ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ. ނަޝީދު ވިދާޅުވީ ސަރުކާރުގައި ލަސްކަމެއް އެބަ އުޅޭ ކަމަށް. ފައިލް ފޮޓޯ
ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އެބަހުރިހެން ހީފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަހްމަދިއްޔާ ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ފަރުވާ ކުޑަވުމާއި އަޅައި ނުލެވުން ފަދަ ކަންތައްތައް ވެސް ސަރުކާރުގައި އެބަހުރި ކަމަށެވެ.
އެހެން ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި ސަރުކާރުގެ ސްޕީޑް ތަންކޮޅެއް ބާރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕްލޭން ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަރުގަދަ އަށް ކުރަމުން އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ޕްލޭންކޮށްލާފައި މަސައްކަތްތައް ފަށަން ސަރުކާރުތަކުން ކުޑަ އިރުކޮޅެއް (ދުވަސްކޮޅެއް) ހޭދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސައްކަތްތައް ބާރަށް ގެންދެވޭނީ ހުރިހާ ވުޒާރާތަކާއި އިދާރާތަކުން ވެސް އެކުގައި ބާރަށް މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކޮށްގެންނެވެ.
"ދެން ބައެއް ފަހަރަށް އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ދިމާވާ ލަސްވުމާއި ފަރުވާކުޑަ ކަމުން ދިމާވާ ލަސްވުމާއި ކަންކަމާ އަޅާނުލެވޭތީއާ ކަންކަން ނުބަލަހައްޓާތީއާ މިހެން ގޮސް މި ހުރިހާ ކަމެއް އެބަހުރި. އުއްމީދު ކޮށްގެން މިހުންނަނީ ކުރިޔަށް މި އަންނަ މަސްތަކުގައި [ސަރުކާރުގެ ސްޕީޑް] ތަންކޮޅެއް ބާރުވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދާލެއް ލަސްކަމަށް ބުނެ މީހުން ދައްކާ ވާހަކަތަކަށް މީގެ ކުރިން އެ މަނިކުފާނު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވަމުން ގެންދެވީ ކޮންމެ ސަރުކާރެއްގެ ވެސް މަސައްކަތްތައް ފެންނަން ފަށަނީ ދެވަނަ އަހަރު ކަމަށެވެ. މި ސަރުކާރުން ވެސް މިހާރު ގިނަ މަސަައްކަތްތަކެއް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. އަދި ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ހިންގުން ލަސް ކަމަށް ބުނެ މީހުން ހަދަނީ މުޅިން ދޮގު ކަމަށެވެ.
ދާއިރާގެ މީހުންގެ ސުވާލުތަކަށް ހުޅުވައިލުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތައް ހައްލުކުރަން ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުން އަލަށް އަޅަން އުޅޭ ފްލެޓްތަކާ ބެހޭ ގޮތުން އެމަނިކުފާނު ހޯއްދަވާފައިވާ މައުލޫމާތު ވިދާޅުވެ ދެއްވި އެވެ.
އެހެން ނަމަވެސް ބޯހިޔާ ވަހިކަމުގެ މަސައްކަތް ކުރިއަށްދާލެއް ލަސްކަމާއި މިއަށް ވުރެ އަވަހަށް އެ މަސައްކަތްތައް ހިނގަން ރައްޔިތުން އެދޭކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. މާލޭގެ މަގުތައް ހަލާކުވެފައި އޮތުމާއި ބިދޭސީން ގިނަވުން އަދި ވަޒީފާ މަދުވުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަށް ނަޝީދު ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބޮޑުމީހާ
15 September 2019
ކޮންމެ މީހަކު ބުންޏަސް ސަރުކާރުގެ ހިގުން ލަސްކަމީ ހަގީގަތެއް. އަމިއްލަ ސަރުކާރެކޭ ކިޔާފަ ސަނާ ކިޔާގެން ކަންތައްތައް ހާސިލްނުވާނެ
ދޮންވެލި
15 September 2019
މަޖްލީހުގައި ކަރަންޓް އާފެން އަދި ތެޔޮ މާލެއެކޭ އެއް އަގެއްގަ ރަށްރަށުން ދިނުން ސަރުކާރައް ލާޒިމް ވާގޮތައް ގާނޫނެއް ހަދާ ދީ ބަލާށެވެ. އަދި ސިޔާސީ މަގާމާއި ކައުންސިލް މަގާމް ތަކަށް ތައުލީމީ ފެން ވަރެއް ގާނޫނަކުން ލާޒިމް ކޮށްދީބަލާށެވެ.
ވާލުސޮރު
15 September 2019
ތެދުބަހުން އެއްޗެއް ބުންޏަސް ނުވާނެ ސަލާމަތެއް. ލަސްތަކެއް އުޅޭ ކަމާ އެއީ ކީއްވެގެންކަން ބުނެދިނީމަ މި ނަގަނީ ނުބައި މާނައެއް.
އެންދެރި
15 September 2019
ސަރުކާރު ލަސް ވާހަކަ ދެމީހުނައް ކޮޓަރީގަވެސް ދެއްކޭނެއެވެ. ދެން އާއްމު ކުރާނީ ރައީސް އަގު ވައްޓާލާށެވެ.
ހީރާ
15 September 2019
މީހަމަ ސުލޯ ސަރުކާރަކީ
2000
15 September 2019
އަދި ކިރިޔާ ލަސްކަމެއް އުޅޭ ހެން ހީވަނީ. ހަމަ ހޭގައި ބާ ހުރީ
ފެން ފޯއް ރުއްކެޑި
15 September 2019
ޢެއްބުރު ގްޜުޕް އެމް.ޑީ.ޕީ އަކީ ..އެއްލަކި ގުރޫޕު ތިބީ ސަރުކާރު ކޮޅިޝަން ޖުމުހުރީ ފާޓީ ތެރޭގަ މިހާރު އެއްބުރުން އެއްލަކިން ނިންމާލަ ބަލަ
ނޫސް ބަލާމީހާ
14 September 2019
ކޮލިޝަން ބައިކުރުމާއި އިބޫގެ ވެއްޓުން ފާޅުގައި ފެށުނީބާ
ިއިބްރާ
14 September 2019
ކަލެއަށް ދިވެހި މޭސްތިރި ނުހިންގުނީވެސް އެހެންވެތޯ؟
ސޭފު
14 September 2019
ކޮބާ މިދިޔަ މަހު ހައުސންގ މިނިސްޓްރީން ކުޑަ އިންޓަރެސްޓާއެކު ދޫކުރަން ބުނި ލޯނުތައް... ހުސްވާހަކަ ދައްކާ ސަރުކާރެއް މިއޮތީ...
ކަލޯގަޔާ
14 September 2019
އެންމެ ފަހުން މީނަ ހަމަ ޖެހޭ ވާހަކައެއް ދައްކާފި