި ޕާޓީތަކުގެ މުއްސަދިކަން އަދި ސަރުކާރުގެ ބާރުތައް މިއިންތިޚާބާއިީ ބެހޭހާހިނދު ހޮވޭނީީ އެވެރިން ބޭނުންވާޒާތުގެ ރައުޅުން. ތިކައުނަސިލަކު ނެތް އައްޑޫގައިތިބި ތައުލީމީ، ހުނަރުވެރި، މަސައްކަތްތެރި އަދި ކަންކަމަށް އިންވެސްޓްކޮއްފާނެފެންވަރުގެ ދަރިން ގާތްކުރަން ކެރޭވަރުގެ ގަޓްހުރި އެކަކުވެސް.
ބޮޑުމީހާ
24 August 2019
ރަށްތައް ތަރައްގީވާނީ އެބަޔެއްގެ ރަށަށް އެބަޔަކުގޮސްގެން. މާލެގަ ބޮޑު ކުލީގަ އުޅެމުން މަގޭ ރަށް ތަރައްގީ ނުވިއޭ ކިޔުމުގެ ބޭނުމެއް ނެތް.
އަހްމަދު
24 August 2019
މާލޭގައި ތިބި އައްޑޫ ވިޔަފާރިވެރިންނަކީ މިހާރު އައްޑޫ މީހުންނެއްނޫން . އެއީ މިހާރު މާލޭގެ ރަށްވެހިން.
ޢައްޑޫ
24 August 2019
މާލެ ދޫކޮށް އައްޑޫއެންމެން އައްޑޫއަށް ބަދަލުވޭ