ކަނޑުމަތީ ހާލުދެރަވި މަސްވެރިއަކަށް ސިފައިން އެހީތެރިވެއްޖެ

މަހަށް ނުކުމެ އުޅުނު އުޅަނދެއްގައި ހުރި ޒުވާނެއްގެ ހާލު ސީރިއަސްވެގެން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.


އެމްއެންޑީއެފުން ބުނިގޮތުގައި ހއ.ތުރާކުނުގެ ހުޅަނގުން 63 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަރާތަރި" ދޯނީގައި ހުރި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެގެން ރިޕޯޓްކުރީ މިއަދު މެންދުރު ކަމަށެވެ.

އެ ޒުވާނާގެ ހާލު ސީރިއަސްވީ ކުއްލިއަކަށް ގައިގެ ވަރު ދެރަވެގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ހާލަތާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެ އެވެ.

ކޯސްޓް ގާޑުން ވަނީ ބަލި މީހާ ކޯސްޓް ގާޑުގެ ލޯންޗެއްގައި ހއ. އިހަވަންދު އަށް ގެންގޮސްފަ އެވެ.