ރާއްޖެ އާއި ސެއިންޓް ކިޓްސްއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އާސިމް. - ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ އާއި ސެއިންޓް ކިޓްސް އެންޑް ނޭވިސްއާ ދެމެދު ހާރިޖީ ގުޅުން މިއަދު ގާއިމުކޮށްފި އެވެ.
ނިއުޔޯކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. ސެއިންޓް ކިޓްސް އިން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މާކް ބްރެންޓްލީ އެވެ.
މި ރަސްމިއްޔާތުގައި އާސިމް ވިދާޅުވި ގޮތުގައި މި ތާރީހީ އެއްބަސްވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ލިބޭނެ ފުރުސަތެކެވެ. އަދި މިއީ ދެ ގައުމުގެ ރައްޔިތުން ގުޅިގެން ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ލިބޭނެ ބާރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސެއިންޓް ކިޓްސްގައި ހުރި މައްސަލަތައް އދ. ފަދަ ބޮޑެތި ޖަމާއަތްތަކުގެ ސަމާލު ކަމަށް ގެނައުމުގެ މުހިންމުކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ފާހަގަ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކެރީބިއަން ކަނޑުގައި ޖަޒީރާ ކުޑަ ރަށެއްގެ ގޮތުގައި އޮންނަ ސެއިންޓް ކިޓްސްއަކީ އާބާދީގައި 55،712 މީހުން ދިރިއުޅެމުން އަންނަ ޑިމޮކްރަސީގެ އުސޫލުތައް ގާއިމުވެފައި އޮތް ގައުމެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މާފިޔާ ސްޓޭޓް
24 September 2016
މަނީ ލައުންޑަރިން އަށް މަޝްހޫރު ސްޓޭޓްސް ތަކާ ގުޅުން މިބާއްވަނީ ކީއްކުރަން ކަން އޮޅުވައެއް ނުލެވޭނެ. އަދީބު ހުރިއިރު މަލްޓާއާއި ގުޅުން ބާއްވަގއިން ވެސް އުޅުން. އެކަން ނިމުނީ ވަގު ހަތިޔާރު ވިއްކުމުގެ އިންޓަނޭޝަނަލް ކޭސްއެއް ފަޅާއެރި ހިސާބުން. މިއީ ހަމަ މުޅިންވެސް އެއްބޭނުމަކު. ސިންގަޕޯރ ތްރޫކޮށް ބޭނުންވާވަރަށް ކަޅު ފައިސާ ނުދޮވިގެން.
އެމްބެސެޑާ އެޓް ލާޖް އެޓް ހަވަރު ތިނަދޫ
22 September 2016
މި ގައުމަކީ މިއީ ކަޅު ފައިސާގެ ވިޔަފާރި ކުރަން ވަރަށް ގިނަ މީހުން ރައްޔިތަކަށް ވާ ގައުމެއް. މި ގައުމުގެ ރައްޔިތަކަށް ވެވިދާނެ 350،000 (ތިން ލައްކަ ފަންސާސް ހާސް ޔޫ.އެސް.ޑޮލަރުން) އަދި 24 ގަޑި އިރު ތެރޭ ކުންފުންޔެއް ރަޖިސްޓްރީ ކޮށްލެވޭ. ގޫގުލް ކޮށްލައްވާ. > Saint Kitts and Nevis
ހުސެން
22 September 2016
އިނގިރޭސިވިލާތުގެ ނިއުޔޯކްގައި؟؟؟؟؟؟؟؟
ހުސެިނާ
22 September 2016
ތިޔަ ގައުމުގެ މީހުން ޑިމޮކުރަސީ ކިޔަނީ ކޯޗަކަށްތޯ ބަލާލަންޖެހޭނީ. އެއީ ބައެއްގަުމުތަކުގައިއެކި މާނަތަކުގައި ތިޔަ ބަސްބޭނުން ކުރޭވިއްޔާ.
އުމަރު
22 September 2016
ތިޔަ ހާރިޖީގުޅުމުން ކިހާ ފައިދާއެއްކުރާނެކަން އެނގޭ އެމީހުންގެ އާބާދީ އެނގުނީމަވެސް،