ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ ރަށްރަށުން ލިބެން ޖެހޭ އަދަދު ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ އަދަދަށް ވުރެ ބޮޑު އަދަދެއް ސަރުކާރަށް ލިބެން ޖެހޭ ކަމަށާއި އެ އަދަދު 200 މިލިއަން ޑޮލަރަށް ވުރެ މަތި ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެ ފައިސާ ހޯދަން މަސައްކަތް ކުރާނެ ކަމަށާއި ނުއަގުގައި ދޫކޮށްފައިވާ ރަށްރަށުން ހަމަ އަގު ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ތަފުސީލު އަންނަނީ
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އެކުވެރި ސުވާދީބު އިމާރާތް
19 September 2019
ޓުއަރިސްޓެއްގެ ގޮތުގައި ރާއްޖެއައިސް ބޮޑުކަންނެއްޔަށްގޮސް ރާނާ ސިމެންތިޖަހަންއުޅޭމީހާ ގަވައިދަށް ފައްތަން އޭނައަށް ވޯކުވިސާއެއްނޫން ދޭންޖެހޭނީ، އޭނަ ރިސޯޓެއްގަ ބަހައްޓާފަ ރެއަކަށް ހާހެއްހާ ޑޮލަރު އަތުލަންޖެހޭނީ، ނުދެއްކެންޏާ ޑީޕޯޓުކުރަންޖެހޭނީ.
އަލީސް
19 September 2019
ސީރިއާ މީހުން ގެންނާނެ ކަމެއްނެތް
އިޙުމާލް
19 September 2019
ބަންގާޅީންނަށް ފުރުސަތުނުދިނުމަކުން ޤައުމުން ބޭރުންވެގެން ދާ ފައިސާ އަށް ޙައްލެއް ނުވާނެ، ، ނިސްބަތުން، ދިވެހި ރާޖޭގެ ރިސޯޓުތަކުގަ ބޮޑެތިމަޤާމް ތަކުގަ ތިބި 10 ވަރަކަށް ބިދޭސީން ބޭރުކުރާ ފައިސާމާގިނަ، ރަނގަޅު ސިޔާސަތުތަކެއް ހެދުން، ވަޡީފާގެ ދަފުތަރެއް ހެދުން، ވަޡީފާނުލިބި ތިބި ދިވެހިންގެ ދަފުތަރެއްހަދައި ބޭރުން ގެނަން މީހާއަށް ވިސާދިނުމުގައި، އެދަފުތަރުގައި، އެބޭނުން ވާ ދިވެއްސަކު ނެތީޔާމުން މެނުވީ ، ވިސާދިނުން ވަދަ ސިޔާސަތުތަކާއި، ޤާނޫނަކުން،
ހުސެންހަލީމް
19 September 2019
ހައްލުކުރާށޭ، ހިއްޕުޅައް ފެނިވަޑައިންނަވާގޮތަކައް ކުރާށޭ. އެކަމަކު އެތައްމަހެއްވެއްޖެ ވިސާކެންސަލްކޮއްފަ މީހުންތައް ރަށައްފޮވުނާލިފަހުން އަދި ޑިޕޮސިޓުގެގޮތުގާ ބަހައްޓާފަ ހުރި ލާރި ހޯދަން އިމިގްރޭސަނާ، އިކޮނޮމިކް މިނިސްޓްރީއާ ދޭތެރޭ ހިންގާތާމިވީ 4 މަސް. ބަޖެޓުން ވީނުވީނޭގި ގެއްލުވާލި ލާރިގަނޑުތެރޭ މިލާރިކޮޅުވެސް ދަވާލީއުތަ1
ތިމާވެށި
19 September 2019
ގަވާއިދާ ހިލާފައް ހުރި މީހުން ގަވާއިދައް ފައްތަނީއެވެ. ދިވެހި ބަސް އެނގޭ މީހުނާ ހިތާވެގެން އުޅޭ އަދި ވިޔަފާރި ކުރާ މީހުންނަށް ފުރުސަތު ހުޅުވާލީއެވެ. ގަވާއިދާ ހިލާފު މީހުން ޑިޕޯޓް ކޮށް އާ މީހުން ގެންނަން ވީ އެވެ.
