މަޑިފުށި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް މިނިސްޓަރު އިމްރާން (ކ) އާއި ޕޮލިސް ކޮމިޝަނަރު ހަމީދު ހުޅުއްވައިދެއްވަނީ. -- ފޮޓޯ: ހޯމް މިނިސްޓްރީ
12 ސެޕްޓެމްބަރ 2019
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތ. މަޑިފުއްޓާއި ވިލުފުށީގެ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
އެ ދެ އިމާރާތް ހުޅުއްވައިދެއްވީ ތ. އަތޮޅުގެ ހުރިހާ ރަށަކަށް ހޯމް މިނިސްޓަރު އިއްޔެ ފެއްޓެވި ދަތުރުގަ އެވެެ.
ތ.މަޑިފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ހުޅުއްވައިދެއްވުން. pic.twitter.com/H2tkbDpkkO
— Home Ministry, MV (@HomeMinistrymv) September 12, 2019
ޕޮލިސް ސްޓޭޝަންތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ބައިވެރިވެރިވެ ވަޑައިގަތެވެ.
މަޑިފުށި ޕޮލިސް ސްޓޭޝަން ހުޅުވުމުވެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަކީ ހަމައެކަނި ކުށްކުރާ މީހުން ކޮންޓްރޯލްކުރާ ތަނެއްގެ ގޮތުގައި ރައްޔިތުން ނުދެކޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ސްޓޭޝަނަކީ އެ ރަށުގެ ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް އެއްބާރުލުން ލިބޭނެ ތަނަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ދަތުރުގައި މިނިސްޓަރު ވަޑައިގަތް ރަށްރަށުގެ ކައުންސިލަރުންނާ ވެސް ބައްދަލުކުރެއްވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް