ދާންދޫ ސްކޫލުން މިދިޔަ މަހު ބޭއްވި ހިސާބު ފެއާއަށް، ދަރިވަރުން ތައްޔާރުކުރި އޭޓީއެމް މެޝިނެއް.- ފޮޓޯ: ދާންދޫ ސްކޫލް
ގއ. ދާންދޫ ސްކޫލުގައި ބޭއްވި ހިސާބު ފެއާގައި ދަރިވަރުންގެ އެކި އުފެއްދުންތައް ދައްކާލައި އެކި ހުށަހެޅުންތައް ބައިވެރިކުރި އިރު، އޭގެ ތެރޭގައި ހިމެނުނު އޭޓީއެމް އަކަށް ސަމާލުކަން ލިބިއްޖެ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ފެއާ އަށް އެކި ގްރޭޑުތަކުން ތަފާތު އެއްޗެހި ހުށަހެޅި އިރު އޭޓީއެމް ހެދީ ގްރޭޑު 4އޭ ގެ ދަރިވަރުންތަކެކެވެ. ހަސަން ޒައުލް އާގިލް، އަލްޔަސް މޫސާ އަހުމަދު، އިސްމާއިލް އަމަން އިބްރާހިމް، މުހައްމަދު އިޒާން އިސްމާއިލް، އާމިނަތު އާޔާ އަސްލަމް އަދި އައިޝަތު އާސަލް މުހައްމަދު އެ ތައްޔާރުކުރީ އެންމެ ރެޔަކުންނެވެ.
ދާންދޫ ސްކޫލުގެ ހިސާބު ފެއާ އަށް އެ ސްކޫލުގެ ދަރިވަރުންތަކެއް ތައްޔާރުކުރި އެއްޗެއް.- ފޮޓޯ: ދާންދޫ ސްކޫލް
އެ އުފެއްދުމުގައި އުޅުނު ޒައުލް ބުނީ އޭޓީއެމްގެ މޮޑެލް ތައްޔާރުކުރަން ބޭނުންކުރީ ކުޅެން ބޭނުންކުރާ ކުދި ކާރުގައި ހުންނަ މޯޓަރާއި ސިރިންޖާއި ވަޔަރާއި ބޮޑު ދެ ބެޓެރި އާއި ޕްލަގްގެ އިތުރުން ކަލްކިއުލޭޓަރެވެ.
މެޝިންގެ މައިގަނޑު ތައްޔާރުކޮށްފައިވަނީ ކާޑު ބޯޑު ބޭނުންކޮށްގެންނެވެ. ރުފިޔާ ނަގަން ކާޑެއް ޖަހައި ފިތަކަށް ފިތާލުމުން އޭގެ ތެރެއިން ރުފިޔާ ނިކުމެވެ.
"އެ ރުފިޔާތައް އަޅާފައި ހުންނަނީ ސިރިންޖުގެ ތެރެއަށް. މިސާލަކަށް، 100ރ. ޖަހާލީމަ އެ ސިރިންޖުގެ ތެރެއިން ރުފިޔާ ނިކުންނާނެ،" އަލްޔަސް ބުންޏެވެ.
ފިތްތަކުގެ ގޮތުގައި ބޭނުންކޮށްފައި ހުރީ ކަލްކިއުލޭޓަރެވެ.
