މާލެގެ މަގެއްގައި ފެންބޮޑުވެފައި: ރާއްޖެއަށް މިހާރު ކުރަނީ ހުޅަނގު މޫސުމުގެ އާންމު ވިއްސާރަ ކަމަށް މެޓުން ބުނޭ
ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްރަށުގައި ފެންބޮޑުވުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
ރާއްޖެއަށް ވިއްސާރަ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ބައެއް ހިސާބުތަކަށް ވަރަށް ބޯކޮށް ވެސް ވާރޭ ވެހެ އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު "މިހާރު" އަށް ވިދާޅުވީ މިއީ ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ބައެއް ރަށްރަށުގައި ފެންބޮޑުވުން އެކަށީގެންވެ އެވެ. އެހެންކަމުން ވިއްސާރައިގައި އާންމުކޮށް ފެންބޮޑުވާ ރަށްރަށުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅު އަޅަން އޭނާ އިލްތިމާސްކުރެއްވި އެވެ.
Male' City ah boakoh vaarey vehi baeh maguthakugai fen boduvumaai gulhigen MNDF Fire and Rescue Service ge sifain fen hikkumah kuramundhaa masakkathuge therein. Mivaguthu fen hikkumuge masahkkai kuramun dhany IGMH adhi dhuvaa track sarahaddhuga pic.twitter.com/K7OJWLPU52
— Maldives National Defence Force (@MNDF_Official) October 7, 2019
އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާ އިރު، މެޓުން ލަފާކުރަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ވައި ޖެހޭނީ ގަޑިއަކު 5-15 މޭލާ ދެމެދުގެ ބާރު މިނެއްގަ އެވެ. އެކަމަކު ކޮޅިގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް މެޓުން ބުނެ އެވެ. އެކަމަކު ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށްވެ އެވެ.
މާލެއަށް މިއަދު ވެހުނު ބޯ ވާރެއާ ގުޅިގެން ބައެއް ހިސާބުތަކުގައި ފެން ބޮޑުވި އެވެ. އެމްއެންޑީއެފުން އަންނަނީ ޕަމްޕް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފޮނިކަލޯ
07 October 2019
ކުރީސަރުކާރުން ބެހެއްޓި ޕަމްޕު މިސަރުކާރުން ޖައްސައިގެން ފެން ހިންދަން ބޭނުން ނުވަތީ އަލުން ޕަމްޕު ބަހައްޓައިގެން އަދި ކަރަންޓު ނުލިބިގެން އުޅެނީ...! މުއިއްޒު ބުނީ ފެންބޮޑުވި ހަނދާނެއް މާލޭ ރައްޔަތުން ނުހުންނާނެ ކަމައް
މަރޭ
07 October 2019
މިއަދު ވެހުން ފެން ހާދަ ގިނަސަރަހައްދެއްގައި މަގުން ފެން ބޮޑުވެ ނިހިދި ގިނައިރުވަނީ. އަދިވެސް ތިޕަންޕްތައް ޖައްސާނެމީހަކު ނެތީތަ.
އަލީ ރާޖާ
07 October 2019
ތިވީގޮތުން މޫސުން ރަނގަޅުވީ.. ދިރާސާ..!
މާސްޓަރ
07 October 2019
މާލެއަށް މިއަދު ހެދުނު ބޯކޮށް ވާރެހުމުން ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެއެެވެ.