ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ނައިބު ރައީސްއާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ނައިބު ރައީސް ވަންގް ގިޝާންއާ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ބެއިޖިންގެ ޒިގުއަން ޕެވީލިއަންގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ބައްދަލުވުމުގައި ޗައިނާ އަށް އައިސްފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޗައިނާ ސަރުކާރަށް ޝާހިދު މަރުހަބާ ދެންނެވި އެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި މަރުޙަބާ ވިދާޅުވެ، "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ހިފަހައްޓާނެ ކަމުގެ ޔަގީން ކަން ޝާހިދު ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިންމު ބައިވެރިއެއް ކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.
ޗައިނާގެ ނައިބު ރައީސްގެ ވާހަކައިގައި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ރާއްޖެއަކީ މުހިއްމު ގައުމެއް ކަން ފާހަގަކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން އިތުރަށް މަޝްވަރާ ކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝާހިދު ޗައިނާ އަށް ކުރައްވާ ރަސްމީ ދަތުރުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު އަދި އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ބައިވެރިވެވަޑައިގަންނަވަ އެވެ.
ޝާހިދު އިއްޔެ ވަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ވިސާގެ ކަންތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭ މައުލޫމާތުތައް ޝާހިދު ދެއްވި އެވެ. އަދި ދަރިވަރުންނަށް ދިމާވާ ދަތިތަކާ ބެހޭ މައުލޫމާތު ހޯއްދެވި އިރު، އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، އެމްބަސީއާ ގުޅުމަށް ވެސް ޝާހިދު އެދިވަޑައިގެންނެވި އެވެ.
ދެ ދުވަހުގެ ދަތުރެއްގައި ޝާހިދު ޗައިނާ ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދައުވަތަކަށެވެ. މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކަޅުމަރިޔަނބު
19 September 2019
ކޮބާ ލަދު ޙަޔާތް؟
1234
19 September 2019
ވަންގް ގިޝާންއެއް ނޫނޭ. ވާންގް ޗި ޝަން. ޗައިނީސް ޕްރަނައުންސް ކުރަން އެނގޭ މީހެއް ގާތު އަހާލުން ރަނގަޅުވާނެ.
އެކުވެރި ސުވާދީބު އިމާރާތް
19 September 2019
ޒާތެއްގެ ނުތަނަވަސްކަމެއްގެތެރޭ ހުރި ވައްތަރެއް މޫނުމަތިން ޖަހަނީ.
ހައްގުބަސް
19 September 2019
އިންޑިޔާއާ ގުޅިގެން ރާއްޖެދާނީ ފަހަތަ. އިންޑިޔާގެ ސަބަބުން ރައްޖެ ކުރިނާރަނީ.
ވަތަން އިސްކުރަންޖެހޭ
19 September 2019
ޗައިނާ ރާއްޖޭގެ ތަރައްގީ މީހަގީގަތަކީ.
ތެދުވެރިޔާ
19 September 2019
ރާއްޖެ ކުރިއައްދަނިކޮއް އިންޑިޔާގެ ރޯ އެޖެންޓުން ވަދެ ހަޑިހޭވީ.
މަންޑޭލާ
19 September 2019
ހަގީގަތުގަވެސް ރާއްޖެ މިދެކޭ ތަރައްގީ ކޮއްދިނީ ޗައިނާ. ދިވެހިންވެސް ޗައިނާ ބަލައިގަންފި.
ޝޮކްތެރަޕީ
19 September 2019
ރައްޖެގެ އަސްކަރީ ވަރުގަދަ ކުރަން ޗައިނާއިން ހެލިކަޕްޓަރުތަކެ ހަދިޔާ ކުރަން ނިމްމާފަ އޮތީ. މިސަރުކާރު އިންޑިޔާގެ މުށުތެރޭ ފިތިފަ.
ވެނީލާ
19 September 2019
ކަލޯގަޔާ!! ހާދަ ރުޅިއައިސްސަ އެއިނީ!!
ރަދީފު ބިން ރަފައިދާ
19 September 2019
ޗައިނާއަށް ގޮއްސާ ޗައިނާ ނިކަން މޮޅުކޮށްފާ ވާހަކަދައްކާނީ. ހަމަ ވަޒަނުގާ ފައިޖެހުނީ ދެން ގޮވާކަށް ނޮގޮވާކަށް ނޯންނާނެ އެއްޗެއް.