އޭޑީކޭގައި މިހާރު ކުރިއަށް ދާ މައިބަދައިގެ އޮޕްރޭޝަނުގައި ބައިވެރިވާ ޑޮކްޓަރުންނާއި ނަރުހުން-- ފޮޓޯ: އޭޑީކޭ
އޭޑީކޭ އިން އިންތިޒާމްކޮށްގެން މިއަދު ފެށި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ބައެއްގެ ގޮތުން މައި ބަދައިގެ އޮޕްރޭޝަނެއް މިއަދު ވަގުތުން ދައްކައިފި އެވެ.
މި ކޮންފަރެންސްގައި ދެ އޮޕަރޭޝަނެއް ވަގުތުން ދައްކަ އެވެ. އެގޮތުން ފުރަތަމަ އޮޕަރޭޝަން މިހާރު ކުރިއަށް ދާއިރު އިސްކޮށް ހުންނެވީ ދިވެހި ނިއުރޯ ސާޖަން، ޑރ. އަލީ ނިޔާފެވެ. އޭނާގެ އިތުރުން، މި ކޮންފަރެންސަށް އެމެރިކާ އިން ވަޑައިގެންނެވި ތިން ނިއުރޯސާޖަނުން ކަމަށްވާ ޑރ. ރިޗަޑް ހޮންސީ އާއި ޑރ. ރިޗަޑް ޗުއާ އަދި ޑރ. ފާރޫގު ރިޒާ ފަރޯކީ ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮންފަރެންސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދު ކުރާ ދެ އޮޕަރޭޝަނަށް ވެސް ގާތްގަނޑަކަށް ގަޑިއެއްހާ އިރު ހޭދަވާނެ އެވެ.
އޮޕަރޭޝަން ކުރިއަށް ދާ ގޮތް އޭޑީކޭގެ ފޭސްބުކްގައި ލައިވްކުރަމުން އަންނަ އިރު މައުލޫމާތު ވެސް ގެންދަނީ ދެމުންނެވެ. އަދި އޭޑީކޭގައި ތިއްބަވައިގެން އޮޕަރޭޝަން ބައްލަވަމުން ގެންދަވާ އެހެން ޑޮކްޓަރުންގެ ސުވާލުތަކަށް، އޮޕަރޭޝަންގެ ޑޮކްޓަރުން ޖަވާބު ވެސް ދެއްވަ އެވެ.
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 200 ވަރަކަށް ޑޮކްޓަރުން މިފަހަރު ބައިވެރިވެ އެވެ. މިއީ، އޭޑީކޭ އިން ބުނާ ގޮތުގައި، 2017 އިން ފެށިގެން ބާއްވަމުން އަންނަ ކޮންފަރެންސަށް ބޭރުގެ ޑޮކްޓަރުންގެ ސަމާލުކަން ވެސް ލިބޭކަމުގެ ހެއްކެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ސަފީލް
17 September 2019
ކޮންމައިބަދާގެ އޮޕަރޭޝަނެއް ލައިވްކުރާކައް.. ތިޔަތަނުން ޖެހެ 24 ހަޑިއިރުކުރީން ކިޔޫގަ ޖެހިގެން ހުރެ ފައިސާދައްކާ މެމޯނަގަން ޑޮކްޓަރަކައް ދައްކަން. މިއޮއްފަދަ ޒަމާނުގަ މެމޯއެއް އޮންލައިނކޮއް ޕޭކޮއްލައިގެން ހަދާލެވޭނެ ގޮތެއް ނުހުރޭ. ދެންގޮސް ބަލިމީހުންތައް ޖެހެނީ އެއްތަނަކައް ޖަމާވެގެން ތޮއްޖެހިގެން ތިބެ ފައިސާ ދައްކަންވެސް. މުހިންމު ކަންކަން ބަހައްޓާފަ އަދިވެސް މާކެޓިން ކުރެވޭތޯ ބަލާ. ބީލަމެއް ނެތި ރައްޔިތުންގެ ބިމުން ބޮޑެތި ފައިދާނަގަނަގާ ތިބޭ.
ހަސަދު
17 September 2019
މިގޮތަށް ލައިވް ކުރުމަށް ވުރެ ރަނގަޅު ވާނެ، ތަނުން ދެވޭ ޚިދުމަތް ރަނގަޅު ކުރިއްޔާ. އޮން ކޯލް ގައި ހުންނަ ޑަކްޓަރެއްވިއްޔާ ނާދެ. ތަނަށް ވަދެއްޖެއްޔާ ހަދަން ނުޖެހޭ އެތަށް ޓެސްޓެއް އެބަ ހެދޭ.
އާދަމް ޒާހިރު
17 September 2019
ވަރަށް އުފާޥެރި މަންޒަރެއް. ޚާއްސަކޮށް ލައިވްކުރެއްވިކަމީ އެތައް ހާސް ފިލާވަޅެއް ލިބުނުކަމެއް. އަދި ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއީ މި ދިވެހިފަސްގަނޑުގެ ޢިލްމީ ފޯރުންތެރިކަމަށް ހެދި ފޯދޭ އިންތިޒާމެކޭ. މިފަދަ ކޮްންފަރެންސްތައް ގިނައިން ހިންގުމަކީ ތަޢުލީމަށް ޝައުޤުވެރި ދަރިންނަށް މުހިންމުކަމެއް.
މެކްޑްރީމީ
17 September 2019
ވެރީ ޕްރައުޑް އޮފް ޔޫ ގާއިސް!
މަހައްދޭ
17 September 2019
އެންމެ އުފާވާނީ ހުސް ދިވެހިން މިކަން ކުރާ ދުވަހު. ގްޑް ޖޮބް ކީޕް ދަ ގުޑް ވޯކް!