އިންޑިއާގެ އާމީ ޗީފް، ޖެނެރަލް ބިޕިން ރަވާތު މިއަދު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝަމާލް އޭނާއަށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: އެމްއެންޑީއެފް
އިންޑިއާ ސިފައިންގެ އެންމެ މަތީ ވެރިޔާ، އާމީ ޗީފް، ޖެނެރަލް ބިޕިން ރަވާތު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ފަސް ދުވަހުގެ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ބިޕިން އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ބައެއް ވަޒީރުންނާއި ސިފައިންގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އާމީ ޗީފް، ޖެނެރަލް ބިޕިން ރަވާތުއާ ރާއްޖޭގެ ސިފައިންގެ އިސް ވެރިން ބައްދަލުކުރައްވަނީ .-- ފޮޓޯ: އެމްއެންޑީއެފް
ދުނިޔޭގެ އެންމެ ބޮޑު އެއް ލަސްކަރު އޮންނަ އިންޑިއާގެ ސިފައިންގެ އެންމެ މަތީ ވެރިޔާ، ޅ. މާފިލާފުށީގައި ހަދާފައިވާ އެމްއެންޑީއެފް ނޮދާން އޭރިއާ ހެޑްކުއާޓާޒަށް ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ އާމީގެ ޗީފުގެ މަގާމަށް ބިޕިން ވަޑައިގަތީ ޑިސެމްބަރު 31، 2016 ގައި، އޭރުގެ އާމީ ޗީފް ދަލްބިރް ސިންހް ސުހާގު ރިޓަޔާކުރެއްވުމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަބޫރު
30 September 2019
ކަލްޓް އެކްޓިވިސްޓުން އޭރު ގޮވީ އިސްތިގްލޮލް އޭ، ޗައިނާގެ އަޅުވެތިކަމޭ، އޭއްޗެކޭ މީއްޗެކޭ. މިހާރު ކޯޗެއް މިވަނީ؟؟؟ ސޭމް ، ޑިފަރެންޓް ޑޭ.
ލުބްލާ
30 September 2019
އައި ތަނަކަށް އަނބުރާ ފޮނުވާލާ. ކަލޭމެންގެ 50 ސިފައިންވެސް މިގައުމުން ގެންދޭ މިހާރުން މިހާރަށް!
މިލިޓަރީ
29 September 2019
ރާއްޖެގަ ސިޔަސީމީހުން މުސްސަދި ވަނީ އިންޑިޔާގެ ލާރިގަޑުގަ ޖެހެނީ.
ވަތަން އިސްކުރަންޖެހޭ
29 September 2019
ރައްޖެއަކީ މިނިވަންކަމާ އެކީ އުޅެމުން ދިޔަ ބައެއްތިބި ޤައުމެށް. މިހަރު މިދަނީ ބައެއްގެ ނުފޫޒާ ބަރުގެ ދަށައް.
ވަތަން އިސްކުރަންޖެހޭ
29 September 2019
ދިވެހިންނަކި އަމިލަ ބާރާއެކީ ރައްޖެގަ އުޅެމުންދާ ބައެއް
ޝޮކްތެރަޕީ
29 September 2019
މިސަރުކާރުގެ ބޭނުމަކީ އިންޑިޔާގެ އެހީތެރިކަމާ އެކީ ވެރިކަން ކުރުން. ހެޔޮ ޤައުމު އަޅުވެތިވިޔަސް. މީ ދެރަކަމެއް.
ހައްގުބަސް
29 September 2019
މިސަރުކާރައް ވޯޓް ދިންމީހުން މި ތިބެނީ ގަމާރުވެފަ.
ދެތިކި ހަސަނު
29 September 2019
އިންޑިޔާގެ ތައްޕާހަށް ނުވެއްޓި 5 އަހަރު އުޅެވިއްޖެ .. އަދު މީ ބޮޑުވެއްޖެ ކަމެއް.. ގައުމީ ކާރިސާއެއް
ސަލީމާ
29 September 2019
ކައުބޯއީ ހެދިފަ ކޮންސަކަރާތެއްތޯ މިޖަހަނީ.. މިކުޅިމަޖާގަ ގައުމު އެއްކޮށް ދަރަނިވެރިވެ ނިމިއްޖެ
އިސްރޯ
29 September 2019
ތިބުނާ މިނިވަން ގައުމަކީ ކޮބާ؟ އިނގިލިކުރިން ގުނާލެވޭވަރުގެ މަދު ގައުމެއް ފިޔަވައި ހުރިހާ ގައުމެއްވެސްވަނީ ތިބުނާ އަޅުވެތިކަމުގަ. މިރާއްޖެއަށްވުރެ ބިޔަ ބޮޑެތި ގައުމުތައްވެސް ވަނީ އެކިވައްތަރުގެ އަޅުންނަށްވެފަ. އިންޑިއާ ވީމަ ދިވެހިން ރުޅި އަންނަނީ ކީއްވެ. ނަސްލާ ދަރިފަސްކޮޅަކީ އިންޑިއާ. ރުޅި އަންނަބަޔަކު ކިތަންމެ ރުޅިއަޔަސް ސިލޯން ޕާކިސްތާނު ނޭޕާލް ބަންގްލަދޭޝް ފަދަ އިންޑިއާ ވަށައިގެންވާ ގައުމުތަކަކީ އިންޑިއާ ދަރިފަސްކޮޅު.