އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.


އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތޮފާގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 އަށް ހަމަވާތީ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަންނަ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެ އެވެ. އަދި އެ މަގާމަށް ހުށަހަޅަން ބޭނުންވާ ފޯމު ރައީސް އޮފީހުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއް

ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 11 އަހަރު ކުރިން އުފެއްދި އިލެކްޝަންސް ކޮމިޝަނުގައި ތިބެނީ ފަސް މެމްބަރުންނެވެ.