ޚަބަރު / ޗީފް އޮފް ޑިފެންސް ފޯސް

ސިފައިންގެ ވެރިންގެ ބޮޑު ކޮންފަރެންސެއްގައި ޝަމާލް

ސިފައިންގެ ވެރިންނަށް ހާއްސަކޮށްގެން ބޭއްވި ކޮންފަރެންސްގައި ޝަމާލް (ކ-2) ގައުމެއްގެ ސިފައިންގެ ވެރިއަކާ ބައްދަލުކުރައްވަނީ-- ފޮޓޯ: އެމްއެންޑީއެފް

28 އޯގަސްޓް 2019 - 16:19

5 comments
happy icon 90%

ސިފައިންގެ ވެރިންގެ ބޮޑު ކޮންފަރެންސެއްގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންފި އެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނިގޮތުގައި މިދިޔަ ހޯމަ ދުވަހު ތައިލެންޑުގައި ފެށި "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި 33 ގައުމެއްގެ ޗީފް އޮފް ޑިފެންސް މަގާމު ފުރުއްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ސިފައިންގެ ވެރިންނަށް ހާއްސަކޮށްގެން ބޭއްވި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން-- ފޮޓޯ: އެމްއެންޑީއެފް

ކޮންފަރެންސްގެ ތެރެއިން ޝަމާލް ވަނީ މިިދިޔަ ހޯމަ ދުވަހު އޮސްޓްރޭލިއާގެ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އެންގަސް ކޭމްޕްބެލްއާ ބައްދަލުކުރައްވައިފަ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ތައިލެންޑުގެ ދަތުރަށްފަހު "ދަ ކޮލޮމްބޯ ޑިފެންސް ސެމިނާ" ގައި ބައިވެރިވެވަޑައިގަތުމަށް އޭނާ މިއަދު ލަންކާއަށް ވަޑައިގަންނަވާނެ އެވެ. އަންނަ ހުކުރު ދުވަހާ ހަމައަށް ސެމިނާ އޮންނާނެ އެވެ.

ތައިލެންޑާއި ލަންކާގެ ދަތުރަށްފަހު ޝަމާލް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯނިހިރު ދުވަހެވެ.

5 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާނީވާލާ

29 August 2019

ވަރަށް މައްޗަށް ނޭވާ ހިފަހައްޓާލާ، ބަނޑު ހިންދާލައިގެން ހުރިކަން އެނގޭ. އެކަމަކު، ޔުނިފޯމް ސްމާޓްކަމެއްނެތް.

The name is already taken The name is available. Register?

ކާއްޓޭ

28 August 2019

އަހަރުމެންގެ ޗީފް ސޯގެ އެއްވެސްް ސްމާޓްކަމެއްނެތްދޯ! އެހެންތާ ވާނީ މިޤައުމުގައި މިފަދަމަޤާމުތައްވެސް އެއީ ސިޔާސީ ވެފަ އޮންނައެއްޗެއްވީމަ. ކޮންމެހެން ފިޓްނަސް އަކައް ބެލުމެއް ނޯންނާނެވިއްޔަ ދޯ! ވެދާނެ އެބޭފުޅާ ވޭތުވެދިޔަ 5 އަހަރު މާފުށީގައި ގެސްޓްހައުސް ހިންގަވަން އުޅުއްވީމަ ވެފަހުރި ގޮތްކަމުގަވެސް. އެކަމު އެއީ އުޒުރެއްނޫންދޯ. އެޓްލީސްޓް މަޤާމުލިބުމުން އެބަޖެހޭދޯ ފިސާރި ކަޓް ކަޓް ފެންނަވަރައް މީހާ ޖައްސާލާ ޔުނީފޯމްގައި ސްމާޓް ވެލަން. ނޫންތަ އަޅެ!

The name is already taken The name is available. Register?

ދަގަތްފާނުއަލިދީދީ

28 August 2019

ރާއްޖޭގެ ޑިފެންސްފޯހުން ކުރަންއޮތްކަމަކީ މަގުމަތީ ފެންހިންދުމާއި އަލިފާންނިއްވުމާއި ސަލްޓަންޕާކުހެދުން. މިއީ ހަނގުރާމަކުރަން އަފުގާނިސްތާނެއްނޫން. އެހެނެއްނޫން އެތާ އެތިބަ އިންޑިއާ ކޮރެއާމީހުން ތިބޭނީ ކަށިފުއްޕައިގެން، އެއީ ބޮލަށް އެޓަމްބޮމެއް ވައްޓާލާނެ އިރެއް ނޭނގޭނެ އެމީހުނަކަށް.

The name is already taken The name is available. Register?

ފފފފ

29 August 2019

ތިއީ ތެދެއް.ފ

The name is already taken The name is available. Register?

ފޯކާސްޓް

28 August 2019

ވާއު... ހާދަ ބޮޑޭދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454