ދާންދޫ ސްކޫލުން މިދިޔަ މަހު ބޭއްވި ހިސާބު ފެއާއަށް، ދަރިވަރުންތަކެއް ތައްޔާރުކުރި އެއްޗެއް.- ފޮޓޯ: ދާންދޫ ސްކޫލް
އެ ސްކޫލުގެ ޕްރިންސިޕަލް ފަހީމާ އަހުމަދު ވިދާޅުވީ މިފަހަރު އަލަށް ބޭއްވި ހިސާބު ފެއާ އިން ދަރިވަރުންގެ ގާބިލްކަން ވަރަށް ރަނގަޅަށް އެނގުނު ކަމަށެވެ. އޭޓީއެމްގެ މޮޑެލްގެ އިތުރުން ގަޑި އާއި ހިސާބު މާއްދާގައި ކިޔަވައިދޭ އެކި ބާވަތްތަކާ ގުޅޭ އެކި އެއްޗެހި ދަރިވަރުން ތައްޔާރުކޮށްފައި ހުއްޓެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ތަޖުރިބާއިން، އަންނަ އަހަރު ވެސް ހިސާބު ފެއާ ބާއްވާނެ ކަމަށެވެ. އެ ފެއާގައި ތަފާތު އެއްޗެހި ފެންނާނެ ކަމުގެ ޔަގީންކަން، 268 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުން ދެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހުސް ރ.އެދުރުން
16 September 2019
އެކުދިން ކޮޕީކުރީއޭ، ވީޑިޔޯއެއް ބަލައިގެން ހެދީއޭ ބުނާ މީހުންނަށް ބުނެލަން އޮތީ، ކޮންމެ މީހަކުވެސް އުފަންވާއިރު ޢިލްމު އުނގެނި ދަސްވެފައެއް ނޫނޭ ހުންނަނީ. ހުރިހާ އެންމެންވެސް ކުރީ ޖީލުތަކުން ފޯރުކޮށްދީފައިވާ އިލްމު އުނގެނި އެމީހުން ހަދާފައިވާ ތަކެތި ހަދާފައި ހުންނަ ގޮތް ބަލައި ދަސްކުރަނީއޭ. ބަޔަކުން ހަދާފައިވާ އެއްޗެއް ބަލައިގެން ހެދުމަކީ އެކަމުގެ ހުނަރާއި ޢިލްމު ދަސްވާކަމެއް. އަދި ކިއެއްތަ މުސްތަޤުބަލުގައި އައު އީޖާދު ކުރުމަށް މަގުފަހިވާ ކަމެއް
ޝިޢުބު
16 September 2019
އަޅެ މިކަހަ ޚަބަރު ތަކާއި ލިޔުންތަކއި ފޮޓޯތަކާއި ވީދިއޯތައް މީހުންގެ ޝަޢުޤު ވެރިކަން ލިބޭގޮތަށް އާއްމު ކުރަން ދަސްކުރުން ވަރަށް މުހިއްމު ރާއްޖޭގެ ނޫސްވެރިން މިއަށްވުރެ ކްރިއޭޓިވް ވަމާތޯ؟
ވާނުވާ2
15 September 2019
އެކުދިންވާ އެއްޗެއް ހަދައިފިދޯ ޓިކްޓޮކް ނުބަލާ.
ބަހޫބަލީ
15 September 2019
ތީ ކަމަކު ނުދޭ. ތީ ޔޫޓިއުބުގެ "މިސްޓަރ ކްރިއޭޓިވް" ކިއާ ޔޫޓިއުބާއެއްގެ ނަކަލެއް. ތިއަކުން ކުދިންގެ ކްރިއޭޓިވްކަމެއް އެއްވެސް ވަރަކަށް ނުފެންނާނެ.
ޢީސަ
15 September 2019
ފޯނު ކޮއްޓަން އިނުނަށް ވުރެ 9-10 އަހަރު ކުދިން މީހަކު ހަދާފަ ހުރިއެއްޗެއް ބަލައިގެން ހެދުންވެސް ވަރަށް ރަގަޅު. ގިނަމީހުން މިއުޅެނީ އިމިގްރޭސަން ފޯމެއް ފުރަލަން ނޭގިގެން.
ތެއާސާ.
16 September 2019
"ތީ ކަމަކު ނުދޭ" ފަދަ ބަސްތަކުން ކުދީންގެ ހިތް މަރާލުމަށްވުރެން ރަގަޅުވާނެ ދޯ ބިނާކުރުވަނިވި ފާޑުކިއުމެއް. އެވަރު ނުވަންޏާ އަނގައިން ނުބުނެ ހުރުން އެންމެ ރަގަޅުވާނީ..