ދައުލަތް
19 September 2019
ކޮބާ ޕީޕީއެމް އާއި ޕީއެންސީ؟؟؟
މުޙައްމަދު އަލާއުއްދީން
19 September 2019
މި ލިޓުގާ ޓެރަރިސްޓު ޖަމާއަތްތައް ހިމެނުނުއިރު ޓެރަރިސްޓު ދައުލަތްތައް ނެތީތީ ހިތާމަކުރަން. މިސާލަކަށް، އިޒްރޭލު، އެމެރިކާ، އިނގިރޭސިވިލާތް.....
ހހހހ
19 September 2019
އެމެރިކާ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅައިފިނަމަ ދިވެހިރާއްޖޭގައި ޔޫއެސް ޑޮލަރު ބޭނުން ކުރުން މަނާ ވާނެ. ސުވާލަކީ ޔޫއެސް ޑޮލަރާ ނުލާ ދިވެހިރާއްޖެ ސަވައިވް ވާނެހޭ؟
އޮނަރަބްލް އަފީފު ދީދީ
19 September 2019
survive ވާނެ.ކަލެއަށް ހީވަނީ ގޮތް ހުސްވީ ކަމަށްތަ؟ Sterling Pound ވެސް ބޭނުންކުރެވޭނެ.
އޮނަރަބަލް އެންމެ އިނގޭ
20 September 2019
އިނގިރޭސިވިލާތަކީވެސް ޓެރަރިސްޓު ޖަމާޢަތެއް. އަނެއްކާ ބްރެކްސިޓްގެ ކަންތައްތައް ކުރުމުގެ ތެރޭގައި ޕައުންޑުގެ އަގުދަނީ ދަށްވަމުން. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޕައުންޑަށްވުރެ ބޮޑަށް ޑޮލަރަށް މާ ޑިމާންޑް ބޮޑު.
ރަދީފު ބިން ރަފައިދާ
19 September 2019
ގާތްގަނޑަކަށް ދެލައްކަ ބަންގާޅީން މިހާރު ރާއްޖޭގައި. އަނެއްކާ އިތުރު ދެލައްކަ. އޭރުން އެވީ ހަތަރު ލައްކަ. ރާއްޖޭގެ އާބާދީއާ އެއްހަމަވީ. ނުރައްކާތެރިކަމުގެ ރަނގަބީލު އަޅާއަޅާ ރަނގަބީލިގަނޑު ހަލާކުވަނީ. ކަހާތަން ހިރުވާލާނެމީހަކު ނެތް. އަނެއްކޮޅުން މިހާރު އެބަދެކެވޭ އެމީހުންނަށް ރައްވެހިކަންދޭންއުޅޭ ވާހަކަވެސް. ނުރައްކަލުގެ މައްޗަށް ނުރައްކާ! ބަޔަކު ތެދުވާކަށްނުވޭތޯ؟
ޓާޒަން / ބ.ހިތާދޫ
19 September 2019
"...... އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ތަރައްގީ އަށް ދެ ލައްކައެއްހާ ބިދޭސީން އެބަ ބޭނުންވޭ. އެހެންވެ، އަޅުގަނޑުމެން ފުރަތަމަ މި ބަލަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފައްތަން." މިގޮތަށް ހައްލުކުރެވިދާނެ ހުރިހާކަމެއްވެސް..... ހުރިހާކަމެއްގައިވެސް އޮޅުވާލުމާއި މަކަރާއި ދޮގު.
ރަދީފް
19 September 2019
ހެހެހެހެހެ.މުޅި ދުނިޔެ ގަބޫލުކުރޭ ތި ޖަމާއަތްތައް އެއީ ޓެރެރިސްޓްޖަމާއަތްތައްކަން.ރާއްޖެއިން މިއަދު މިކަން އިއުލާންކުރުން އެއީ ޖޯކެއް.
ރަދަފަތު ބޮލުރޮދި ރަދީފު
19 September 2019
ކޮކީ އެއީ ޖޯކެއް ނޫން. އެއީ ރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ސަރުކާރުން ކުރުން ލާޒިމް ކަމެއް. އެ ގާނޫނުގެ ދަށުން ކުށްވެރިވާނީ އެ އިއުލާނު ކުރި ޖަމާއަށްތަކާ ގުޅުން ބާއްވާ މީހުން. އެބަ ވާނުވާ ސާފުވޭ؟