ވާލުސޮރު
15 September 2019
އެކަޑެމިކަލީ އެންމެން މޮޅެއް ނުވާނެ، އެހެންވީމާ ކުޅިވަރާ އެހެންވެސް ހުނަރުވެރި ކުދިންނަށް ފުރުސަތުތައް ފަހިކޮށްދޭންވީ. ފޮތް ހިތުދަސްކޮށްގެން ހަދާ އިމްތިހާނުން ތިމާމެންނަށް ވާނުވާވެސް ނޭންގޭ، ބެލެނިވެރިންގެ ޕްރެސަރާ ހެދި ވާގޮތް މިއީ. ނުރަނގަޅު ވާދަވެރިކަމުގެ ނަތީޖާ
ގަމާރުކަންމަތީއަބަދަށް
15 September 2019
އިލްމަށް ހިތްވަރުނުދީ ކުރާ ކޮންމެކަމަކީ ނޭއްގާނީކަމަށް މަގުފަހިކުރެވޭކަމެކެވެ. ކުޅިވަރުވާއި ހުނަރުގައިވެސް އިލްމު އެކުލެވިގެންވެއެ. ފޮތް ހިތުދަސްކުރުމަކީ އިލްމެއްނޫން އެއީ ހުނަރެއް.
ރަދީފް
15 September 2019
ސާބަހޭ ދަރީންނޭ.މިހެންވެ ގިނަ މީހުން ޔަޢުގޫބް ސަރ ރަނގަޅޭ ބުނަނީ.
ޢަސްތާ
15 September 2019
ޔައުގޫބު ކީއްބާ ކުރީ ؟ ކުދިންގެ އަމިއްލަ މަސައްކަތެއް ކަމަށް ފެންނަނީ
ފިނދުބެރު
15 September 2019
ޔައުގޫބް ސާ ވައްކަން ނުކެރަންނަ.
ޢީސަ
15 September 2019
ޢަސްތާ، ޔައުގޫބް ދިނި ކުދިންނަށް ހިއްވަރު. މަގުދަށްކަ ހިއްވަރުދޭ މުދަށްރިސުން ބޭނުން.
ޖުލައި
15 September 2019
ތިދެން މާ މޮޅުއެއްޗެއްނޫން. ޔޫޓިޔުބު ބަލައިގެން ތިކަހަލަ ބައިވަރު ެއެޗެހި މިހާރު (ބެލެނިވެރިންލައްވާ) ކުދިންހަދާނެ. މުހިންމުކަމަކީ ކުދިންނަށް ވަސީލަތްތަށް ފޯރުކޮށްދީ ، ކުރިޓިކަލީ ވިސްނަންދަސކޮށްދިނުން، އާއީޖާދު ކުރަން ފުރުސަތު ހޯދަދިނުން . އެކުދިން އަމިއްލައަށް އެކަންކުރުވަން ދޫކޮށްލުން.
ގަމާރުކަންމަތީއަބަދަށް
15 September 2019
ކުރިޓިކަލީ ކަމެއްނުކޮށް ތިބެންވީނުދޯ.. ލޮލް.. ކަންކަން އެނގިދަސްވަނީ އެކަންކަންކުރަން އުޅުނީމަ، އެއީ ޔޫޓިއުބެއްނު ފޮތުންނޫނީ ގަލަމުން ނޫނީ އަތުން ކުރިޔަސް
ދޮން ބުޅާ
16 September 2019
ކަލޭ ތި ކޮމެންޓް ކުރަނީ ވެސް ބަޔަކު ހަދާފަ އޮތް ބަހަކުން. ބަޔަކު ލިޔާ ނޫހަކަށް. ބަޔަކު ހަދާފަ ހުރި ކޮމްޕިއުޓަރަކުން. ނިކަން އަމިއްލަ އަށް ބަހެއް ހަދާގެން އަމިއްލަ ނޫހެއް ލިޔެގެން ކޮމެންޓް ކޮށްބަލަ.
ކައުންސެލަރު
15 September 2019
މަރުހަބާ! އެކަމަކު އަސްލު ބޭނުންވަނީ އަލަށް އެއްޗެއް އީޖާދުކުރުން. ރާއްޖޭގައި މީގެކުރިން ގަޑިއެއްވެސްހެދި ހުސްލަކުޑިން އެއީ އޭގެ ކެނބުފިޔަވައި. ނަމަވެސް އެގަޑިއަކީވެސް ކޮޕީއެއް. ހަދާފައި ހުންނައެއްޗިހިބަލައިގެން ކޮންމެ އެއްޗެއްވެސް ހެދިދާނެ. ބޭނުންވަނީ އުފެއްދުންތެރި ޚިޔާލު. މިސާލަކަށް އަހުން އަޑުއެހިން ކުޑަހުވަދޫ ގައި ބަނބުކެޔޮ ކޮށާމެޝިނެއްހެދިވާހަކަ. އެއީއަސްލު މިދަންނަވާ އެއްޗަކީ.
ަސދަދސ
15 September 2019
ހިތްވަރުދޭންވީ. ބޭކާރުވާހަކަ މަދުކުރަންވީ
އަބްދުއްالله
15 September 2019
އަލުވި ޗިޕްސް ހެދުމަށް އަލުވި ކޮށާ މެޝިނުވެސް ހުރޭދޯ؟ އެހެން ވީމަ ބަނބުކެޔޮ ކޮށާ މެޝިނު އެއީ އާ އެއްޗެއް ނޫން. ބަނބުކެޔޮ ކޮށާފަ ތެލުލީމަ އެވަނީ ބަނބުކެޔޮ ޗިޕްސް އަށް.
ރެހެންދީ
15 September 2019
ކޮޕީކޮށްގެން ވެސް އެއްޗެއް ހެދިއްޖިއްޔާ އެއީ ހަމަ ވަރަށް މޮޅު ކަމެއް. ކޮޕީއެއް ނުހަދަން، އޮރިޖިނަލެއް ހަދާނަމޭ ހިތާ ތިއްބާ އެވެސް ނުހެދި މިވެސް ނުހެދި އުމުރު ހުސްވަނީ. މިރާއްޖޭގަ އެބަ އުޅޭތަ ޕޭޕަރ ކްލިޕެއް ނޫނީ ކަފަބުރެއް ވަރުވެސް އުފައްދާ މީހެއް. ކޮޕީ އަކަސް އޮރިޖިނަލަކަސް ކޮންމެސް އެއްޗެއް ހެދޭތޯ ކޮންމެ މީހަކުވެސް ބަލަންވީ. މިނަށްވުރެ އަނގަގަދަކުރާނެ ކަމެއް ނެތް.
ށައި
15 September 2019
ޢޮރިޖިނަލް އެއްޗެއް ހަދާލަބަ ނިކަން ބޭކާރު ވާހަކަ ނުދައްކާ! ޟމިދައްކަނީ ގރ.4 ގެ ކުދިންގެވާހަކަ އެކުދިން ނަށް މިއަދު ހިއްވަރު ދިނީމަ މާދަން އޮރިޖިނަލް އެއްޗެތިވެސް ހަދާނެ.
ބާރީހުު
15 September 2019
ގްރޭޑް 4 ކުދިން އާއިޖާދު ނުކުރިޔަސް އިންސްޕަޔަވާނީ މިކަހަލަ ގެއާ ބާއްވައިގެން.
ޙާލަތު
15 September 2019
ދެން ތީ ހަބަރުގަ ޖަހާ ވަރު ކަމެއް؟ ތި އެއްޗެއް ހަދާނީ ކޮންމެވެސް އެހެން ބައެއް ވީޑިއޯއެއް ބަލައިގެން
ސައީ
15 September 2019
ސާބަހޭ ދަރިންނޭ... ހިތްވަރާއި އެކު ކުރިޔަށް...